ރިރިމޯޓް އެޑިއުކޭޝަނަށް މަގުފަހިކޮށް ކިޔަވާކުދިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ދިރާގުން ދިރާގުޓީވީ ވީއޯޑީ ޕްލެޓްފޯމުގައި ޚާއްސަ އެޑިއުކޭޝަން ޒޯނެއް "އެޑިއު ޒޯން"ގެ ނަމުގައި ގާއިމުކޮށްފިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން، ސްކޫލްތަކާ ކޮލެޖްތައް ބަންދުކޮށް ކިޔަވާކުދިން ތައުލީމު ހާސިލް ކުރުމަށް މިވަނީ ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ކުރިއަށްވުރެ އިތުރަށް ޖެހިފައިއެވެ.

ދިރާގުން ބުނީ، އެޑިއު ޒޯންގައި ހިމެނޭ ކޮންޓެންޓް ހޯދާފައިވަނީ ރާއްޖޭގެ މަޝްހޫރު އެޑިއުކޭޝަން ކޮންޓެންޓް ޑިވެލޮޕް ކުރާ ބައެއްކަމުގައިވާ ހޮލޯގޯއާ ގުޅިގެން ކަަމަށެވެ.

އެގޮތުން، ހޮލޮގޯ ވަނީ ދާދި ފަހުން ގޭގައި ތިބެގެން ކިޔެވުމަށް އެންމެ ރަނގަޅު އެޕެއް ކަމަށް އެޕަލް އިން ލިސްޓްކުރި އެޕްލިކޭޝަންތަކުގެ ތެރޭގައި ވެސް ހިމެނިފައިއެވެ. މި ޚިދުމަތް ދިރާގު ޓީވީ މެދުވެރިކޮށް އެއްވެސް އަގަކާނުލާ މެއި މަހުގެ ނިޔަލަށް ބޭނުން ކުރެވޭނެއެވެ.

ދިރާގު ޓީވީގެ އެޑިއު ޒޯންގެ ކޮންޓެންޓްތައް ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް ނުވަތަ ވީ. އޯ. ޑީ ފީޗަރއިން ޖޮއިބޮކްސް މެދުވެރިކޮށް ބަލާލެވޭނެއެވެ. އަދި ގޭގައި ދިރާގު ޓީވީ ނުހުންނަ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ މޮބައިލް އެޕް، ޓެބްލެޓް ނުވަތަ މޯބައިލް ފޯނަށް އަޅާ ޔޫސަރނޭމް އަދި ޕާސްވޯޑެއްގެ ގޮތުގައި “Play” ޖެހުމަށްފަހު މި ކޮންޓެންޓްތައް ބަލާލެވޭނެއެވެ. ދިރާގު ޓީވީ އެޕް ބޭނުން ކުރުމަށް ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ނެޓްވޯކްތަކަކުން އެއްވެސް ޑޭޓާ ޗާޖެއް ނުހިގާނެއެވެ.

މި ދުވަސްކޮޅާ ގުޅިން މި ކޮންޓެންޓްތައް ހިލޭ ކޮންމެ ކިޔަވާކުއްޖަކަށްވެސް ބަލާލެވުމުގެ ފުރުސަތު މަގުފަހިކޮށްދިނުމުގެ ބޭނުމަކީ މިފަދަ ދަނޑިވަޅެއްގައިވެސް ސްކޫލް ކުދިންގެ ކިޔެވުމަށް ބުރޫނާރޭނެހެން، ބޭނުންތެރި ތައުލީމީ ކޮންޓެންޓް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށް ދިރާގުުން ބުންޏެވެ.

ދިރާގުޓީވީ އަކީ މިހާރު ރާއްޖޭގައި ހުރި ހަމައެކަނި "އެޑިއުޓެއިންމެންޓް" ޕެލެޓްފޯމެވެ. އެޑިއުޒޯންގައި އައިޖީސީއެސްއީ ކަރިކިއުލަމްގެ މާއްދާތަކާ ގުޅޭ މުހިންމު ކޮންޓެންޓް އެކުލެވިގެންވެއެވެ. އަދި މީގެ ތެރޭގައި ވީޑިއޯ ފިލާވަޅުތަކުގެ އިތުރުން އޯގްމެންޓެޑް ރިއަލިޓީ ނުވަތަ އޭއާރް ޓެކްނޮލޮޖީ މެދުވެރިކޮށް ގެނެސްދޭ ބައެއް ފިލާވަޅުތައްވެސް ހިމެނެއެވެ. އެޑިއު ޒޯންގައި އެކުލެވިގެންވާ ކޮންޓެންޓް ހަދާފައިވަނީ ތައުލީމީ ދައިރާގެ ބޭފުޅުންގެ ލަފާގެ މަތިން ގްރޭޑް 6 އިން 10 އަށް ކިޔަވާ ދަރިވަރުނަށް އަމާޒުކޮށްގެންނެވެ.

ދިރާގުޓީވީގެ ވީޑިއޯ އޮން ޑިމާންޑް މެދުވެރިކޮށް ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ކިޔަވާކުދިންނަށް ކޮންޓެންޓް ބަލާލެވުމުގެ ފުރުސަތު ހުޅުވައިދެއެވެ. އަދި މި ފީޗަރ ފަރުމާކުރެވިފައިވަނީ ބޭނުންކުރަން ފަސޭހަވާނެ ފަދަ ގޮތަކަށެވެ. އެގޮތުން ދިރާގު ޓީވީގެ "ހޯމް ސްކްރީން" ގައި ވާ " އޮން ޑިމާންޑް" ޖަހާފައިވާ ބަޓަން އަށް ފިއްތަވާލުމުން ވީޑީއޯ އޮން ޑިމާންޑް ކޮންޓެންޓްތައް ބައްލަވާލެވޭނެއެވެ.

އެޑިއުޒޯން މެދުވެރިކޮށް ދިރާގުން މަސައްކަތްކުރަމުންދަނީ މި ދަނޑިވަޅުގައި ކިޔަވާކުދިންނަށް ރިމޯޓްއެޑިކޭޝަން މަގުފަހިކުރުމަށް އިތުރު އައު ގޮތްތަކާއި ލުއިފަސޭހަތައް ފޯރުކޮށްދިނުމަށެވެ. އަދި ދިރާގުން ދަނީ އެޑި ޒޯންގައި ހިމެނޭ ކޮންޓެންޓް އިރުކޮށް ފުރިހަމަކުރަމަށް މަސައްކަތްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާއަހުމަދު

    މިހާލަތުގައި މަންމައަކަށް ދަރިއަކަށް ނުގުޅިގެން މިއުޅެނީ ފޯނުކާޑެއްނުލިބިގެން

  2. ހަތުމާ

    ދިރާގު ޓީވީ އިން ސީއެންއެން، ކަހަލަ ނޫސްޗެނަލް ނުފެންނަނީ ކީއްވެ ، އަދި އިތުރު އެޗްޖީ ޓީވީ ކަހަލަ އިންފޮމޭޝަނަލް ޗެނަލް ތައް އެޑްނުކުރަނީ ކީއްވެބާ. ސީއިއޯ މީޑިއާރނެޓް އިމާރާތުގައި އުޅޭތީތޯ