އަށް އަހަރުގެ ދިވެހި ފިރިހެން ކުއްޖަކު ދޮޅު ގަޑިއިރު ވަންދެން ޕްލޭންކް ހަދައި ދުނިޔޭގެ ޖޫނިއާ ރެކޯޑް މުގުރާލައިފިއެވެ.

އިމާދުއްދީން ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރެއް ކަމުގައިވާ މުލްހަމް އާޒިމް ރޭގެ ވަގުތެއްގައި ދުނިޔޭގެ ރިކޯޑެއް މުގުރާލައިފައިވާ ކަމަށް މޯލްޑިވްސް އޮލިންޕިކް ކޮމިޓީ (އެމްއޯސީ) ގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވިއެވެ.

މަރޭ ކޮށްފައިވާ ޓުވިޓުގައި ވިދާޅުވީ، ދުނިޔޭގެ ޖޫނިއާ ޕްލޭންކް ރިކޯޑަކީ އެއްގަޑިއިރާ 20 މިނެޓް ވަންދެން 16 އަހަރުގެ އަންހެން ކުއްޖަކު ހަދާފައިވާ ރިކޯޑެއް ކަމަށާއި މުލްހަމް މި ރިކޯޑް މުގުރާލާފައިވަނީ އެއްގަނޑިއިރާ 30 މިނަޓްވަންދެން ޕްލޭންކް ޖައްސައިގެން ކަމަށެވެ.

މަރޭ ވިދާޅުވީ، މުލްހަމް ޕްލޭންކް ހެދި ވަގުތު އޭނާ ދިޔައީ ވީޑިއޯ ކޯލް ކޮއްގެން ކައިރިން އޭނާގެ ހަރަކާތްތައް ބަލަމުން ކަމަށާއި މުލްހަމްއަކީ ހިތްވަރު ގަދަ ކުއްޖެއް ކަމަށެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން މުލްހަމްގެ މަންމަ މަރިޔަމް ސައީދު ބުނީ، މުލްހަމް އެކަންތައް ފަށާފައިވަނީ ރޯދަމަސް ތެރޭގައި ކަމަށާއި، އެންމެ ފުރަތަމަ ޕްލޭންކް ޖެއްސިފައިވަނީ 10 މިނަޓް ވަންދެން ކަމަށެވެ. އޭގެ ފަހުން ދުވަހެއް ދުވަހަށް ވަގުތު ގިނަ ކުރަމުން ދިޔަ ކަމަށް މުލްހަމްގެ މަންމަ ބުންޏެވެ.

"ރޯދަ މަހު ތަރާވީސް ނިންމާލާފައި ކަސްރަތު ކުރަންވެގެން އަސްލު އެކަންތައް ފެށީ، ފުރަތަމަ ދުވަހު 10 މިނަޓްއަށް ޖައްސާފައި ދެން ނުޖެއްސުނު. އޭގެ ފަހުން 15 މިނަޓްއާއި 20 މިނަޓް އަށް ޖައްސަމުން ގޮސް މި ގޯލް ހާސިލް ކުރެވުނީ" މުލްހަމްގެ މަންމަ ކިޔައިދިނެވެ.

މަރިޔަމް ބުނީ، މުލްހަމް އަކީ އަބަދުވެސް ޓާގެޓެއް ކަނޑައަޅައިފިނަމަ، އެ ޓާގެޓަކާއި ހަމައަށް ދާ ކުއްޖެއް ކަމަށާއި، މި ޓާގެޓް ހާސިލް ކުރުމަށް މުލްހަމްގެ އާއިލާގެ ހުރިހާ މީހުންގެ ފަރާތުން އެއްބާރުލުން ލިބިފައިވާ ކަމަށެވެ.

