އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.

ޗެލްސީގެ ދަނޑު، ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 1-1 ގެ ނަތީޖާއަކުންނެވެ. މި ސީޒަންގައި ދަށް ކުޅުމެއް ދައްކަމުން އަންނަ މެންޗެސްޓާ ޔުނައިޓެޑުން ވަރުގަދަ ޗެލްސީ މޮޅުވިޔަ ނުދީ ހިފެހެއްޓިއިރު، ޗެލްސީ އަށް ވަނީ ޕްރެޝަރާ ކުރިމަތިލާން ޖެހިފައެވެ.

ޕްރިމިއާ ލީގުގެ ޓޭބަލްގައި އެއްވަނައިގައި ޗެލްސީ އޮތް އިރު، ފަހަތުން މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް މިހާރު އޮތީ ވިއްދާފައިފައެވެ. ލީގުގައި މެންޗެސްޓާ ސިޓީ ވަނީ 3-1 އިން ވެސްޓްހަމް ޔުނައިޓެޑް ބަލިކޮށްފައެވެ. އޭގެކުރިން ލިވަޕޫލް ވަނީ 4-0 އިން ސައުތުހެމްޓަން ބަލިކޮށްފައެވެ.

މި ނަތީޖާތަކާ އެކުގައި ތާވަލްގެ އެއް ވަނައިގައި ޗެލްސީ އޮތީ 30 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި 29 ޕޮއިންޓާއެކުގައި އޮތީ މެންޗެސްޓާ ސިޓީއެވެ. އަދި ތިން ވަނައިގައި 28 ޕޮއިންޓާއެކު އޮތީ ލިވަޕޫލްއެވެ. ހަތަރު ވަނައިގައި 23 ޕޮއިންޓާއެކު އޮތީ ވެސްޓްހަމްއެވެ. މެންޗެސްޓާ ޔުނައިޓެޑަށް ތާވަލްގެ އަށް ވަނަ ލިބެނީ 18 ޕޮއިންޓާއެކުގައެވެ. މި ހުރިހާ ޓީމެއް ވެސް މިހާރު ވަނީ ލީގުގައި 13 މެޗު ހަމަކޮށްފައެވެ.

ރޭގެ މެޗަކީ ޔުނައިޓެޑްގެ ކޯޗު ކަމުން އޮލެ ގުނަ ސޯލްޝެއާ ވަކިކޮށް އޭނާގެ އެސިސްޓެންޓަކަށް ހުރި، ޔުނައިޓެޑުގެ ކުރީގެ ކުޅުންތެރިޔާ މައިކަލް ކެރިކްއާ ހަވާލުކޮށްގެން ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގައި ފުރަތަމަ އެގާރަށް ބަދަލުތަކެއް ގެނައެވެ. އެއީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ބަދަލުގައި ޖޭޑަން ސަންޗޯ އަށް ފުރަތަމަ 11 އިން ޖާގަ ދިނުމެވެ. އަދި ލޫކް ޝޯގެ ބަދަލުގައި ފުރަތަމަ 11 ގައި ކްރިސްޓިއަން ޓެލޭސް ވެސް ހިމެނިއެވެ.

މި މެޗުގައި ޔުނައިޓެޑުން ލީޑު ނެގީ ދެވަނަ ހާފްގައި ސަންޗޯއެވެ. އޭގެ ފަހުން ޖޯޖީނިއޯ ޗެލްސީއަށް އެއްވަރު ކޮށްދިނީ ޕެނަލްޓީއަކުންނެވެ. ޗެލްސީ އަށް މެޗުން މޮޅުވާންގިނަ ފުރުސަތުތަކެއް ލިބުނު ކަމުގައި ވިޔަސް، އެ ފުރުސަތުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ.

ސިޓީން ރޭ ވެސްޓް ހޭމް ބަލިކުރީ 2-1 އިންނެވެ. ސިޓީގެ ލަނޑުތައް ޖަހައިދިނީ އިލްކޭ ގުންޑޮގާން އާއި ފެނާންޑީނިއޯއެވެ. މެޗުގެ ފަހު ވަގުތު ވެސްޓް ހޭމަށް ސުން ކަނޑުވާލައިދިނީ މެނުއެލް ލަންޒިނީއެވެ. ލެސްޓާ ސިޓީ ވެސް ވަނީ ރޭ ލީގުގައި ވަޓްފޯޑާ ދެކޮޅަށް ކުޅުނު މެޗު 4-2 އިން ކާމިޔާބު ކޮށްފައެވެ.

އަދި ބްރެންޓްފޯޑް އިން ވަނީ 1-0 އިން އެވަޓަން ބަލިކޮށްފައެވެ. ބާންލީން އަމިއްލަ ދަނޑުގައި ޓޮޓެންހަމާ ދެކޮޅަށް ކުޅެން އޮތް މެޗު ވަނީ ފަސްކޮށްފައެވެ. އެ މެޗު ފަސްކުރީ ދަނޑަށް ވަރަށް ބޯކޮށް ސްނޯ ވެހި ކުޅެން އުނދަގޫވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޫސް

    ޗެލްސީ ކޮންމެހެން ޖެހޭތަ ޔުނައިޓެޑް ކައިރީގަ މޮޅުވާން. ޙަބަރު ލިޔެފަމިއީ ޔުނައިޓެޑް ސަޕޯޓަރެއް

    2
    3