މިއަހަރުގެ އަލްޙާ ޢީދުގެ މުނާޞަބަތުގައި ކުރިއަށް ގެންދިޔަ އަލްޙާ ވޮލީ ކަޕް ކާމިޔާބުކޮށް، އެއަށްފަހު ރަށުން ހޮވާލެވޭ ޓީމަކާއި އެކު މިއަދު ކުޅުނު މެޗުވެސް ސީދާ 3 ސެޓުން ކާމިޔާބުކޮށް، މާފަރު ވޮލީގެ ރަސްކަން ޓީމް މުޖީޓޯއަށް ހޯދައިފިއެވެ.

އަލްހާ ވޮލީ ކަޕުގައި ޓީމް މުޖީޓޯ ޗެމްޕިއަންކަން ހޯދި އިރު، އެ ޓީމަށް އެންމެ ބޮޑަށް އަމާޒުވި އެއް ފާޑު ކިޔުމަކީ، ޤައުމީ ޓީމުގެ ދެ ކުޅުންތެރިން ހިމަނައިގެން މުބާރާތް ކުޅުމެވެ. އެހެންކަމުން މިއަދު އެ ޓީމް ވަނީ، މާފަރަށް ނިސްބަތްބާ ކުޅުންތެރިންނާއި އެކު ކުޅެ، މުޅި މާފަރަށް ރަނގަޅު ފިލާވަޅެއް ދީފައެވެ.

މުޅި ރަށުން ހޮވާލައިގެން މިއަދު ކުޅުނު ޓީމުގައި އިސްކޮށް ތިބީ، އަލްޙާ ކޮލީ ކަޕްގައި އެންމެ ސެޓެއްވެސް ނުލިބި މުބާރާތުން އަލްވަދާޢު ކިޔަން ޖެހުނު ޓީމް އެމްވައިއޭގެ ޢަބްދުލްމާޖިދު ޢަލީ އާއި، ކޭން ކޭން ޓީމަށް ކުޅުނު އަދި މާފަރު ވޮލީގެ ރަސްގެފާނު ކަމަށް ދަޢުވާ ކުރާ ނަޞްރު އެވެ.

ޓީމް އެމްވައިއޭ

“އެމީހަކަށް ހީވެދާނެ ތިމަންނަ ވަރަށް މޮޅޭ. ރަށު ކުޅުންތެރިންނާއި އެކު ކުޅެފިނަމަ ސީދާ ތިން ސެޓުން ކާމިޔާބު ކުރެވިދާނެ ކަމަށް އެމީހަކަށް ފަހަރުގައި ހީވެދާނެ. އެކަމު މިއަދު ޓީމް މުޖީޓޯ އިން އެ ސާބިތުކޮށްދިނީ އެކަން އޮތީ އެހެން ނޫންކަން. އެހެންވީމަ، މާޖިދު އަލީ އާއި ނަޞްރު މިހާރުން މިހާރަށް ވޮލީކުޅުން ހުއްޓާލަންވީ. އެނޫން ގޮތެއް ނެތް” މާފަރުގެ ވޮލީ ދިރާސާ ކުރާ މީހަކު ބުންޏެވެ.

މިއަދުގެ މެޗާއި އެކު، ޓީމް މުޖީޓޯ އަކީ މާފަރު ވޮލީގެ ރަސްގެފާނެވެ. އެ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ފަރާތުން، ތަމްރީން ހޯދައި، ކުރިއަށް އޮތް ތަނުގައި ރަނގަޅު ނަތީޖާއެއް ހޯދޭތޯ އެހެން ޓީމް ތަކުން މިއަދު މަސައްކަތް ކުރަންޖެހެއެވެ.

ކޭން ކޭން ސްޕޯޓްސް ކްލަބް

ނިމިގެންދިޔަ އަލްހާ ވޮލީ ކަޕްގެ ގަދަ 6 ގައި ޓީމް މުޖީޓޯގެ ހަތަރު ކުޅުންތެރިން ހިމެނުނެވެ. އޭގެ ތެރޭގައި މާފަރަށް އުފަން ދެ ކުޅުންތެރިން ހިމެނެއެވެ. އެއީ މުޞްލިމް މުޙައްމަދު (މުއްޓޭ) އާއި ، މުޙައްމަދު ޢަލީ (ވަހޭ) އެވެ.