މާލޭގައި ބާސްކެޓްބޯޅަ އެކަޑަމީތަކުގެ ހަރަކާތްތަކާއި އެތައް ކުޅުންތެރިންނާއި ގުޅިފައިވާ ހަމައެކަނި އައުޓްޑޯ ބާސްކެޓް ކޯޓުގައި "ބަންދު" ބޯޑު އަޅުވައިފި އެވެ.
މިކަމާއި ގުޅިގެން މޯލްޑިވްސް ބާސްކެޓް އެސޯސިއޭޝަން (އެމްބީއޭ) ގެ އިސްވެރިންނާއި ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އަދި އެކަޑަމީތަކުގެ ބައެއް ކުދިންގެ ބެލެނިވެރިންނާއި ކޯޗުންވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ރައީސްކަމަށް އަޙްމަދު އާދަމް ވަނީ މި ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔާފަައެވެ.
"މިއަދު ބާސްކެޓް ކޯޓުގައި. ބަންދުބޯޑު އަޅުވާފައި.މީ މިތަނުގައި ކޯޓު އެޅިފަހުން މިހެން ބަންދުކުރި ފުރަތަމަ ފަހަރު. މިދިޔަ އަހަރުވެސް އެންގީމައި މަޑުމަޑުން ގޭގައި ތިބީ.އެހެނަސް މިހެން ބަންދު ބޯޑު އެޅުވުމުން އެހުއްޓުވެނީ ކިތަށްމީހުންގެ އާމްދަނީތޯ ؟
އަހުމަދު އާދަމް ވިދާޅުވީ ބާސްކެޓް ހުރިހާ އެކަޑަމީތަކުގެ އެންމެން ތިބޭނީ ދެ ޑޯޒް ޖަހާފައި ކަމަށާއި ކުޅެން ދިޔަ އެއްވެސް ކުއްޖެއް މިހާތަނަށް ފައްސިވިތޯ ކަމާބެހޭ ފަރާތްތަކުގެ ކިބައިން ސުވާލުކޮށްފައެވެ.
"ކެންޕޭން އޯކޭ، ތޮށްޖެހިގެން އެހެން ކަންތައް އޯކޭ، އާންމުނަށް ނުފެންނަ ގޮތަށް ހުންނަ ހޯލްތަކުގައި މުބާރާތް ތަށް އޯކޭ، ތޮށް ޖެހިގެން ގޮސް ދުވާ ޓްރެކް ދުވުން އޯކޭ،" މި ކުއްލި ނިންމުމާއި ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރަމުން އެސޯސިއޭޝަނުގެ ރައީސް ވިދާޅުވިއެވެ.
ބާސްކެޓް ކޯޓު ބަންދުކުރިއިރު މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގަައި ދަނީ ކުޅިވަރު އެކި ހަރަކާތްތައް ބާއްވަމުންނެވެ. ނަމަވެސް މިހާތަނަށް މިއިން އެއްވެސް ތަނެއް ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން ބަންދުކޮށްފައި ނުވެއެވެ. މީގެއިތުރުން ގިނަ މުބާރާތްތަކެއްވެސް ދަނީ ކުރިޔަށެވެ. މިކަންކަމާއި ގުޅިގެން ކުޅިވަރު އާއިލާގެ ގިނަ ބަޔަކު ދަނީ އެޗްޕީއޭ އާއި ކަމާބެހޭ އިދާރާތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
އާމްދަނީއަށްއެކަނިވިސްނަނީ. ތިމާގެފުރާނަޔާައެހެންމީހުންގެ ފުރާނަޔަށްވިސްނާނީކޮންއިރަކުން. ސަލާމަތުންތިބެގެންދޯ ކުޅިވަރުވެސް ކުޅެވޭނީ.
މިސަރުކާރު ނިމެން ވެއްޖެ.
މިއޮތީވާ ސަރުކާރެއް ހުރިހާ ތާކަށް އަންހެނުންލާގެން ގައުމު ހިނގަނީ ކެޓްވޯކައް….
ބަންދު ކުރަންޖެހޭ. ޢެން މެފުރަތ ަަަަަަަަސަލާ މަތް