މާޒިޔާ އަށް ކުޅެމުން އަންނަ ކޯނޭ އާއި ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) އެ ޓީމުގައި މަޑުކުރަން ނިންމައިފި އެވެ.

ކޯނޭއަކީ ރާއްޖޭ ލީގުގައި ކުޅޭ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމު ހޯދި ކުޅުންތެރިއެކެވެ. އަދި ލިލީއަކީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ޑިފެންޑަރެވެ. މި ދެ ކުޅުންތެރިން ވެސް އިތުރު އެއް އަހަރު މާޒިޔާގައި މަޑު ކުރަން ވަނީ ނިންމައިފައެވެ.

ޑިފެންޑަރު ލިލީ.

މިދިޔަ ސީޒަނުގައި މާޒިޔާއިން ދިރާގު ދިވެހި ޕްރިމިއާ ލީގު ޗެމްޕިއަންކަން ހޯދިއިރު ކޯނޭ ވަނީ މުހިއްމު ގިނަ ގޯލުތަކެއް ޖަހައި މާޒިޔާއިން މިއަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދަން ކުޅުނު ކޮލިފައިންގް މެޗުތަކުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ރާއްޖޭގައި ކޯނޭ ދެއްކި މޮޅު ކުޅުމުގެ ސަބަބުބް އޭނާއަށް ވަނީ މި ސަރަހައްދުގެ އެހެން ކްލަބްތަކުގެ ހުށަހެޅުންތައް ވެސް ލިބިފައެވެ. އެގޮތުން ކޯނޭ ވަނީ މި ސީޒަންގައި އަބަހަނީ އިން ލިބުނު ފުރުސަތުވެސް ދޫކޮށްލާފައެވެ. އަބަހާނީއަކީ މި ފަހަރުގެ އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި މާޒިޔާ އަތުން ބަލިވި ޓީމެކެވެ. އަދި އޭނާ އަކީ އެމެރިކާގެ ދެ ވަނަ އަދި ތިން ވަނަ ޑިވިޝަންގެ ކްލަބްތަކަށް ކުޅެފައިވާ ކުޅުންތެރިޔެކެވެ.

މިދިޔަ ސީޒަނުގައި މާޒިޔާއިން ލީގުގެ ޗެމްޕިއަންކަން ހޯދުމަށާއި، މިއަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދިއިރު ލިލީ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

އުމުރުން 20 އަހަރުގައި ފުރަތަމަ ޑިވިޝަނަށް ކުޅެން ފެށި ލިލީ ފުރަތަމައިން ވެސް ފެނިގެން ދިއައީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ޓީމު ކަމަަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސްއިންނެވެ. އޭނާ އެ ކުލަބަށް ހަތް އަހަރު ކުޅެދީ އަދި ރާއްޖޭގެ އެހެނިހެން ބޮޑެތި ކުލަބު ތަކަށް ކުޅެ ގިނަގުނަ ކާމިޔާބީތަކެއް ވެސް ހޯދިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަޖްވާ

    އަސްލު މި މާޒިޔާގެ އަޑީގަ ތިބެނީ ކޮންބަޔެއްތަ؟ ސަރުކާރުގެ ގިން ކުލަލާ ޕްރޮޖެކްޓްތައް މި މީހުންނަށް ލިބޭ ކަމަށްވޭ ކުރިން! މި އަސްލު ކޮންބަޔެއްތަ؟