މަޝްހޫރު އެޑިޑަސް ކުންފުނިން އުފައްދާ މެންޗެސްޓަރ ޔުނައިޓެޑުގެެ ޖާރޒީ ވިއްކައިގެން އެންމެ އެކަށީގެންވާ މިންވަރުގެ އާމްދަނީއެއް ނުލިބޭތީ އެ ކުންފުނިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޖަރުމަނުގެ އެޑިޑަސް ކުންފުންޏާއެކު ޔުނައިޓެޑް އެއްބަސްވުމެއް ހަދާފައިވަނީ 2018 ވަނަ އަހަރުގައެވެ. އެ ކުލަބާއެކު ސޮއިކޮށްފައިވަނީ 10 އަހަރުދުވަހުގެ އެއްބަސްވުމެކެވެ.

ނަމަވެސް އޭގެފަހުން މިދިޔަ އަހަރު ޔުނައިޓެޑުގެ ޖާރޒީ ނުވިކުމުގެ ސަބަބުން އެޑިޑަސް ކުންފުނިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމާއި ގުޅިގެން އެޑިޑަސް ކުންފުނިން ދަނީ ޔުނައިޓެޑާއެކު މަޝްވަރާކުރަމުންނެވެ.

މީގެއިތުރުން ޔޫރަޕިއަން ސުޕަ ލީގުގައި ޔުނައިޓެޑު ވާދަކުރަން ނިންމި ނިންމުމާއި ގުޅިގެންވެސް އެޑިޑަސް ވަނީ ހިތްހަމަނުޖެހިފައެވެ. އެޑިޑަސް އިން ހިތްހަމަނުޖެހުނީ އެވަރުގެ ނިންމުމެއް ނިންމިއިރު އެ ކުންފުންޏާއި އެއްވެސް ވަރަކަށް މަޝްވަރާނުކުރުމުންނެވެ.

ރިޕޯޓުތައް ބުނާގޮތުން 2019 ވަނަ އަހަރު 1.8 މިލިއަން ޖާރޒީ ވަނީ ވިކިފައެވެ. ނަމަވެސް 2020 ވަނަ އަހަރު ވިކުނު ޖާރޒީގެ އަދަދު ވަނީ 1.7 އަށް ވެއްޓިފައެވެ. މިއަހަރުވެސް މި އަދަދު އުޅެނީ ދާދި އެއް ހަމައެއްގައެވެ. އެއާއެކު މިދިޔަ އަހަރު ޔުނައިޓެޑަށް ލިބުނު އާމްދަނި ވަނީ 79 މިލިއަން ޕައުންޑުން 77 މިލިއަން ޕައުންޑަށް ވެއްޓިފައެވެ.

މިއާއެކު ޔުނައިޓެޑް ވަނީ ލިވަޕޫލަށް ވުރެވެސް ފަހަތަށް ވެއްޓިފައެވެ. 2019 ވަނަ އަހަރު ލިވަޕޫލުން 1.7 މިލިއަން ޖާރޒީ ވިކުޖުއުރި މިިދިޔަ އަހަރު 1.7 މިލިއަން ޖާރޒީ ވަނީ ވިކިފައެވެ. އަަދި މި ސީޒަނުގައި 1.95 މިލިއަން ޖާރޒީ ވަނީ ވިކިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު