މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކުރަމުންދާ ފުޓްބޯޅަ ދަނޑުތަކުގެ ތެރެއިން ތިން ރަށެއްގެ ދަނޑުތަކުގެ ސަބް ބޭސް މަސައްކަތްކުރުމަށް ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.
އެގޮތުން ލ. މާމެންދޫ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސްގެ މަސައްކަތްކުރުމަށް ހަވާލުކޮށްފައިވަނީ ނެކްސްޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ ސައިޓް ހަވާލުކުރާތާ 28 ދުވަހުގެ ތެރޭގައި މަސައްކަތް ފަށާ 28 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2،126،703 (ދެ މިލިއަން އެއްލައްކަ ސައްބީސް ހާސް ހަތްސަތޭކަ ތިން) ރުފިޔާއަށެވެ.
ކޮންޓްރެކްޓުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ސ. މަރަދޫ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ސައިޓް ހަވާލުކުރާތާ 28 ދުވަހުގެ ތެރޭގައި ފަށާ 29 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވަނީ އާރުޖީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2،088،461 (ދެ މިލިއަން އަށްޑިހަ އަށްހާސް ހަތަރުސަތޭކަ ފަސްދޮޅަސް އެއް) ރުފިޔާއަށެވެ.
ފުވައްމުލައް ސިޓީ ދޫނޑިގަން އަވަށު ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ސައިޓް ހަވާލުކުރާތާ 28 ދުވަހުގެ ތެރޭގައި ފަށާ 60 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވަނީ އާރުޖީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2،305،619 (ދެ މިލިއަން ތިންލައްކަ ފަސްހާސް ހަސަތޭކަ ނަވާރަ) ރުފިޔާއަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙހހހ

    މިމީހުން އިންތިހާބާއި ދިމާކޮށް މިކަންކުރީމަ މިކަން ގޯސްކުރާނެ މީޑިއާއެއް މިއަދަކު ނެތް

  2. ކޮވިޑް

    ފައްކާ އިންގޭ މަހޭ. ވޯޓް އާ ދިމާ ކޮށް ރާއްޖޭގެ އެންމެ ބޮޑު ތިން އަތޮޅުގެ މީހުން ގްބޯ ހައްދާ ލީ ނޫނޭ މައުމޫން ގެ ކަޑަ ޖެހުން ދަސްކޮށްފަ އެބަހުރި މަހޭ ވެސް.