އޭއެފްސީ ކަޕުގެ ޕްރީލިމިނަރީ ފުރަތަމަ ބުރުގައި ބޫޓާނުގެ އެއްވަނަ ތިމްޕޫ ސިޓީ އެފްސީ ބަލިކޮށް މުބާރާތުގެ ޕްރީލިމިނަރީ ދެވަނަބުރަށް ރާއްޖޭގެ ކުލަބް އީގަލްސް ދަތުރުކޮށްފިއެވެ.

މެޗުން އީގަލްސް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުންވެސް އާދައިގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުން އީގަލްސް މޮޅުވި ނަމަވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތިމްޕޫ ސިޓީން ތަނަވަސްކުރި އެވެ.

މެޗުގައި ކުލަބް އީގަލްސް އިން ލީޑު ނަގާފައިވަނީ ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅުގައެވެ. ވަރަށް ކުރީކޮޅު އީގަލްސްއިން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ދިހަ މިނެޓު ނުވަނީސް މި ލަނޑު ކާމިޔާބުކޮށްދިނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. އޭނާ މި ލަނޑު ޖެހީ މުހައްމަދު ނާއިމް ތަނަވަސްކުރި ފުރުސަތަކުންނެވެ.

މި ލަނޑަށްފަހު އީގަލްސްއަށް ރަނގަޅު ފުރުސަތަކެއް ލިބުނެވެ. ނަމަވެސް ނިންމާލުމުގައި ގިނަ މައްސަލަތަކެއް ހުއްޓެވެ. ގިނަފަހަރަށް އީގަލްސް ކުޅުންތެރިން ފޮނުވާާ ބޯޅަ ދިޔައީ ކުޅުންތެރިއަަށް ލައްވާނުލައެވެ.

މެޗުގައި އީގަލްސްގެ ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ދަނިކޮށެވެ. ލިބުނު ހިލޭޖެހުމަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ނާއިމް އެވެ.

ތިމްޕޫ ބަލިކޮށް ޕްރިލިމިނަރީ ދެވަނަ ބުރަށް އީގަލްސް ދަތުރުކުރިއިރު، ޕްރިލިމިނަރީ ދެވަނަ ބުރުގައި އީގަލްސް ނުކުންނަން ޖެހޭނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް އޭއެފްސީން ތާވަލުކޮށްފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޓިންޓި

    އީގަލްސް މޮޅުވެއްޖެ އެކަމަކު އެ ކުޅުނީތަ!! އީގަލްސް މިއަދު ކުޅުނުތަ؟ ބަލަން ތިބެމާ ވާގޮތެއް، ތިމްޕޫ ކާރި ނުކުޅެ ވުނު ބަޔަކު އިންޑިއާ، ބަނގުލާދެޟް އާ ވާދަ ކުރެވޭނެ ކަމާ މެދު ޟައްކް. އީގަލސް އަށް ކާމިޔާބަށް އެދެން.

    11
    1