މެޗު އެއްވަރުވާން ދަނިކޮށް މެންޗެސްޓަރ ސިޓީގެ އުއްމީދީ ކުޅުންތެރިޔާ ފިލް ފޯޑެން ކާމިޔާބުކުރި ލަނޑުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ބޮރޫޝިއާ ޑޯޓްމުންޑް އަތުން ސިޓީ މޮޅުވެއްޖެއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމު މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު ޑޯޓްމަންޑް ޓީމުންވެސް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި އެވެ.

މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ސިޓީންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި ސިޓީގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު މިޑްފީލްޑަރު ކެވިން ޑި ބްރޭނާއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ރިޔާދު މާރޭޒް ދިން ޕާހަކުންނެވެ.

ޑޯޓްމަންޑް އިން ނަތީޖާ ހަމަހަމަކުރި ލަނޑު ފެނިގެންދިޔައީ މެޗުގެ 84 ވަނަ މިނެޓުގައެވެ. އާލިން ހާލަންޑް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ޑޯޓްމަންޑް އަށް ކާމިޔާބުކޮށްދިނީ މާކޯ ރޫސް އެވެ. މި ލަނޑަށްފަހު ޑޯޓްމަންޑް އަށް ސިޓީ މޮޅުވިޔަނުދީ ހިފަހައްޓާލެވުނީ ހަ މިނެޓަށެވެ. މެޗުގެ ފުރިހަމަ ވަގުތުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ސިޓީ ވަނީ އެ ޓީމު މޮޅުވި ލަނޑު ޖަހާފައެވެ. ފޯޑެން މި ލަނޑު ޖެހީ ގުންޑޮގާން ތަނަވަސްކުރި ފުރުސަތަކުންނެވެ.

ޔުއެފާ ޗެމްޕިއަންސް ލީގު ފުޓުބޯޅަ މުބާރާތުގެ ކުއާޓާފައިނަލުގެ ދެވަނަ ލެގު ކުޅޭނީ ޑޯޓްމަންޑްގެ ދަނޑުގައި ގެ ދެވަނަ ލެގު ކުޅޭނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.