"އޭއެފްސީ ބްރެކެޓް ޗެލެންޖް" ގެ ފައިނަލުގައި ހޮންގްކޮންގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ޗަން ސިއު ކީ އާއި ވާދަކޮށް ރާއްޖޭގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) މި ޗެލެންޖް ކާމިޔާބުކޮށްފިއެވެ.

ހުރިހާ ދިވެހިން ގުޅިގެން އަޝްފާގަށް ވޯޓު ހޯދައިދިނުމަށް މީސް މީޑިއާގައި ފެށި ބޮޑު ކެމްޕޭންގެ ސަބަބުން ފައިނަލުގެ ވޯޓުލުން ހުޅުވާލިފަހުން ވޯޓުލުމުގެ ސުންގަޑި މިއަދުގެ 13:00 އަށް ހަމަވިއިރު ހޮންގްކޮންގެ ޗަން ސިއު ކީއަށް އަޝްފާގާއި ކައިރިވެސް ނުކުރެވެއެވެ. ކުޑަމިނުން 15 އިންސައްތައާއި ކައިރިއަށްވެސް އިދިކޮޅު ކުޅުންތެރިޔާއަށް ކައިރި ނުކުރެވުނެވެ.

ސުންގަޑި ހަމަވިއިރު އަޝްފާގަށް ލިބުނީ 89 އިންސައްތައިންނެވެ. ޗަން ސިއު ކީއަށް ލިބެނީ އެންމެ 10 އިންސައްތަ ވޯޓެވެ.

ރާއްޖޭގައި ބްރެކެޓް ޗެލެންގެ ފޯރިގަދަވެ ދަގަނޑޭއަށް ވޯޓު ހޯދައިދިނުމަށް މީސްމީޑިއާގައިވެސް އަދި އެހެނިހެން ގޮތްތަކުންވެސް އެންމެ ބޮޑަށް ކެމްޕޭނުކޮށްފައިވަނީ ކުއާޓާފައިނަލުން ފެށިގެންނެވެ. ފޭސްބުކާއި ޓްވިޓާގައި އަދި އާއިލީ ވައިބާ އާއި ވަޓްސްއެޕް ގުރޫޕުތަކުގައިވެސް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ދަގަނޑޭއަށް ވޯޓު ހޯދައިދިނުމަށް މަސައްކަތްކޮށްފައެވެ. އެގޮތުން އަޝްފާގްއަށް ވޯޓު އިތުރުކުރުމަށް "ޓީމް އަޝްފާގު" ނަމުގައި ހިންގާ ކޮމިއުނިޓީ ވައިބާ ގްރޫޕް އެއް ވަނީ ހުޅުވާފައެވެ. މި ގްރޫޕުންވެސް ފައިނަލާއި ގުޅޭގޮތުން ސަޕޯޓަރުންނާއި ގުޅިގެން ކަންކަން ކުރުމަށް ވަނީ ރާވާފައެވެ.

ކުއާޓާފައިނަލާއި ސެމީފައިނަލުގައި ދަގަނޑޭ ވާދަކޮށްފައިވަނީ ވިއެޓްނާމްގެ ނަން މަޝްހޫރު ދެ ކުޅުންތެރިންނާއެވެ. މުބާރާތުގެ ފައިނަލަށް ދަގަނޑޭ ދަތުރުކޮށްފައިވަނީ ސެމީފައިނަލުގައި ވާދަވެރި ކުރިމަތިލުމަކަށް ފަހުއެވެ.

އޭއެފްސީ ކަޕުގައި ޖަހާފައިވާ އެންމެ ރީތި ސޯލޯ ގޯލުތަކުގެ މެދުގައި ކުރިޔަށްދާ މި ޗެލެންްޖުގައި ދަގަނޑޭގެ ގޯލުތަކުގެ ތެރެއިން ހޮވާފައިވަނީ އޭއެފްސީ ކަޕުގައި 2013 ވަނަ އަހަރު ނިއުރޭޑިއަންޓް އިން އިންޑޮނޭޝިއާގެ ޕާސިބޯގެ މައްޗަށް 0-7 އިން ކުރިހޯދި މެޗުގައި ދަގަނޑޭ ޖަހަައިދިން ރީތި ހިތްގައުމު ސޯލޯ ގޯލެވެ. މިމެޗުގައި ދަގަނޑޭ ވަނީ 5 ލަނޑު ކާމިޔާބުކޮށްފައެވެ.

ވޯޓުލުމުގެ ސުންގަޑި ހަމަވީ މިމަހުގެ 29 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 13:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޖުމްލަ

    AFC Bracket Challenge Final Result

    Total Poll Viewed: 3366094

    Ali Ashfaq: 61394
    Chan Siu Ki: 7479

    Total Votes: 68873

    7
    1
  2. ކައްޓޭ.

    މަަރުޙަބާ މަރުޙަބާ..

    14
    1
  3. ޅަބޭ

    ތީ ކާކު ދެނެހުރި ޗެލެންޖްއެއްތަ؟! ފޮޓުބޯޅައިގެ ވަނަތައް ހޮވުން އޮންލައިން ވޯޓަކައް ބަދަލުވީތަ؟!

    12
    7
  4. ކޮމެންޓު

    ދެން ކޯޢްޗެއްތަ ލިބުނީ

    10
  5. ސަންފައްތަ

    ވޯލްޑްކަޕް މުބާރާތްތައްވެސް ކުޅެންވީ ތިގޮތަށް. އޭރުން ދިވެހިރާއްޖެ އޮންނާނީ އެންމެ ކުރީގަ.

    18
    2
  6. ސަޕޯޓަރ

    މަރުޙަބާ އަސްފާޤް

    17
    1
  7. ދޮންބެ

    ވ. އުފާވެއްޖެ.. މަރުހަބާ.. ގައުމަށް ލިބޭކޮންމެ ރީތިނަމަކަށް ދޮންބެ އެއްބާރުލުން ދޭނަން..

    20
    1
  8. ސައިބޯނި

    މަރުޙަބާ، ދަގަނޑޭ ވަރެއްނެތޭ ހަމަ،،

    16
    1
  9. މުހަައްމަދު

    މަރުހަބާ އަލީ އަސްފާގް. މަރުހަބާ ދިވެހި އެއްމެ ރައްޔިތުން. ސުކުރިއްޔާ ވަގުތު ނޫސް.

    19
    2
  10. ހަނި

    ނިއުރެޑިއެންޓް އާއި އަސްފާގަށް ،މަރުހަބާސަބަސް ސަބަސް ނިއު ސަބަސް އަސްފަގް

  11. ދަގަނޑޭ

    އަސްފާގު މަރުހަބާ ބުރޯ

    3
    1