މީހެއްގެ އޮރިޔާން ވީޑިއޯ ނަގައި ބްލެކްމެއިލް ކުރިކަން ސާބިތުވުމާ ގުޅިގެން ރެއާލްމެޑްރިޑާއި ފްރާންސްގެ ތަރި ކަރިމް ބެންޒެމާ އެއް އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ރެއާލް މެޑްރިޑާއި ފްރާންސްގެ ފޯވާޑް ބެންޒެމާ ވަނީ 75،000 ޔޫރޯ )84،170 ޑޮލަރު) އިން ޖޫރިމަނާކޮށްފައެވެ. ބެންޒެމާ އާ ދެކޮޅަށް ކުރި ހުކުމް އޭނާގެ ވަކީލު ވަނީ އިސްތިއުނާފް ކުރަން ނިންމައިފައެވެ.

މި ހުކުމް އިއްވި ވަގުތު، ބެންޒެމާ ކޯޓުގައި ނެތެވެ.

މި ހުކުމް މިގޮތަށް އައި ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުގައި ޗެމްޕިއަންސް ލީގުގައި މިރޭ ރެއާލް މެޑްރިޑް، ޝެރިފްއާ ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑްގައި ބެންޒެމާ ހިމެނެއެވެ..

މި މައްސަލައިގައި ރެއާލް މެޑްރިޑް އިން ވަކި އެއްޗެއް އަދި ނުބުނެއެވެ.

ބެންޒެމާ ބްލެކްމެއިލްކޮށްފައި ވަނީ ފްރާންސްގެ ގައުމީ ޓީމަށް ކުރިން ކުޅުނު މެތިއު ވެލްބުއޭނާއެވެ. ވެލްބުއޭނާ އަށް ބިރު ދެއްކުމުގެ ގޮތުން އެންމެ ފުރަތަމަ ވެލްބުއޭނާ އަށް ގުޅާފައި ވަނީ 2015 ވަނަ އަހަރުގެ ޖޫން މަހުއެވެ. ވެލްބުއޭނާ ބުނި ގޮތުގައި ފޯނުން ވާހަކަ ދެއްކި މީހާ އުޅުނީ ފައިސާ ބޭނުންވެގެންނެވެ.

މިކަމުގެ އަޑީގައި ހުރީ ބެންޒެމާ ކަމަށާއި ބެންޒެމާ ބަޔަކު ލައްވައި ވެލްބުއޭނާ އަށް ގުޅުވީ ކަމަށް ވެސް ޕްރޮސެކިއުޓަރުން ބުނެފައިވެއެވެ.

އުމުރުން 33 އަހަރުގެ ބެންޒެމާ ވަނީ ގައުމީ ޓީމަށް 90 އަށް ވުރެ ގިނަ މެޗު ކުޅެދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ިިިިިިސދސސސ

    އަޅެ
    ...ކަލޯގެޔާ ...ބެންޒޭމާ ލިބޭ މިންވަރުން ނުފުދެނީތަ....

    9
    1