އެޕަލްގެ ފޯނުތަކުގައި ޒަމާންތަކެއް ވަންދެން އިން "ހޯމް ބަޓަން" ނުހިމަނާ ފުރަތަމަ ފަހަރަށް އެޕަލް އިން އުފެއްދި އަގުބޮޑު، ފޯން "އައިފޯން އެކްސް" ތަޢާރަފް ކޮށްފިއެވެ.

މިފޯނަކީ ފޭޝިއަލް ރިކޮގްނިޝަން ބޭނުންކޮށްގެން އަންލޮކް ކުރެވޭ ގޮތައް އުފައްދާފައިވާ ފޯނެކެވެ.

އައިފޯން އެކްސް ޕްރޮނައުންސް ކުރާނީ އައިފޯން-10 ގެ ނަމުން ކަމަށް އެޕަލް އިން ވަނީ ބުނެފައެވެ.

އައިފޯން އެކްސް 64 ޖީބީ ފޯނެއްގެ އަގަކީ 999 އެމެރިކާ ޑޮލަރު (15405 ރުފިޔާ) އެވެ. ފޯނަށް އޯޑަރު ދެވެން ފަށާނީ އޮކްޓޯބަރ 22 އިން ފެށިގެންނެވެ. ގަންނަން ލިބެން ފަށާނީ ނޮވެމްބަރ 03 އިން ފެށިގެންނެވެ.

އޯލެޑް ޑިސްޕްލޭ އެއް ހިމެނޭ މިފޯނުގެ ޑިސްޕްލޭގައި 5.8 އިންޗި ހުންނާނެއެވެ. އެހެންނަމަވެސް ބޮޑުމިނުގެ ގޮތުން އައިފޯން 7 ޕްލަސްއަކަށްވުރެ ކުޑަވާނެއެވެ.

އައިފޯން އެކްސް ގައި ހިމެނެނީ އެލުމިނިއަމްގެ ބަދަލުގައި ސާޖިކަލް ގްރޭޑްގެ ސްޓީލްއެވެ. އައިފޯން އެކްސްގެ ސްޕޭސް ގްރޭ އާއި ސިލްވާ ކުލަ ނެރުމަށް ވަނީ ހަމަޖެހިފައެވެ.

އެޕަލް އިން ބުނީ އައިފޯން ފޭސް އައިޑީ އިން ފޯނު އަންލޮކް ކުރުމަށްޓަކައި ފޭސް އައިޑީ ވަނީ ވަރަށް ބޮޑަށް ތަރައްޤީ ކުރެވިފައި ކަމަށާއި އައިނެއް އަޅައިގެން ނުވަތަ ތޮއްޕެއް އަޅައިގެން ފޯނުގެ ވެރިމީހާ ހުރި ނަމަވެސް ފޯނުން އެކަން ދެނެގަނެ ފޯނު ހުޅުވާނެ ކަމަށެވެ. ނަމަވެސް ފޯނުގެ ވެރިމީހާ ނޫން މީހަކަށް ފޯނު ހުޅުވުމުގެ ފުރުސަތު އޮތީ ވަރަށް ކުޑަކޮށް ކަމަށް އެޕަލް އިން ބުނެއެވެ. އަދި ފޮޓޯއަކުންވެސް ފޯނަށް އޮޅުވައެއް ނުލެވޭނެއެވެ.

ADS BY ASTERS

9 ކޮމެންޓް

 1. ފިރިމީހާ ނިދާފަ އޮއްވާވެސް އޭނާއަށް ނޭނގި ފޯން ހުޅުވޭނެ ގޮތްވީދޯ؟

 2. މާ ބޮޑަށް އެނގިގެން ތިއުޅެނީ. އެކްސް އެއީ.

 3. އެއީ 10 އެނގޭ. ވަގުތު މީހުން މާމޮޅީ!!!!!

 4. އެކްސް އެއް ނޫން، އައިފޯން ޓެން.

 5. ކެތް މަދުވެފަ މިހުރީ މަގޭ ލޯބިވާ އެޕަލް ގެ އޮބި ފޯނު ގަންނަން.. ޕުލީސް ވަގުތު ކީޕް އަޕް ޑޭޓިން އެންމެ ފަހުގެ ޓެކް ނޮލޯޖީ.. ވީ ލަވް އިޓް..

 6. ފޭސް އަންލޮކް އަދި ފިންގަރ ޕްރިންޓް ބޭނުންކުރާ މީހުންފެ އަދަދަު ވަރަށް މަދު. ޢަދި ރާއްޖެކަހަލަ ޑިމޮކްރަސީ އާއި ބީރައްޓެހި ގައުމުތކުގެ ފުލުހުން މީގެ ނާޖާއިޒު ފައިދާ ވަރަށްބޮޑަށްނަގާނެ. ޢެހެންކަމުން ބަޔަކު ބޭނުންނުވާ އެއްޗެހި ހިމަނައި ފޯން އަގުބޮޑު ކުރުމުގެ ބޭނުމެއް ނެތް.

 7. އަވަހަށް ހަބަރު ލިޔެވޭތޯ

  ސާބަސް. އައިފޯން އެކްސް އެއް ނޫން. ޓެން

 8. ތި ދރބް ސެމްސަންގ ގައި ބާވެފައި އޮތްކަމެއް

 9. ތިދެން އެސް8 އަދި އެސް 8 ޕްލަސްގައި ބާކޮށްފައި އޮތްކަމެއް.