ސަމްސަންގްގެ ގެލެކްސީ ނޯޓް-7 ފްލައިޓްތަކަށް އެރުވުމަކީ މިހާރު އެއްވެސް މައްސަލައެއް ނޫން ކަމަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރާންސްޕޯޓް އިން ބުނެފިއެވެ.

އެމެރިކާގެ ޓްރާންސްޕޯޓް އޮތޯރިޓީ އިން ބުނީ ފްލައިޓްތަކަށް ނޯޓް-7 އެރުވުން އެފްއޭއޭ އިން މަނާކޮށްފައި އޮތް އޮތުން މިހާރު ދަމަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށާއި ނޯޓް-7 އެއް ފްލައިޓްތެރޭގައި ގޮވުމުގެ ބިރެއް މިހާރު ނެތް ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު ނޯޓް-7 ފްލައިޓްތަކަށް އެރުވުން އެމެރިކާގެ ޓްރާންސްޕޯޓް އޮތޯރިޓީ އިން މަނާ ކުރުމާއި ގުޅިގެން ދުނިޔޭގެ ގާތްގަނޑަކަށް ހުރިހާ އެއާލައިނަކުން ވެސް ވަނީ ނޯޓް-7 އެއެއާލައިންތަކުގެ ފްލައިޓްތަކަށް އެރުވުން މަނާކޮށްފައެވެ.

ނޯޓް-7 ފްލައިޓަށް އެރުވުމަކީ މައްސަލައެއް ނޫން ކަމަށް އެމެރިކާގެ ޓްރާންސްޕޯޓް އޮތޯރިޓީ އިން ބުނިއިރު ސަމްސަންގް ކުންފުނިން ބުނެފައި ވަނީ އެކުންފުނިން ބާޒާރަށް ނެރުނު ނޯޓް-7 ތަކުގެ ތެރެއިން 96 އިންސައްތަ ފޯނު މިހާރު އަނބުރާ ހޯދާފައިވާ ކަމަށެވެ. އަދި ބާކީ ހުރި ފޯނުތައް ބޭނުން ނުކުރެވޭނެ އަޕްޑޭޓެއް އެފޯނުތަކަށް ފޮނުވާނެ ކަމަށް ވެސް ސަމްސަންގް އިން ވަނީ ބުނެފައެވެ.

ADS BY SHEESHA

ފްލައިޓްތަކަށް ނޯޓް-7 އެރުވުމަކީ މައްސަލައެއް ނޫން ކަމަށް އެމެރިކާގެ ޓްރާންސްޕޯޓް އޮތޯރިޓީ އިން ބުނެފައި މިވަނީ މިދިޔަ ޑިސެމްބަރ މަސް ތެރޭގައި ހޮޓްސްޕޮޓް ނަމަކަށް ގެލެކްސީ ނޯޓް-7 ޖަހާފައި އިނުމުން އެމެރިކާގެ ފްލައިޓެއް ޑީލޭވެ އަދި އިތުރު ފްލައިޓެއް ކެންސަލް ކުރަން ޖެހުނު ހާދިސާ އެއްވެސް ހިނގާފައި ވަނިކޮށެވެ.

ADS BY ASTERS

Comments are closed.