ޖަޕާނުގައި މިއަހަރުގެ ޖުލައި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޓޯކިއޯ އޮލިމްޕިކްސްގެ ކަންކަން ބެލުމަށް ހަމަޖެއްސި ޔޮޝީރޯ މޯރީ ކުއްލިއަކަށް އިސްތިއުފާ ދިނީ ތަފާތު ސަބަބަކާއި ހުރެގެންނެވެ. އޭނާ އިސްތިއުފާ ދިން ސަބަބަކީ އަންހެނުންގެ ހައްގުގައި ވަކާލާތުކުރާ ފަރާތްތަކަށް އަޑުއަހަން އެހާ ފަސޭހަ ސަބަބަކަށް ނުވެދާނެއެވެ.

މީގެ ހަފުތާއެއްގެ ކުރިން ޓޯކިއޯ އޮލިމްޕިކްސްގެ އޮގަނައިޒިން ކޮމިޓީގެ އިސްކޮށް ހަރަކާތްތެރިވި ޔޮޝީރޯ ހޫނު ފެނަށް ވެއްޓުނީ މީގެ ހަފުތާއެއްގެ ކުރިން ޖަޕާނުގެ ނިޕޯން ޓީވީ ނިއުސްގައި އަންހެނުންނަށް އަމާޒުކޮށް ދެއްކި ވާހަކައަކާއި ގުޅިގެންނެވެ. އޭނާ ބުނީ ބައްދަލުވުންތަކުގައި އަންހެނުންގެ ވާހަކަ މާ ގިނަވާ ކަމަށެވެ. އަދި އޭގެ ސަބަބުން ބޭކާރުވާ ވަގުތު ގިނަވާ ކަމަށެވެ.

"އަންހެނުންގެ ހުރޭ ވަރުގަދަ ކޮމްޕެޓިޝަނެއް، އެކަކު ވާހަކަ ދެއްކީމަ އަންހެނުން ހިތަށް އަރާނެ އަހަރެންވެސް އެއްޗެކޭ ބުނަންޖެހޭ، އެ ހެޔޮ ތާކުންތާކު ނުޖެހޭ ވާހަކައަކަށް ވިޔަސް، އެހެން ހެދީމަ ވަރަށް ވަގުތު ގެއްލޭ" ޓޯކިއޯ އޮލިމްޕިކްސް އަށް ހާއްސަކޮށް އެކުލަވާލި 35 މެމްބަރުގެ ކޮމިޓީގައި ހިމެނޭ ހަތް އަންހެން މެމްބަރުންނަށް އަމާޒުކޮށް ޔޮޝީރޯ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮންމެ ތަނެއްގައިވެސް އެގްޒެގެޓިވް މެމްބަރުންގެ ގޮތުގައި ގިނަ އަންހެނުން ހިމެނޭ ނަމަ ވާހަކަދައްކާނެ ވަކި ވަގުތެއް ކަނޑައެޅުން މުހިއްމު ކަމަށެވެ. ވަގުތު ކަނޑަނާޅައިފި ނަމަ އަންހެނުންނަށް ވާހަކަ ހުއްޓަން އުނދަގޫވާނެ ކަމަށާއި އެއީ ދެން ތިބި މީހުން ހިތްހަމަނުޖެހޭނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

ޔޮޝީރޯގެ މި ބަސްމަގާ ގުޅިގެން ޓޯކިއޯ އޮލިމްޕިކްސްގެ ކަންކަމުގައި އެހީތެރިވާ 500 އެއްހާ ވޮލަންޓިއަރުން ވަނީ އިސްތިއުފާދީފައެވެ. މީގެތެރޭގައި އޮލިމްޕިކް ދަންމަރު ހިފައިގެން ދުވަން ތައްޔާރުވާ ތިން ދުވުންތެރިން ހިމެނޭކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. މި ވާހަކަތައް ދެއްކި ދުވަސް ނޫން އޭގެ އަނެއް ދުވަހު މައާފަށް އެދި މީޑިއާގައި ޔޮޝީރޯ ވާހަކަދައްކަވާފައި ވެއެވެ.

މި މައްސަލައިގައި އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ މީހުން ދަނީ އޭނާ ވަކިކުރުމަށް އެދި ޕެޓިޝަނެއް ތައްޔާރުކުރަމުންނެވެ. ނަމަވެސް ޔޮޝީރޯ ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. އޭނާ ބުނީ މީގެކުރިންވެސް ސިޔާސީ މީހުން މި މޭރުމުން ވާހަކަދައްކާ ކަމަށާއި ނަމަވެސް މަގާމުން ވަކިނުވާ ކަމަށެވެ. މި ޕެޓިޝަނަށް މިހާތަނަށް 150،000 ސޮއި ލިބިފައިވެއެވެ.

މި މައްސަލައިގައި އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އޯއައިސީ) އިން ފުރަތަމަ ވަނީ ޔޮޝީރޯ މޯރީގެ މައާފަށް އެދުމުން ބަލައިގެންފައެވެ. ނަމަވެސް ފަހުން ނެރުނު ބަޔާނެއްގައި ވަނީ އެއީ މިންގަނޑާއި ހިލާފަށް ދެއްކި ވާހަކަތަކެއް ކަމަށް ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރާއްޖެ

    އަންހެނުން އަގަ މަޑޭ ބުނި ނަމަވެސް އެވެސް ވާނެ މައްސަލައަކަށް. އަންހެނުންނޭ ކިޔާފަ އެއްވެސް އެއްޗެއް ނުބުނެވޭ މިހާރު.

    8
    2
  2. މޫސާ މުހައްމަދު

    އަސްލުވެސް އަންހެނުން ފިރިހެނުންނަށް ވުރެ ވާހަކަ މަޖާވާނެއެވެ. ދެބަކުޓުވުމާއި ޝައްކުބަލިވެސް އިތުރުވާނެއެވެ. އެއީ އެކަމުގައި އޮތް ގޮތެވެ. އެކަން ގަބޫލުކޮށްލައިގެން އަންހެނުންގެ ރަނގަޅު އެހެން ގިނަ ކަންތަކާއިއެކު ލޯބިން އުޅޭނީއެވެ. އެއީ މައްސަލައެއް ނޫނެވެ.

    6
    1
  3. ޅަބޭ

    ޔޮޝީރޯ މޯރީ ވަތަނަބޭ އެބުނީ ތެދެއް.

  4. ހަޖަމު ކުރަން ދަސްކުރޭ

    ތެދެއް ވާނީ ތެދަކަށްނު ބަޔަކަށް ހަޖަމު ނުވިޔަސް

    1
    1