އަލީ އަޝްފާޤު (ދަގަނޑޭ) ގައުމީ ފުޓްބޯޅަ ޓީމަށް ނަގައިފިއެވެ.

ދަގަނޑޭ ގައުމީ ޓީމަށް ނަގަން ނިންމާފައިވާ ކަން "ވަގުތު" އަށް ވަނީ ކަށަވަރު ވެފައެވެ.

"ވަގުތު" އަށް މައުލޫމާތު ދިން ގައުމީ ޓީމްގެ އޮފިޝަލަކު ވިދާޅުވީ ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާ އާއި ދެކޮޅަށް ކުޅެން ނެގި ރާއްޖޭގެ 25 ކުޅުންތެރިންގެ ސްކޮޑްގައި ދަގަނޑޭ ހިމަނާފައިވާ ކަމަށާއި މާދަމާ ފަށާ ޕްރެކްޓިސްގައި ދަގަނޑޭ ބައިވެރިވާނެ ކަމަށެވެ.

ގައުމީ ފުޓްބޯޅަ ޓީމް ހޮޓެލް ޖެންގައި މިިހާރު ކޭމްޕް ކޮށްފައި ވާއިރު ދަގަނޑޭ ވެސް ކޭމްޕް ކުރި ކުޅުންތެރިންގެ ތެރޭގައި ހިމެނެއެވެ.

ރާއްޖެ އާއި ޗައިނާ ކުޅޭ މެޗް އޮންނާނީ އަންގާރަ ދުވަހު މާލޭ ގައެވެ.

ދަގަނޑޭ އަށް ގައުމީ ޓީމުން ފުރުސަތު ނުދޭން ކޯޗު ޕީޓާ ސެގާޓް ނިންމީ މިދިޔަ އަހަރު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސަށް ހާޒިރުނުވުމުންނެވެ. އެމައްސަލައިގައި ދަގަނޑޭއަށް ފުރުސަތު ނުދޭން ނިންމި ނަމަވެސް ފަހުން ކޯޗް ބުނެފައި ވަނީ ދަގަނޑޭއަށް ފުރުސަތު ނުދޭން ނިންމީ އުމުރުން ދުވަސްވެފައި ހުރުމުން ކަމަށެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް އެންމެން އިއްތިފާގުވާ ދަގަނޑޭ ގައުމީ ޓީމަށް ނުނަގާތީ ކޯޗް ސަގާޓް އަށާއި އެފްއޭއެމް އަށް މީގެ ކުރިން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވެއެވެ.

ދަގަނޑޭގެ އިތުރުން، ބުރާސްފަތި ދުވަހު ގުއާމް މެޗުގައި ނުކުޅެވުނު އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި ހުސެއިން ނިހާން (ނިހާޓް) އަދި ކީޕަރު ހުސެއިން ޝަރީފް ވެސް ވަނީ ޗައިނާ މެޗަށް ނެގި ސްކޮޑުގައި ހިމަނާފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޔުމްކޮ

    އަލްހަމްދްލިﷲ...

    122
    6
  2. ބޯހަލާކު

    ޔާމީނު ވެރިކަމުގައި ހުރިއްޔާ ޓީމަށް ނަގަންޖެހެނީ ޕޕމ ކުދިން. އިބޫ ހުރިއްޔާ މޑޕ ކުދިން. މިއާދަ ހުއްޓާލާފައި ކުޅިވަރާ ބެހޭ ކަންކަން ގައުމަށްޓަކައި ކޮށްދެެއްވާ. އަޅެ ޕްލީޒް

    120
    5
  3. ކުޑޭ

    ސަޅި

    125
    2
  4. ޤައުމު

    އަލްހަމްދު ލިއްލާހި
    ތިވީގޮތުން ތިޖެހުނީ ދަނޑުފުރާލަން ޤައުމީރޫޙް ކުޅޭތަންބަލަން ކެއްމަދުވެފާ ދަގަނޑޭ އަކީ ޤައުމިރޫޙް

    171
    2
  5. ވިސްނާ

    އަވަހަށް ޓިކެޓް ނަގަންވީ

    44
    1
  6. ދުނބުރި

    އަލްހަމްދު ﷲ....އެއީ ހަމަ މޮޅުމީހާ...

    43
    1
  7. ފޭން

    އަލްހަމްދުލިއްލާހި...މިހާރު މެޗް ބަލާހިތް ވެއްޖެ.

    50
    1
  8. ބަގޭ

    އާނ. މިހާރު ރަނގަޅު. ފެއާރކޮށް ކަންކަން ކުރޭ އަބަދުވެސް. ޒާތީ ނުވޭ ހުނަރަށް ބަލާފަ ޓީމު ނަގާ. ޑިސިޕްލިނޭ އަނެކައްޗެކޭ ކިޔާ ބަހަނާ ދައްކާފަ ޓީމަށް އަރަންޖެހޭ ހުނަރުވެރި ކުޅުންތެރިން ކަޓުވާނުލާ ކުރިއަށް އޮތްތާވެސް.

    40
    1
  9. ސަންޕަ

    ޢަލްޙަމްދު ލިއްލާހި. އަހަރުމެން ނުވެގެން އުޅުނު ކަންތައް ތިޔަވީ.

    39
    1
  10. މުލޭ

    ތިޢީ ސްޓަންޓެއް. ދަގަނޑޭގެ ބޮލުގައި އިލްޒާމެއް އަޅުވަން. ބުނާނެ ދަގަނޑޭ ކުޅެގެން ވީ ކޮންކަމެއްހޭ. ދެން ގުއާމް މެޗުން ބާކީ ކުރާނީ.

  11. އެޑިޓް

    އަލްހަމްދްލިﷲ...

  12. އަހުމަދު ބާރަށް

    މަރުހަބާ ދަގަނޑޭ ﷲ އިރާދަފުޅާއެކު އާހިތްވަރަކާއެކު ފަށާތި !

    11
  13. ހަލީ

    ދަގޭ ގެ މޮޅު ދޮޅު އަހަރޭ ދުއްވާލީ ޓީމުން ފުރުސަތު ނުދީ. އެކަމަށް ޒިއްމާ ނަގަން ޖެހޭނެ ތިބަޔަކު.

  14. ރަތްގަލަން

    އަލްޙަމްދު ލިﷲ

  15. އެދުރުކަލޭގެ

    ބޭނުމަކީ ޗައިނާއަތުން ބޮޑުތަފާތަކުން ބަލިވުމުން ދަގަޑޭހުރުމަކުން ވާނެފައިދާއެއް ނެތްކަން ވިސްނައިދީ، އަދިވެސް ގޮތްދޫނުކޮށް ކުރެވުނު ކަންކަން ދިފާޢުކުރުން.

    3
    2
  16. ޔާމިން

    އަދިކިރިޔާދަޑައްވަންނަހިއްވީއިރާދަކުރެއްވިއްޔާކޯޗްހިއްހަމަޖެހޭކަހަލަމޮޅުކުޅުމެއްދެއްކުމައްފަހު ދިވެހިސަޕޯތަރުންގެހިއްހަމަޖެހޭމެޗަކައްހަދާދެވޭތޯބަލާތި ތީދިވެހިފުޓްބޯޅާގެރޫހް

  17. ޔާމިން

    މެޗްޗައިނާއަކައްފަސޭހަނުވާނެމިހާރަކު