މެންޗެސްޓަ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ކާމިޔާބުކޮށްދިން ލަނޑާއެކު އެ ޓީމު އެފްއޭ ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ނޯވިޗް ސިޓީއާ ދެކޮޅަށް ރޭ ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކުރީ 2 - 1 ގެ ނަތީޖާއަކުންނެވެ. މި މެޗު ޔުނައިޓެޑުން ކާމިޔާބު ކުރީ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގައި އެ ޓީމުން ކާމިޔާބު ކުރި ލަނޑުންނެވެ.

ފުރަތަމަ ހާފް ދެ ޓީމުން ކުރެ، އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުނު އިރު، މި ހާފްގައި އެއްވެސް ޓީމަކަށް ގޯލަށް ނުރައްކާ ކުރެވިފައެއް ނުވެއެވެ. މެޗުގެ ދެ ވަނަ ހާފް ފަށައިގެން 51 ވަނަ މިނެޓުގައި އޮޑިއޮން އިގާލޯ ވަނީ ޔުނައިޓެޑަށް ކުރި ހޯދައިދީފައެވެ.

އަދި 75 ވަނަ މިނެޓުގައި ނޯވިޗްގެ ޓޮޑް ކެންޓްވެލް ވަނީ ގޯލް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 89 ވަނަ މިނެޓުގައި ނޯވިޗް ސިޓީގެ ޓިމް ކްލޯސް ކުރި ފައުލަކާ ގުޅިގެން އޭނާ އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލިއެވެ.

އަދި ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ 30 މިނެޓުގެ ތެރޭގައި މެގުއާ ލަނޑު ޖަހައި ޔުނައިޓެޑަށް ކުރި ހޯދައި ދިނެވެ.

މިއީ މެންޗެސްޓަ ޔުނައިޓެޑުން އެފްއޭ ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކުރި ތިން ވަނަ ފަހަރެވެ.

މެންޗެސްޓާ ޔުނައިޓަޑް އިން މިހާތަނަށް ވަނީ އެފްއޭ ކަޕް ފައިނަލަށް 19 ފަހަރު ދަތުރުކޮށް 12 ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައެވެ.