ގްރީންޓީއަކީ ސިއްހަތަށް ފައިދާ ހުރި އެއްޗެއްކަން އެކަކަށް ވެސް އޮޅިފައެއް ނޯންނާނެއެވެ. އެތައް ބަޔަކު ގްރީން ޓީ ބޭނުން ކުރަނީ މީގެ ފައިދާ އެނގޭތީއެވެ. ޖެނެރަލް ފޮޓޯ މެޑިސިސިންގައި ލިޔެފައިވާ ލިޔުމެއްގައިވާ ގޮތުން ގްރީންޓީއާ މެދު ހަދާފައިވާ 21 ދިިރާސާއަކުން އެނގޭ ގޮތުން ގްރީންޓީ އަކީ ސިކުނޑި ރަނގަޅުވެ ކަންކަން ހަނދާން ބެހެއްޓުމަށް އެހީތެރިވެދޭ އެއްޗެކެވެ.

މިއީ ގްރީން ޓީގައި އެކުލެވޭ ކެފެއިންގެ ސަބަބުން ވާކަމެއް ކަމަށް ވެސް ދިރާސާތަކުން ދައްކައެވެ. ގްރީން ޓީއަކީ މީހާ ހަމަޖެހިގެން ހުރުމަށާއި ކަންކަމަށް ދޭ ސަމާލުކަން އިތުރުކުރުމަށް ވެސް އެހީތެރިވެދެ އެއްޗެކެވެ. މިއީ މީހާގެ ދުވަސް ފެށުމަށް ބޯން އެންމެ އެކަށީގެންވާ އެއް ބުއިމެވެ. ގްރީންޓީގައި ހިމެނޭ މާއްދާތަކުގެ ސަބަބުން ހާސްވުން ކުޑަކޮށްދޭ އިރު މިއީ އޭގައި ހިމެނޭ އައި-ތެއަނައިންގެ ސަބަބުން މެދުވެރިވާ ކަމެއް ކަމަށް ވެސް ދިރާސާތަކުން އެނގެއެވެ.

އަދި ގްރީން ޓީއަކީ ކަންކަމަށް ދޭ ސަމާލުކަން އިތުރުވެ، ރޭގަނޑު އަރާމު ނިންޖެއް ލިބިގަތުމަށް ވެސް އެހީތެރިވެދޭ އެއްޗެކެވެ. ނަމަވެސް ގްރީންޓީ އަކީ އޭގައި މާ ބައިވަރު ނިއުޓްރިއެންޓްސް އެއް ނޫނީ ފައިދާ ހުރި ހަކަތަ އެކުލެވޭ އެއްޗެއް ނޫނެވެ. އެހެންކަމުން ގްރީން ޓީ ބޭނުން ނަމަ ހަކަތަ ލިބޭނެ އެހެން އެއްޗެހި ބެނުން ކުުން ވަރަށް މުހިންމެވެ. އަދި ހައިބަނޑާ ހުރެ ގްރީންޓީ ބޭނުން ކުރާ އިރު ގްރީން ޓީ ބޯ މިންވަރު މަދު ކުރަން ވާނެއެވެ. އެހެން ނޫނީ ސިއްހީ ގޮތުން ނުރަނގަޅު ކަންތައްތަކަކާއި ކުރިމަތިލާން ޖެހިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު