ދަތުރުފަތުރާ ގުޅިގެން ކަރަންޓީނުކުރާ ފަރާތްތައް 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގައިފިއެވެ.

އެޗްޕީއޭ އިން ދެންމެ ނެރުނު އެންގުމެއްގައި ވިދާޅުވެފައި ވަނީ، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ލިބިދޭ ބާރުގެ ދަށުން، މިހާރުން ފެށިގެން ވަކި ގޮތެއް އަންގަންދެން، ދަތުރުފަތުރާ ގުޅިގެން ކަރަންޓީނުކުރާ ފަރާތްތައް 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުމަށް އަންގާ ކަމަށެވެ.

އަދި އެ ފިޔަވަޅު ތަންފީޒުކޮށް، އެ ފިޔަވަޅަށް ފުރިހަމައަށް އަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާ ކަމަށް އެ އެންގުމުގައި ވެއެވެ.

މީގެ ކުރިން ކަރަންޓީން މުއްދަތު 10 ދުވަހަށް ވަނީ ބަދަލުކޮށްފައެވެ.

ކަރަންޓީން މުއްދަތު ކުރިން އޮންނަ ގޮތަށް 14 ދުވަހަށް އިތުރުކޮށްފައި ވަނީ މިހާރު އަތޮޅު ތެރޭގައިވެސް ގިނަބަޔަކު ކޮވިޑަށް ފައްސިވަމުން ދާތީއެވެ.

މިހާރުވެސް ރާއްޖޭގެ އަތޮޅު ތެރޭގެ 30 ރަށެއް އޮތީ މޮނީޓަރިންގ ހާލަތުގައެވެ. މިރަށްތަކުގައި ހަލުވިކަމާއެކު ދަނީ ކޮވިޑް ފެތުރެމުންނެވެ. މީގެ ތެރެއިން ބައެއް ރަށްތަކުންވެސް ކޮވިޑް ބަލީގައި މީހުން ނިޔާވަމުންދާކަން ފާހަގަކޮށްލަން ޖެހެއެވެ/

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރައްޔިތުން

    ދިވެހި މީހާ ވެކްސިން ދެޑޯޒް ޖަހައިގެން ނައްސި ނަތީޖާއާއެކު 14 ދުވަސް. އިންޑިޔާއިން އަންނަ ފަތުރުވެރިޔާ މުޅި ރަށުގެ ދުވެނަގަނީ. އެޗްޕީއޭ މިއަމަލުން ހީވަނީ ދިވެހިން މައް ކުރާ މަލާމާތެއް ހެން.

  2. ދޯބުރާލު

    ހެޔޮނުވާނެ
    ތިހެން ނުހަދާށޭ
    ޢަހަރުމެން ހާދަ ހާލެއްގައޭ މިއުޅެނީ
    14 ދުވަހުގެ އުސޫލަކީ ސައިންޓިފިކަލީ ޕޮރޫވަން އެެއްޗެއްވެސް ނޫން. މީހުންނަށް މިފަދަ ހާލު ނުޖައްސާށޭ.
    މަބުރޫކާ،މައިމޫނާޔާ ތި ޑޮކްޓަރުންތަށް 17 ދުވަހު ކަރަންޓީނުގަ ހުރެބަލަ ކުޅަދާނަ ތޯ.
    ބޯ ހަލާކު.
    ކަލޭމެން ބޭނުންހާއެއްޗެއް މިއަދު ހަދާ.
    މީހުންނަށް ތިޖައްސާ ދުއްޕާން ކިރޭނެ

  3. ރަށު މީހާ

    10 ދުވަސް ކަރަންޓީން ވެގެން މިކަމެއް ކުރަނީ މިދިޔަ ޑިސެމްބަރު މަހުން ފެށިގެން. ކޮވިޑް އެއް ނުފެތުރޭ. މިހާރު މި ފެތުރެނީ 14 ދުވަސް ކަރަންޓީން ނުވާތީއެއް ނޫން. ރައްޔިތުންނަށް އުނދަގުލެއް ކުރެވެން އޮތިއްޔާ ވާނެ ކުރަން. މިހާރު މި ފެތުރޭ ކޮވިޑަކީ އިންތިހާބަށް ހައްގު ހޯދަދޭން ކަމަށް ބުނެ ކަލޭމެން ހެދި ދޯދިޔާ ގަވާއިދުގެ ސަބަބުން ފެތުރުނު ކޮވިޑެއް. ކަރަންޓީނު އުސޫލަށް ބަދަލު ގެންނާކަށް ނުޖެހޭ އަސްލު. މީގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭނޭ. ގަސްދުގަ ވޯޓުގެ ދަހިވެތިކަމުގަ ހިންގާފައިވާ ހުދުމުހުތާރު އަމަލެއްގެ ސަބަބުން ދިވެހި ރައްޔިތުން މިވަރުގެ ބޮޑު ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިގެން މި ދިޔައީ.