ފަލަސްތީނު ރަައްޔިތުންނާއެކު ތިބިކަން ހާމަކޮށް އެލްނެނީ ކުރި ޓްވީޓެއްގެ މައްސަލައިގައި އާސެނަލްގެ ސްޕޮންސަރެއް ކަމަށްވާ މަޝްހޫރު "ލަވާޒާ" ކުންފުނިން ރުޅިގަދަވެއްޖެއެވެ.

އިޓަލީގެ މަޝްހޫރު ލަވާޒާ ކުންފުނިން ރުޅިގަދަވީ އެ ކުންފުނީގެ ސްޕޮންސަރުގެ ދަށުން އޮންނަ އާސެނަލްގެ ކުޅުންތެރިއަކު ފަލަސްތީނު ރައްޔިތުންނާއެކު ތިބިކަމަށް ބުނުމުންނެވެ. ލަވާޒާ އިން ބުނާގޮތުން މިއީ އެ ކުންފުނީގެ ހަމަތަކަށް ނުފެތޭ ޕޯސްޓެކެވެ.

މިކަމާ ގުޅިގެން ލަވާޒާ އިން ވަނީ އެލްނެނީ އަށް ފިޔަވަޅު އަޅައިދިނުމަށް ގޮވާލާފައެވެ. އަދި މިކަމާއި ގުޅިގެން ކުލަބުގެ އިސްވެރިންނާއި މަޝްވަރާކުރުމަށް ބޭނުންވާ ކަމަށްވެސް ބުނެފައެވެ.

އެލްނެނީ ކުރި ޓްވީޓު

 

ޔަހޫދީންނާއެކު ތިބިކަން ހާމަކޮށް ލަވާޒާ ކުންފުނީގެ އިސްވެރިން ވަނީ މީގެކުރިން ވާހަކަދައްކާފައެވެ. މި މައްސަލައިގައި ލަވާޒާ ގްރޫޕުގެ އިސްވެރިން ވަނީ ޔަހޫދީންނާއި ދެކޮޅަށް ވާހަކަދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ.

ރައްދުގައި އާސެނަލް އިން ދިނީ ވަރަށް ފިނި އެހެން ނަމަވެސް ތަފާތު ޖަވާބެކެވެ. އެ ކުލަބުން ބުނީ ކުޅުންތެރިންގެ ހިޔާލު ފާޅުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެއީ ހުއްޓުވޭނެ ކަމެއް ނޫން ކަަމަށެވެ.

މިސްރަށް ނިސްބަތްވާ އެލްނެނީގެ އިތުރުން މުހައްމަދު ސަލާހް ވެސް ވަނީ ފަލަސްތީނާއެކު ތިބިކަން ހާމަކޮށްފައެވެ. އެލްނެނީގެ އިތުރަށް ގިނަ އަދަދެއްގެ މުސްލިމް ކުޅުންތެރިން ދަނީ ފަލަސްތީނާއެކު ތިބިކަން ހާމަކޮށް ވާހަކަ ދައްކަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ޢަހޫ

  މިއަދުންފެށިގެން ލަވާޒާ ބުއިން ނިމުނީ.

  121
  3
  • ޙަސް

   މަވެސް

   47
   2
 2. 😇😇

  މި އިސްލާމުންނަކީ ެއެއް ލެޔެއް ހިނގާ އެއްބައެއް
  ކކަރު ބުރިކުރިޔަސް އަތްފައި ބުރިކުރިޔަސް މެރިޔަސް އިންޞާﷲ މިޔަކައް ބަދަލެއް ނާއްނާނެ
  ހުރީވެސް އިސްލާމެއްގެ ގޮތުގަ މަރުވެގެން އިރާދަކުރެއްވިއްޔާ ދާނީ ވެސް އިސްލާމެއްގެ ގޮތުގަ
  ބަޔަކު ދީފާނެ ހަމަލާ އކައް ގެއްލުމަކައް އިންސާﷲ ބިރެްނުގަނެ
  އެއްފަހަރު މަރުވާނީ
  ލިބޭ ގެއްލުމަކައްވުރެން ގައްނަ ބިރަކައްވުރެން މާ އުފާ ވާނެ މީހެއްގެ އަތްދޮށުން ޞަހީދެއްގެ ގޮތުގަ ނިމިދިއުން ވެސް
  އެ ކުރާ މީހަކައް އައްނާނީ އެކަމުގެ ޖަޒާ

  94
  3
 3. ބޯއިކޮޓް

  މިވަރުގެ ބައެއްގެ ކޮފީ ބުއިން ދެން ނިމުނީ ެެ.

  103
  3
 4. ފަލަސްތީނާއެކު

  ހަމަ އަސްލުވެސް ލަވާޒާ ބޮއިކެޓް ދެން ލަވާޒާ ބުއިން ނިމުނީ!

  54
  2
 5. ނަންނުޖަހާ

  އަހަރެން ވެސް ނުބޯނަން ދެން ލަވާޒާ.... ލަވާޒާ ނުބޯނަން... ލަވާޒާ ނުބޯނަން މަ ނުބޯނަން.

  45
  1
 6. ކޮރަލް

  ލަވާޒާ ބުއިން ހުއްޓާ ލަން ވީ އެވެ.

  42
  1
 7. ލަވާޒާ ބޯއިކޮޓް

  ލަވާޒާ ބޯއިކޮޓް ކުރުމަށް ގޮވާލަން

  40
  1
 8. ބަވާޒާ

  ފަލަސްތީން އިސްތިއުމާރު ކޮށް ކުޑަކުދިންނާ އަންހެނުން މަރާއިރު ބަލާފަ ލަވާޒާ ބޮއިކޮޓް ނުކުރާނީ އަނިޔާވެރިން

  44
  1
 9. ތުރިޕުލްައެލް

  ރާއްޖޭގަ ލަވާޒާ ވިއްކާ ޔޫރޯސްޓޯރ ޢާއި ދެކޮޅައް އިހްތިޖާޖް ކުރަން ޖެހޭ މިޔަދުންފެށިގެން ލަވާޒާ ހަރާން

  49
  4
 10. އަހަންމަދު

  ނޯޓުލަވާޒާ!،އެކަމަކު އަދިވެސްއޫރޯސްޓޯރުންލަވާޒާވިއްކާނެދޯ!

  22
  3
 11. ހަރުކަށި

  މަވެސް ނުބޯނައް ލަވާޒާ އެއް

  17
  1
 12. އަހުމަދު ނީޒް

  އަހރެން ލަވާޒާ ބުއިން ހުއްޓާލާ އަމިއްލަ ކެފޭގައި ވެސް ވިއްކުން މަނާ ކޮށްފިން. އަހރެމެން މުސްލިމުންނަށް އަނިޔާ ކު ރާ ބަޔަކަށް ތާއީދު ކު ރާ އެއްވެސް ބަޔަކަށް ވިޔަފާ ރި ކޮށްދޭކަށް ނެތިން.