ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނައިގައި އޮތް ކުލަބް ވެލެންސިއާ ބަލިކޮށް ތާވަލުގެ ފުލުގައި އޮތް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން ހަތްވަނައަށް ޖެހިލައިފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ވަރުގަދަ ކުލަބު ވެލެންސިއާ ބަލިކޮށް، ތާވަލުގެ ހަތްވަނައަށް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ޖެހިލައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މެޗުން ޔޫވީ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. ޔޫވީ މި މެޗު ކާމިޔާބުކުރީ ފަހަތުން އަރާ ކާމިޔާބުކުރި ލަނޑުތަކުންނެވެ.

މިއީ ޔޫވީއަށް ރެކޯޑެކެވެ. އެންމެފަހުން އެ ޓީމު ކުޅުނު ތިން މެޗުން މޮޅުވެފައިވާއިރު، ޓީމެއްގެ ސިފައިގައި އެ ޓީމުން ދައްކަނީ ފާހަގަކޮށްލެވޭ މޮޅު ކުޅުމެކެވެ.

މެޗުގައި ވެލެންސިއާ އިން ލީޑުނެގި ލަނޑު ޖެހީ މެޗުގެ 29 ވަނަ މިނެޓުގައެވެ. އަލީ އަޝްފާގު (ދަގަނޑޭ) ގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސްޕެއިނުގެ ފޯވާޑް ބޯހަސް މާޓިންނެވެ. މި ލަނޑު ޖެހިތާ ހަތަރު މިނެޓު ފަހުން ލިބުނު ޕެނަލްޓީއެއްގައި ޔޫވީން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ކާމިޔާބުކުރީ އިސްމާޢީލް އީސަ (މެސީ) އެވެ.

ޔޫވީން ލީޑު ނެގި ލަނޑު ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައެވެ. އިސްމާއީލް އީސާ ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މުޙައްމަދު އާރިފް (ބަކާ) އެވެ. އެ ޓީމުން ލީޑު ފުޅާކުރި ލަނޑު 83 މިނެޓުގައި ކާމިިޔާބުކުރީ

މެޗުގެ 83 ވަނަ މިނެޓުގައި ޔޫވީން ވަނީ ލީޑު ފުޅާކޮށްފައެވެ. ލިބުނު ހިލޭ ޖެހުމަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެނަޓޯލީއެވެ.

މި މޮޅާއެކު ޔޫވީ ވަނީ ތާވަލުގެ ހަތްވަނައަށް ޖެހިލާފައެވެ. އެ ޓީމު އޮތީ ކުޅުނު 14 މެޗުން ލިބުނު 12 ޕޮއިންޓާއެކު އެވެ. މިވަގުތު ފުލުގައި އޮތީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް އެވެ. އެއީ 13 މެޗުން 12 ޕޮއިންޓާއެކު އެވެ