ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.

މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިފައިވެއެވެ. އަދި ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ދެ ޓީމަށް ލިބުނެވެ. ޑިފެންސްލައިނުން ރަނގަޅު ކުޅުމެއް މި މެޗުގައި ދެ ޓީމުންވެސް ދައްކާފައިވެއެވެ.

ސަސް އަށް ލިބުނު ފުރުސަތުތަކުގެ ތެރެއިން އެންމެ ރަނގަޅު އެއް ފުރުސަތު ލިބުނީ އެ ޓމުގެ މޮރޮކޯ މިޑްފީލްޑަރ މުހައްމަދު އަޖްނާނީއަށެވެ. ކީޕަރު ކުރިޔަށްޖެހި ހުރި ވަގުތު އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.

މާޒިޔާއަށް ލިބުުނު ފުރުސަތުތަކުގެ ތެރެއިން މާޒިޔާގެ ޖަޕާން މިޑްފީލްޑަރު ކަމަށްވާ ޓަކާޝީ އޮޑަވާރާއަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް ސަސްގެ ތަޖުރިބާކާރު ޑިފެންޑަރ އަބްދުﷲ ހަނީފް (ބެންޖޯ) އެ ބޯޅަ ދިފާއުކުރި އެވެ.

މާޒިޔާއާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 25 ވަނަ މިނެޓުގައި ވަނީ އޭރިއާ ތެރެއިން ރަނގަޅު ފުރުޞަތެއް ލިބިފައެވެ. އެކަމަކު އޭނާ ފޮނުވާލި ހަމަލާ، ސަސްގެ ކެޕްޓަން އަބްދުﷲ ހަނީފް (ބެންޖޯ) ވަނީ ބްލޮކް ކޮށްފައެވެ. މީގެއިތުރަށް ވެސް މާޒިޔާއަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ.

މި މެޗުން އެއްވަރުވުމާއެކު މާޒިޔާ އޮތީ އެއްވަނައިގައި 25 ޕޮއިންޓާއެކު އެވެ. އެއީ ކުޅުނު 11 މެޗުންނެވެ. މާޒިޔާއާ އެއްވަރުކުރި ސަސް އޮތީ ތާވަލުގެ ހަވަނައިގައި ކުޅުނު 11 މެޗުން 12 ޕޮއިންޓް ހަމަކޮށްގެންނެވެ.