ޔުވެންޓަސް ދޫކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވުމާއެކު އެ ކުލަބުގެ ގިނަ ކުޅުންތެރިންގެ ރޯލް މޮޑެލްއެއްގެ ގޮތުގައި ބަލަނީ ރޮނާލްޑޯއެވެ. މީގެތެރެއިން އެންމެ ބޮޑަށް ފާހަގަވި އެއް ކަމަކީ ރޮނާލްޑޯގެ ކެއުމުގެ ވައްޓަފާޅިއެވެ.

ސްޓޯކް ސިޓީން 2018 ވަނަ އަހަރު ޔުނައިޓެޑާއި ގުޅުނު އުމުރުން 38 އަހަރުގެ ގޯލްކީޕަރު ލީ ގްރާންޓް ވަނީ ރޮނާލްޑޯގެ ކެއުމުގެ ވައްޓަފާޅީގެ ހެޔޮ އަސަރު ޔުނައިޓެޑުގެ ސްކޮޑަށް ކުރާކަން ހާމަކޮށްފައެވެ.

ޔުނައިޓެޑުން ކޮންމެ މެޗެއް ކުޅުމުގެ ކުރިން ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އެކުގައި ހާއްސަ ރޭގަނޑުގެ ކެއުމެއް އިންސާފުކުރެއެވެ. އާދަކާދައިގެ މަތިން ޔުނައިޓެޑުގެ ހުރިހާ ކުޅުންތެރިންވެސް މި ކެއުން ނިންމާލުމަށްފަހު ގަވާއިދުން ފޮނި އެއްޗެހި ކައި އުޅެއެވެ. ނަމަވެސް ރޮނާލްޑޯ އެ ޓީމަށް ގުޅުމާއި އެކު ހުރިހާ ކުޅުންތެރިންވެސް ތިބީ ރޮނާލްޑޯގެ ފައިތިލަ ދަށުން އޭނަ ދިރިއުޅުމުގައި ގެންގުޅޭ އުސޫލުތައް ގާތުން ބަލަމުންނެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ މެޗެއްގެ ކުރިން ޓީމުގެ ހުރިހާ ކުޅުންތެރިންނާއެކު ބޭއްވި ރޭގަނޑުގެ ހާއްސަ ފަރިއްކުޅުމުގައި މިއީ ރޮނާލްޑޯ ބައިވެރިވި ފުރަތަމަ ފަހަރެވެ. އެއީ އެނބުރި ޔުނައިޓެޑާއި ގުޅި އިނގިރޭސި ޕްރިމިއަރ ލީގުގައި ރޮނާލްޑޯ ކުޅެން އޮތް ފުރަތަމަ މެޗުގެ ކުރިން ބޭއްވި ހާއްސަ ރޭގަނޑުގެ ފަރިއްކުޅުމެވެ.

ހުރިހާ ކުޅުންތެރިންގެ ލޮލުގައި އަޅައިގަތީ ރޮނާލްޑޯގެ ވަރުގަދަ ޑައިޓް ޕްލޭނެވެ. ކާތަކެތި ކެއުމުގައި އެ ގެންގުޅޭ އިންސާފެވެ. އަދި އެހެން ކުޅުންތެރިންނަށް ނަމޫނާ ކެއުމެވެ.

"ރޮނާލްޑޯ ފުރަތަމަ ރޭވެސް ނެގީ އެވޮކާޑޯ، ކެއްކި ބިސް، ނަމަވެސް އެއްވެސް ފޮނި އެއްޗެއް އެޅިތަނެއް އެއްވެސް ކުޅުންތެރިއަކަށް ނުފެނޭ، ކުޅުންތެރިން މިކަން ބަލައިގަތީ ހައިރާންކަމާއެކު، އަހަރެންވެސް ހައިރާންވި،" މީޑިއާއެއްގައި ވާހަކަދައްކަމުން ލީ ގްރާންޓް ބުުންޏެވެ.

އެ ރޭ ބޭއްވި ފަރިއްކުޅުމުގައި ފޮނިއެއްޗެއްސަށް ހުރީ އެޕަލް ކްރަމްބަލް، އަދި ކަސްޓަޑެވެ. ރޮނާލްޑޯ މީގެން އެކައްޗެއްގައި ވެސް އަތެއްނުލައެވެ. އެއާއެކު ދެން ފެނުނީ އެއަށްވުރެ އާދަޔާހިލާފު ކަމެކެވެ. ޔުނައިޓެޑުގެ އެހެން އެއްވެސް ކުޅުންތެރިއެއްވެސް އެ ކާން އުޅެފައިނުވާ ކަމަށް ލީ ގްރާންޓް ބުންޏެވެ.

ރޮނާލްޑޯ ޔުނައިޓެޑާއި ގުޅުމަށްފަހު އޭނާ މިހާތަނަށް އެ ޓީމާއެކު ކުޅުނު ހުރިހާ މެޗަކުންވެސް ލަނޑު ޖަހާފައިވެއެވެ. ޔުނައިޓެޑުގެ ގިނަ ކުޅުންތެރިން މިހާރުވެސް އެންމެ ބޮޑަށް ބަރޯސާވާ އެއް ކުޅުންތެރިއަކީ ރޮނާާލްޑޯއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ައޯކޭ

  ރޮލާންޑޯ ފޭން ބޯއީ އެއް ދޯ

  21
  8
 2. ތުނބުޅި

  ކޮން " ފަރިއްކުޅު" ވުމެއްތަ އެ އޮތީ

  10
  4
 3. ތުއްތު

  ވަގުތުގަ ކުޅިވަރު ހަބަރު ލިޔަނީ ރޮނާލްޑޯގެ ފޭނެއް

  6
  6
 4. ރީނާ

  ރޮނާލްޑޯ ނަންބަރ ވަން.

  8
  4