ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލްއާ މިހާރު ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށް ރާއްޖޭގެ ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފް އިއްޔެ ވިދާޅުވެއްޖެއެވެ.

އެފްއޭއެމް ފޭސްބުކް ޕޭޖްގައި ކުރިއަށް ގެންދިޔަ ލައިވް "ލެޓްސް ޓޯކް ފްޓްބޯލް" ޕްރޮގްރާމްގައި މަހްލޫފް ވިދާޅުވީ ކުރިން ބައްސާމްއާ ހިޔާލު ތަފާތުވުންތަކެއް އޮތުމަށް ފަހު، މިހާރު ހުރިހާ ކަމެއް ހެން ހައްލުވެފައިވާ ކަމަށެވެ. ޔޫތު މިނިސްޓްރީ އާއި އެފްއޭއެމް ގުޅިގެން މިހާރު ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާ ކަމަށާއި އެއްވެސް ބައެއްގެ މެދުގައި ނުތަނަވަސްކަމެއް މިހާރު ނެތް ކަމަށް މަހްލޫފް ވިދާޅުވިއެވެ.

"އަޅުގަނޑަކީ ސިޔާސީ މީހެއް. އަޅުގަނޑު ނިސްބަތްވަނީ ވެސް ސިޔާސީ ޕާޓީއަކަށް. އެކަމަކު އަޅުގަނޑު ކުރާ މަސައްކަތަކީ ސިޔާސީ މަސައްކަތެއް ނޫން. އަޅުގަނޑު ނާންނާނެ ސިޔާސީ އެއްވެސް މަސައްކަތެއް ކުރާކަށް އެއްވެސް ކްލަބެއް ކައިރިއަކަށް،" މަހްލޫފް ވިދާޅުވިއެވެ.

"އަޅުގަނޑު އެފްއޭއެމްއާ އެކީގައި ވެސް ކުރަނީ އަޅުގަނޑާ ހަވާލު ކުރެވިފައިވާ ޒިންމާގެ މަސައްކަތްތައް. ކޮންމެ ފިކުރެއްގެ މީހަކަސް ފުޓްބޯޅަ ކުރިއެރުވުމަށް ގުޅިގެން އަޅުގަނޑު މަސައްކަތް ކުރާނަން،"

މަހްލޫފް ފާހަގަކުރެއްވި ގޮތުގައި އެފްއޭއެމްގެ ރައީސް ބައްސާމް ގެންދަވަނީ ފުޓްބޯޅަ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެފްއޭއެމް އާއި މިނިސްޓްރީ ގުޅިގެން ވަރަށް ގިނަ ކަންކަމާ މަޝްވަރާ ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ރިލޯޑް

  އަނެއްކާ ރީލޯޑެއް ކޮއްލަދިނީބާ؟

  29
  1
  • ޒަކް

   ހޫން ހޫން ޔަޤީންތާ.. ޝަވީދު ބުރޯގެ އަތެއް ނެތި ދިއުންވަރަށް ދުރު ތިޔަ ރޯލޯޑުގަ..

   17
   1
 2. ޒަރިޔަންދު

  ހަގީގަތަކީ ބައްސާމު ނޫނީ އިލްމީ ގޮތުންނާއި ތަޖުރިބާ އަދި ހިންގުންތެރިކަމުގެ ގޮތުން މަހޭމެން ކުރި ޖެއްސުންތަކާއި އެކުވެސް މި ދުވެލީގައި ކަންތައް ކުރެވޭނެ އިތުރު މީހަކު މަދުވާނެކަން.މަހޭމެން އެ ފާޑަށް އުޅެގެން ފުޓްބޯޅަ ހަލާކުވީ.މިހާރު ދެން ގޮވާ އެއްޗެއްނޫން.

  34
  2
 3. އައްޑޫ ލެއި

  ކިބުރުވެރިކަމާއި ބޮޑާކަމުން ފުރިގެންވީ މީހެއް މި މަހުލޫފަކީ.

  29
  2
 4. ހުސެއިން ރަސީދު

  އިގިރޭސި ހަރުބަހެއްގައިވޭ. އެމީހަކު ބަލިނުކުރެވިއްގެއްޔާ ދެން އެންމެރަގަލު ގޮތަކީ އެމީހަކާ ގުޅިގެން މަސައްކަތް ކުރުމެވެ. ތީވިސްނުންތޫނު މީހެއް.

 5. ކިނބޫ

  ކޮންމެ މީހަކު ތި މަގާމުގަ ހުއްޓަސް ބައްސާމު ގާތްވާނެ. ކަލޭ މާފުއްޕަން އުޅެގެން ކަމެއް ނުވީނު. ކަލޭ ތީ ވަރަށް ޒާތީ، ގޮތްކުޑަ، ފޮނިބޮޑު ގޮލައެއް. ބައްސާމުއާ ވިއްދައިގެން ކުރި ނުލިބުނީ ކަލެއަށް.

  7
  1
 6. ޑައެލޯގް

  ތިޔަބައްސާމުވެސް ހަލާކުވީއެވެ. މަހުލޫފަކީ ދުގުހެދުމުގެ ރެކޯޑް އޮތްމީހެކެވެ. މަހުލޫފް ވަނީ ޓީވީގައި "ތިމަންނަ ދުވަހަކުވެސް ބުއްދިސަލާމަތުންހުރެއެއް އެމްޑީޕީއަށް ނުވަންނާނެކަމަށް ބުނެފައެވެ".

  6
  1
 7. ތަޚާނުގެ ޢަލިދީދީ

  މިނިސްޓަރަށްވުރެ ބައްސާމު ބާރުގަދަ. ދެން ގާތްވުންނޫން އެހެންގޮތެއް އޮންނާނެތަ؟

  3
  1
 8. މަޒް

  އާއްޗާ...ތިވެސް އެވެސް އެކައްޗެއް.. އަމިއްލަ އަންބޮޑި ބޮޑު ކުރުން އޮތީ..