ފްރާންސްގެ ލީގް ވަންގައި ޗެމްޕިއަން ޕީއެސްޖީ އާއި މާސެލޭ ބައްދަލު ކުރި މެޗު މާސެލޭ އިން ކާމިޔާބު ކޮށްފިއެވެ.

މި މެޗުގައި ވަނީ ޖުމްލަ ފަސް ރަތް ކާޑު ފެނިގެން ގޮސްފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ކުޅުނު އިތުރު ވަގުތުގައި ހިނގި ހަމަނުޖެހެމުގެ ތެރެއިން ވަނީ ހަތަރު ރަތް ކާޑު ފެނިގެން ގޮސްފައެވެ. އެގޮތުން ބްރެޒިލްގެ ތަރި ނޭމާ އަށް ވަނީ މާސެލޭގެ ޑިފެންޑާ ގޮންޒަލޭޒް އަށް ނަސްލީ ގޮތުން ދިމާ ކުރުމުގެ ސަބަބުން ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. މީގެ އިތުރުން ދެން ޕީއެސްޖީގެ ރަތްކާޑު ދައްކާފައި ވަނީ ޑިފެންޑަރު ކުރުޒަވާ އަދި ޑެނިއަލް ޕެރެޑެސް އަށެވެ. އަދި މީގެ އިތުރުން މާސެލޭގެ ޖޯޑަން އަމާވީ އަދި ޑާރިއޯ ބެންޑެޓޯ އަށްވެސް ވަނީ ރަތްކާޑު ދައްކާފައެވެ.

މި މެޗުގައި ހަމައެކަނި ފެނިގެން ދިޔަ ލަނޑު މެޗުގެ 31 ވަނަ މިނަޓް ގައި މާސެލޭ އިން ވަނީ ކާމިޔާބު ކޮށްފައެވެ. ޑިމިޓްރީ ޕޭޔެޓްގެ އެހީތެރި ކަމާއިއެކު ފްލޯރިއަން ތައުވީ މިލަނޑު ކާމިޔާބު ކުރިއިރު ޕީއެސްޖީ އިން މި ސީޒަންގައި ކުޅުނު ދެމެޗުން ވެސް ވަނީ ބަލިވެފައެވެ.

މި މެޗަށް ފަހު ނޭމާ އާއި ޑިފެންޑަރު ގޮންޒާލޭޒް އާއި ވަނީ ސޯޝަލް މީޑިއާ ގައި ބަހުގެ ހަމަލާތަކެއް ކޮށްފައެވެ. އެގޮތުން ނޭމާ ވަނީ ޓްވިޓާގައި އޭނާގެ ހަމައެކަނި "ރިގްރެޓް" އަކީ ގޮންޒާލޯގެ މޫނުގައި ނުޖެހުން ކަމުގައި ބުނެފައެވެ. މި ޓްވީޓަށް ރައްދުދެމުން ގޮންޒާލޯ ބުނީ ފުޓުބޯޅައިގައި އެއްވެސް ނަސްލީ ތަފާތުވުމެއް އޮވެގެން ނުވާނެ ކަމަށާއި ބައެއް ފަހަރު ދަނޑުގައި ބަލި ގަބޫލުކުރަން ޖެހޭނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހޯދާ

    ނޭމާ ހަފްތާއަކުން ކޮވިޑް އިން ސަލާމަތްވެ ޓީމާ ގުޅިފަ.

    11
    1
  2. އާހިލް

    މިވާހަކަ މިއޮތީ އެކޮޅުކޮޅުން. ޗެކްކޮށްލާ

    22
  3. ?

    ނޭމާ އަކީ ނޭމާ އޭނާ އަބަދުވެސް އުޅޭނީ އެހެން???. އެއްވެސް ރީތި އަޚްލާޤެއް ނުހުންނާނެ? ކުޅޭކަށްވެސް ނޭނގޭނެ?? ނޭނގޭއިރު އަބަދުވެސް އުޅޭނީ ކޮންމެވެސް ޑްރާމާއެއްގެ ޝޫޓިންއެއްގަ???

    13
    19
    • އިންސާނާ

      ބަލަ އަލްވާރޯ ގޮންޒަލޭޒް އޭ ނޭމާރ އާ ނަަސްލީ ގޮތުން ދިމާ ކުރީ. އަލްވާރޯގެ އޭ
      އެ އްވެސް އއަޙްލާގެ އް ނުހުންނަނީ. އަލްވާރޯ އަކީ މީގެ ހަތަރު އަހަރު ކުރިން މެސީ ގެ އިސްކޮޅާ ގުޅެގޮތުން މެސީ އާ މެޗު ތެރެ އިން ދިމާ ކޮށް ހަޖޫ ޖެހި މީހެ އް

      20
  4. ތަންދޮރޭ

    ކަލޯ ނޭމާ ތަ ނަސްލީގޮތުން ދިމާ ކުރީ ނޫނީ ނޭމާއަށްތަ ނަސްލީ ގޮތުން ދިމާ ކުރީ؟ ތަން ކޮޅެއް ދިރާސާ ކޮށްފަ ލިޔެބަލަ. ނޭމާއާ ދިމާލަށެ މާސެލޭ މީހާ ނަސްލީގޮތުން ދިމާ ކުރީ.

    23
    3
  5. ސައިކޯ

    ?

    6
    1
  6. Anonymous

    އަޙުމަދު ސަނޫނޫ... ތަން ކޮޅެއް ޒިންމާދާރުވެބަލަ... ނޭމާއަށް ރަތްކާޑު ދެއްކީ ހަމަނުޖެހުމުގެ ތެރެއިން ކުޅުންތެރިއެއްގެ ބޮލުގައި ޖެހީމަ...
    ނަސްލީ ގޮތުން ދިމާކުރީ ނޭމާ އަށް، ދަނޑުން ފައިބައިގެން ދަމުން އޮފިޝަލުންނާއިވެސް ޝަކުވާކޮށްފަ ނޭމާ ދަނީވެސް.

    18