ކޮވިޑުގެ ހާލަތު ގޯސްވުމުން އެޗްޕީއޭއިން އެޅި ފިޔަވަޅުތަކުގެ ދަށުން ރަމަޟާން ކްރިކެޓް ކާނިވަލް މާދަމާއިން ފެށިގެން މެދުކަނޑާލަން ކްރިކެޓް ބޯޑު އޮފް މޯލްޑިވްސް އިން ނިންމައިފިއެވެ.

މާލޭ ސްޕޯރޓްސް ކުލަބާއި ކްރިކެޓް ބޯރޑް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ކްރިކެޓް ކާނިވަލް މާދަމާއިން ފެށިގެން މެދުކަނޑާލަން ނިންމިއިރު މި މުބާރާތުގައި މިހާރު ކުރިޔަށްދަނީ ކޮމްޕެނީ މުބާރާތެވެ. މެދުކަނޑާލުމުގެ ކުރިން މިއަދު ވަނީ މެޗެއް ކުޅެފައެވެ. މި މެޗުތައް ކާމިޔާބުކުރީ ފްރެންޑްސް އޮފް މޯލްޑިވްސް އާއި ދިރުހަމް އެވެ.

މިއަދު ފުރަތަމަ މެޗުގައި ޖޯލީ ބޯއީސްއާއި ބައްދަލުކޮށް ފްރެންޑްސް އޮފް މޯލްޑިވްސް ކާމިޔާބުކުރީ 30 ލަނޑުންއެވެ. ފުރެންޑްސް އޮފް މޯލްޑިވްސް ކުޅެންއަރާ 8 އޯވަރު ހަމަވިއިރު 5 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 81 ލަނޑުއެވެ. އެންމެ ރަނގަޅަށް ކުޅުނީ 12 ލަނޑު ހެދި މުހަންމަދު ސަމީން އަދި 20 ލަނޑަށް ދެ ވިކެޓު ނެގި ގަޔާން އެވެ.

ޖަވާބުގައި ޖޯލީ ބޯއީސް ކުޅެންއަރާ 8 އޯވަރު ހަމަވިއިރު ހެދިފައިވަނީ 6 ކުޅުންތެރިން ނުބައިވެގެން 51 ލަނޑެވެ.

މިއަދުގެ ދެވަނަ މެޗްގައި ލަންކާ ޑީސަލްއާއި ބައްދަލުކޮށް ދިރުހަމް ކާމިޔާބުކުރީ 36 ލަނޑުންއެވެ. ދިރުހަމް ކުޅެންއަރާ 8 އޯވަރު ހަމަވިއިރު 6 ކުޅުންތެރިން ނުބައިނުވެ 122 ލަނޑު ހެދިއެވެ. އެންމެ ރަނގަޅަށް ކުޅުނީ 19 ލަނޑު ހެދި ރުމާން އާއި 34 ލަނޑު ހެދި ސައިދުލް އިސްލާމް ގެ އިތުރުން 25 ލަނޑު ހެދި މެހެންދި ހަސަން އެވެ.

ދެން މުބާރާތުގެ ކުޅުން އޮންނާނެ ދުވަހެއް ޓީމްތަކަށް އަންގާނެ ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން މައުލޫމާތުދެއެވެ.