މާލޭ ސްޕޯރޓްސް ކުލަބާއި ކްރިކެޓް ބޯރޑް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ރަމަޝާން ކްރިކެޓް ކާނިވަލްގެ އޮފީސްތަކުގެ މެދުގައި ކުޅެވޭ މުބާރާތުގެ ޗެމްޕިއަންކަން ކަސްޓަމްސް ހޯދައިފިއެވެ.

މުބާރާތުގެ އޮފީސް ބައިގެ ޗެމްޕިއަންކަން ކަސްޓަމްސް ހޯދީ ފައިނަލުގައި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް 10 ލަނޑުން ބަލިކޮށްގެންނެވެ.

ޓޮސް ދިމާވުމުން ޔޫތް މިނިސްޓްރީ ގަސްދުކުރީ ހޮވުމަށެވެ. މި އިނިންގްސްގައި ކަސްޓަމްސް ކުޅެންއަރާ 8 އޯވަރު ހަމަވިއިރު ދެ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 102 ލަނޑުއެވެ. އެންމެ ރަނގަޅަށް ކުޅުނީ 20 ލަނޑު ހެދި މުހައްމަދު އާމިރު އަދި މުހަންމަދު ހައިކަލްގެ އިތުރުން 14 ލަނޑު ހެދި އަހުމަދު ޝަރީފް އެވެ.

ޖަވާބުގައި ޔޫތް މިނިސްޓްރީ ކުޅެންއަރާ 8 އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން 93 ލަނޑުހެދިއެވެ. އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 19 ލަނޑު ހެދި ސައިފުލް އިސްލާމް 19 އެވެ. މި އިނިންގްސްގައި ކަސްޓަމްސްގެ މުހައްމަދު އާމިރުއާއި އަހުމަދު ޝަރީފް، މިއިން ކޮންމެ އުކުންތެރިއެއް ވަނީ ދެ ވިކެޓު ނަގާފައެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ދެނީ-- ފޮޓޯ: ސީބީއެމް

މިއަދުގެ މެޗް ނިމުމުން އިނާމްދެއްވީ ކްރިކެޓް ބޯރޑް އޮފް މޯލްޑިވްސްގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރުންނާއި މޯލްޑިވްޕޯސްޓްގެ ޑިރެކްޓަރ އީކޮމް މުހައްމަދު އަހުމަދާއި އެގްޒެކެޓިވް ޑައިރެކްޓަރ އައިޝަތު ޝިރުދާއެވެ.

މުބާރާތުގެ ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކަސްޓަމްސް ޓީމުގެ މުހަންމަދު އާމިރެވެ. އެންމެ މޮޅު އުކުންތެރިޔާ، ބެޓްސްމަން އަދި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޔޫތު މިނިސްޓްރީގެ ސައިފުލް އިސްލާމް އެވެ.

ކްރިކެޓް ކާނިވަލްގެ ތިންވަނަ މުބާރާތް ކޮމްޕެނީ ޓޭޕް ބޯލް މުބާރާތް މާދަމާ ހަވީރު ފަށާނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރަނީ އެމްޓީސީސީ ބީ ޓީމާއި އެމްޑަބްލިޔޫއެސްސީ އެވެ. ދެވަނަ މެޗްގައި ޖޯލީ ބޯއީސްއާއި ކޮންޓެކްއެ