އެފްރިކަން ކަޕް އޮފް ނޭޝަންސް މުބާރާތުގެ ގަދަ 16 ގެ ޖާގައެއް މިސްރުން ހޯދައިފިއެވެ.

ލިވަޕޫލްގެ ތަރި، މުހައްމަދު ސަލާހް ހިމެނޭ މިސްރުން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައި ވަނީ ސޫދާން 1-0 އިން ބަލިކޮށްގެންނެވެ. މިސްރުގެ ހަމައެކަނި ގޯލް މެޗުގެ 35 ވަނަ މިނެޓުގައި ޖަހައި ދިނީ މުހައްމަދު އަބްދުލްމޮނެމްއެވެ.

ދެވަނަ ބުރުގައި މިސްރުން ނުކުންނާނީ ގްރޫޕް އީ އިން އެއް ވަނަ ހޯދާ ޓީމަކާ ދެކޮޅަށެވެ.

މިސްރާއި ސޫދާން ހިމެނޭ ގްރޫޕް ޑީގައި ދެން ހިމެނޭ ޓީމުތަކަކީ ނައިޖީރިއާ އާއި ގިނީ ބިސާއޯއެވެ. މި ގްރޫޕްގެ އެއްވަނަ، ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ނުވަ ޕޮއިންޓާއެކު ލިބިފައި ވަނީ ނައިޖީރިއާއަށެވެ. ދެވަނަ ތިން ޕޮއިންޓާއެކު ލިބުނީ މިސްރަށެވެ.

ސޫދާން އަށް ގްރޫޕްގެ ތިން ވަނަ ލިބެނީ އެއް ޕޮއިންޓާއެކުގައެވެ. ގްރޫޕްގެ ހަތަރު ވަނައިގައި އޮތީ ގިނީ ބިސާއޯއެވެ.

އެފްރިކަން ކަޕް އޮފް ނޭޝަންސް މުބާރާތް ހަތް އަހަރު ހޯދާފައިވާ މިސްރުން މިދިޔަ ހަ ފަހަރު ބޭއްވި މުބާރާތުގެ ތެރެއިން ފަސް ބުރު ދެވަނަ ބުރުގެ ޖާގައެއް ވަނީ ލިބިފައެވެ.