ޔޫރަޕާ ލީގު ޕްލޭ އޮފްގައި ޓޮޓެންހަމް ހޮޓްސްޕާ އާއި ޝްކެޑިޗާ ރޭ ބައްދަލު ކުރި މެޗު ޓޮޓެންހަމުން ކާމިޔާބު ކޮށްފިއެވެ.

މި މެޗު ޓޮޓެންހަމުން މޮޅުވީ 3-1 ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ. ރަށުން ބޭރުގައި ރޭ ޓޮޓެންހަމުން ކުޅުނު މި މެޗުގައި ވަރަށް ކުރީ ކޮޅުގައި ވަނީ ލީޑު ނަގައިފައެވެ. މެޗުގެ ފަސް ވަނަ މިނެޓުގައި ސޮންގެ އެހީއާއެކު މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ އެރިކް ލަމެލާއެވެ.

މެޗުގެ ފުރަތަމަ ހާފް 1-0 ގެ ނަތީޖާ އަކުން ނިމިގެން ދިޔައިރު ދެވަނަ ހާފަށް ނިކުމެ ޝްކެންޑިޖާ އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 44 ވަނަ މިނަޓްގައި ޑޮރިއެވްގެ އެހީތެރި ކަމާއިއެކު މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ވަލްމިރް ނާފިއުއެވެ.

މެޗުގެ 70 ވަނަ މިނަޓު ގައި ސޮން އަނެއްކާވެސް ވަނީ ޓޮޓެންހަމަށް ލީޑު ނަގައި ދީފައެވެ. އޭގެ ނުވަ މިނެޓު ފަހުން ސޮންގެ އެހީއާއެކު ހެރީ ކޭން ޓޮޓެންހަމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށް ވަނީ ކުރިއަށް އޮތް ބުރުގެ ފުރުސަތު ހޯދައިފައެވެ.

މިމެޗަށް ފަހު ޓޮޓެންހަމުގެ ކޯޗު މޮރީނިއޯ ބުނީ މެޗު ފެށުމުގެ ކުރިން މަޖާ ކަމަކާއި ކުރިމަތިވި ކަމަށެވެ.

" މެޗުފެށުމުގެ ކުރިން އަހަރެންގެ ކީޕަރުން އަހަރެން ކައިރީގައި ބުނި ގޯލު ތަންކޮޅެއް ކުޑަ ވާހަކަ، އެހެންވެ އަހަރެން ދަނޑަށް އަރައި ގޯލު ބަލައިލީމަ އެކަން ފާހަގަވި، މެޗު ފެށުމު ކުރިން ޔޫއެފްއާ އަށް މައްސަލަ ހުށައަޅައި ގޯލު ބަދަލުކުރި މެޗު ފެށުމު ކުރިން،" މޮރީނިއޯ ބުންޏެވެ.