ރާއްޖޭގެ 15 ރަށެއްގައި ކުޑަކުދިންގެ ޕާކް ހެދުމަށް ބޭނުންވާ ސާމާނުތަކެއް ގެނެސްފިއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިތުރު 15 ރަށެއްގައި ކުޑަކުދިންގެ ޕާކް އެޅުމަށް ބޭނުންވާ ސާމާނު ލިބިފައިވާ ކަމަށާއި އެހެން ރަށްރަށުގައި ވެސް އެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން މިފަހަރު ސާމާނު ގެނައީ ފ.މަގޫދޫ، އދ.އޮމަދޫ، ކ،ދިއްފުށު، ފ.ފީއަލި، އދ.ދަނގެތި، އދ.ދިގުރަށް ކ.ކާށިދޫ ފ.ދަރަނބޫދޫ، މ.ދިއްގަރު، ހއ.ކެލާ، ގދ.ނަޑެއްލާ، ނ.މާފަރު، ލ.ފޮނަދޫ، ރ.މަޑުއްވަރި، އއ.ހިމަންދު އަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކުޑަކުދިންގެ ޕާކް ހެދުމަށް ބޭނުންވާ ސާމާނު މިހާރު ހުރީ ގަލޮޅު ދަނޑުގައެވެ.

އެ ތަކެތި ވީހާވެސް އަވަހަށް ރަށްތަކަށް ފޮނުވަން މަސައްކަތް ކުރަމުންދާ ކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފައްލަންބޭ

    ތިޔާއިއެކު ހުޅުމާލެއިން އަގު ބޮޑު ފްލެޓެއްވެސް ގަންނަން މިނިސްޓަރ އެޑްވާންސް ފައސާ ދެއްކިކަމަށް ޗެނަލް 13 އިން ތުހުމަތުކުރި.