މުލްހަމްގެ ޕްލޭންކް ޖައްސާ މީސް މީޑިއާގައި އާއްމުވުމާއެކު އެތައް ބަޔަކު ވަނީ އެ ވީޑިއޯ ބަލާފައެވެ. އަދި ގިނަބަޔަކު ދަނީ އޭނާއަށް ކާމިޔާބަށް އެދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. އެމްޑީޕީ ބުރޯ

  ތިހުންންނީ ފަހުރުވެރިވާންޖެހޭ ވަރުގެ ހަބަރު ތަކަކީ ސިޔާސީ ހަބަރުތަކަށްވުރެ މިކަހަލަ ހަބަރުތައް ގެނެސްދޭއިރު މާބޮޑަށް ކިޔާލާހިތްވޭ!

  250
  3
 2. ލޯންގޭ

  މަ ރުހަަބާ ދަ ރިފުޅާ

  196
  3
 3. ފޭންއެއް

  ސާބަހޭ މުލްހަމް! ވަރަށް ހިތްވަރުގަދަ ކުއްޖެއް، ބޭބެ އެއް މިނެޓް ޕްލޭންކް ހަދާނިމޭއިރު ހުންނަނީ ހަންވެފަ

  202
  2
 4. ހުސްކޯ

  ސާބަހޭ ދަރިފުޅާ
  ޓ
  ތިއަޒުމުގަ މުޅި އުމުރު ހޭދަކޮއް ލާ
  ????

  90
  1
 5. ކަނީރު

  ވަރަށްގަދަ. ބޭބެ މިނެޓެއް ހަދާނިމޭއިރު ދެންފަށާނީ ވައި ބޭރުވާން

  79
 6. Anonymous

  ސާބަހޭ ދަރިފުޅާ. މަރްޙަބާ ދޫންޏާ. މުސްތަގުބަލުގައި އިތުރު މެޑަލްތަކެއް އިންޝާ ﷲ. ކިޔެވުމުގައި ވެސް ހިތްވަރު ގަދަ ކުރާތި. ޢީދު މުބާރަކު

  102
 7. ތުނިޔަ

  މަރުހަބާ! މުލްހަމް ހަމަ ވަރަށްމޮޅު މާޝާﷲ..އަޅުގަނޑަށް ދުވަހަކުވެސް ދެމިނިޓަށްވުރެ އިތުރަށް ނެހެދޭ..ވަރަށް ފަޚުރުވެރިވަން މުލްހަމްެާޢާމެދު.

  65
 8. އުބޭ

  މަރުހަބާ ކޮއްކޯ! ސާބަސް

  68
 9. ގައުމު

  ތި ރެކޯރޑް ރާއްޖެއިން މުގުރާލާނެ އަދި

  59
  4
 10. އެފް

  ތުއްތު މުލްހަމް އެދައްކައިދިނީ ހިތްވަރާ އަޒުމުގެ ނުގުޑާ މިސާލެއް. ބޮޑުވެގެންވެސް ޙެޔޮކަންތައްތަކާ ރަނގަޅު އަމަލުން ކާމިޔާބު ހޯދުމަށް ދަރިފުޅަށް ބާރު އެޅުން މުހިއްމު. އިރާދަކުރެއްވިއްޔާ ކާމިޔާބު ދަރިއަކަށްވާނެ.

  62
 11. ކިއުން ތެރިއެއް

  ވަރަށް ހިއްވަރުގަދަ. ?

  21
  1
 12. ......

  މަރުހަބާ ކޮއްކޯ.. ގައިމު މަށެކަށް ނޯއްވޭ އެއް މިނެޓް ވަންދެންވެސް.. ހިތްވަރުގަދަ ކުއްޖެއް. މާޝާﷲ...

  23
 13. ނޯނޭމްސް

  މަރުހަބާ މުލްހަމް??????

  17
 14. މުސްކުޅި ސާރިދޯޅު

  ކިޔާ ނިމުނު އިރުވެސް އެބުނާ ޕުލޭންކެއް މަށަކަށް ނޭނގުނު. ލޯބޯ ކޮށިވި ދުވަހު އިނގިރޭސި ދަސްކުރަން ފަށަންވީ ދޯ..؟! 🙂