ކުޅިވަރާބެހޭ ވުޒާރާ އާއި އދ.ދިއްދޫ ކައުންސިލް ގުޅިގެން ކުރި މަސައްކަތުން އެ ރަށުގައި ޒަމާނީ ފެންވަރަށް ވޮލީ ކޯޓު ތަރައްގީކޮށްފިއެވެ.

މިދިޔަ އަހަރުގެ މާރޗް މަހުގެ ތެރޭގައި ކޫޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފް ވަނީ ދިއްދޫއަށް ދަތުރުފުޅެއް ކުރައްވާފައެވެ. މި ދަތުރުފުޅުގައި ރަށުގެ ޒުވާނުންގެ އެންމެ ކަންބޮޑުވުމެއްގެ ގޮތުގައި ހުށައެޅީ ރަށުގެ ވޮލީ ކޯޓު މަރާމާތުކޮށްދިނުމަށެވެ.

މި ކޯޓުގައި އަޅާފައިވާ ކާޕެޓު ހަދިޔާކޮށްފައިވަނީ މިނިސްޓްރީންނެވެ. ކައުންސިލުގެ ބަޖެޓުން ހަރަދުކޮށްފައިވަނީ މި ކޯޓުގެ ރޮސްޓަމް ހެދުމަށެވެ. މި ރޮސްޓަމްގައި 50 މީހުންނަށް ތިބެވޭނެއެވެ. ކޯޓް އެޅުމުގެ މަސައްކަތް ކޮށްފައިވަނީ ކައުންސިލުން އިއުލާނުކުރުމަށްފަހު އެމަސައްކަތް ބަޔަކާ ހަވާލުކޮށްގެންނެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން އދ.ދިއްދޫ ކައުންސިލްގެ ރައީސް ހުސެއިން ޔޫސުޕް ވިދާޅުވީ މި ކޯޓުގެ މަސައްކަތްކޮށްފައިވަނީ މިނިސްޓަރ މަހުލޫފާއި ރަށުގެ ޒުވާނުންގެ ބޮޑު އެހީތެރިކަމާއެކު ކަމަށެވެ.

ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފް ވަނީ މި މަސައްކަތް ފުރިހަމައަށް ނިންމާލި ކަމަށްޓަކައި ރަށުގެ ރައްޔިތުންނާއި ކައުންސިލަށް ޝުުކުރުއަދާކޮށްފަައެވެ.

އދ.ދިއްދޫގައި ހިތްގައިމު ވޮލީ ކޯޓެއް އަޅާފައިވާއިރު ރ. ކިނަޅޮހުގައިވެސް ވަނީ ޒަމާނީ ފެންވަރުގެ ވޮލީ ކޯޓެއް ދާދިފަހުން އަޅާފައެވެ. ސަރުކާރުގެ ހަރަދުގައި މިހާތަނަށް ވަނީ އއ. އުކުޅަހާއި ކ. ހުރާގައި އައުޓްޑޯ ވޮލީބޯޅަ ކޯޓު އަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ިބޯކިބާ

    މާލޭގަ ބުރިޖު އަޅާއިރުވެސް ސަރުކާރުން ސިމެންތިދިނީމަ ރަށުއޮފީހުން ރައްޔިތުން ނެރިގެން ބުރިޖު އަޅާނަމަ ކިހާ ހަރަދުކުޑަވާނެ.

  2. ައޮފްބެ

    ސަޅި