ޔުވަންޓަސްގެ ގޯލު ކީޕަރު ޖީޖީ ބުފޮން އޭނާ އެ ޓީމާއި އެކު ހަދާފައިވާ އެއްބަސް ވުން އެއް އަހަރު ދުވަހަށް އިތުރު ކޮށްފިއެވެ. ބުފޮން އާއި އެކު ޔުވަންޓަސްގެ ކެޕްޓަން ކިއެލީނީ ވެސް ވަނީ އެއް އަހަރު ދުވަހަށް އެއްބަސްވުން އިތުރު ކޮށްފައެވެ.

އެއްބަސް ވުން އާ ކުރުމަށް ފަހު ބުފޮން ބުނީ އޭނާ އާއި ކިއަލީނީ އުއްމީދު ކުރި ގޮތަށް ދެމީހުން ވަކިނުވެ އަނެއްކާއިވެސް ގުޅިގެން އެހާ ދުވަހު ކުޅުނު ގޮތަށް ކުޅެވޭނޭ ކަމަށެވެ. އެ ދެމީހުންގެ ގުޅުން ކެޑުމަށް ދުނިޔެވެސް އެއްބަސް ނުވާކަމަށް އޭނާ ބުންޏެވެ.

42 އަހަރުގެ ބުފޮން ވަނީ މި ސީޒަންގައި ޔުވަންޓަސް އަށް 13 މެޗު ކުޅެދީފައެެވެ. އޭނާ އަކީ މިހާތަނަށް އެ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާގެ ރެކޯޑު އޮންނަ ފަރާތެވެ. އިިޓަލީގެ ތަރި ބުފޮން އަކީ ޗެންޕިއަންސް ލީގުގައި 2 ވަނައަށް އެންމެ އުމުރުން ދުވަސްވީ ކުޅުން ތެރިޔަކަށް މިހާތަނަށް ކުޅުނު މީހާއެވެ.

އެއްބަސްވުން އާ ކުރުމަށް ފަހު ޔުވަަންޓަސް އިން ބުނީ ބުފޮން އަކީ ކުލަބުގެ ލިޖެންޑެއް ކަމާއި އެކަމާއި ކުލަބުން އުފާކުރާ ކަމަށެވެ. "ބުފޮންއަކީ، އުމުރުއެއީ ހަމަ އެކަނި ނަންބަރެއް ކަން ސާބިތު ކޮށްދީފައިވާ ކުޅުންތެރިޔެއް، އޭނާ އަކީ އެއަށް ވުރެންވެސް ހުނަރު ވެރި މީހެއް، އެއީ ހަމަ ލާމަސީލު ކުޅުން ތެރިޔެއް" ކުލަބުން ބުނެފައި ވެއެވެ.

1995 ވަނަ އަހަރު ޕެރެމާއިން އޭނާގެ ޕްރޮފިޝެނަލް ކެރިއާ ފެށި ބުފޮން ވަނީ 2001 ވަނަ އަހަރުގައި ޔުވަންޓަސް އާއި ގުޅެ 500 އަށް ވުރެ ގިނަ މެޗު ކުޅެދީފައެވެ.