ސެމްސަންގއިން ދެން އަލަށް ނެރޭ ފޯނުގެ ވާހަކައަކީ ނުދައްކާ ދޫކޮށްލެވޭ ވަރުގެ ވާހަކައެއް ނޫނެވެ. އެ ކުންފުނިން އަންނަ އަހަރު ނެރެން ހަމަޖެހިފައިވަނީ އޮޅާލެވޭ ފޯނެއްކަމަށް ޓެކްނޮލޮޖީ ނޫސްތައް ގެނެސްދޭ ނޫސްތަކުން މިހާރު ދަނީ ބުނަމުންނެވެ.

ސެމްސަންގ އިން އަންނަ އަހަރު ތެރޭގައި ނެރެން ހަމަޖެހިފައިވާ ނޯޓް ސީރީޒްގެ މި ފޯނަކީ މިފަދަ ފީޗާސްތަކާއެކު ނެރޭ ފުރަތަމަ ފޯނެވެ. ސެމްސަންގ މިކަމަށް މި ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. ނަމަވެސް ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަ ހުރިކަމަށް ސެމްސަންގ އިން ދަނީ ބުނަމުންނެވެ.

ބެލެވޭގޮތުގައި އަންނަ އަހަރު ސެމްސަންގ އިން ނެރޭ މި ފޯނާއި، އެޕަލްއިން އިއްޔެ ނެރުނު އެޕަލް އެކްސް ފޯނާއި އަޅާ ކިޔާލާނެ އެތައް ބަޔަކު ތިބޭނެއެވެ. މިއީ އެޕަލްގެ ފޭނުންނަށް "ހަޖަމް" ކޮށްލެވޭ ވަރުގެ ކަމެއްހެން ހީނުވެއެވެ. އެހެން ނަމަވެސް އަންނަ އަހަރު ތެރޭގައި އައިފޯންއިން ސެމްސަންގއަށްވުރެ މޮޅު ފޯނެއް ނެރެދާނެއެވެ. ސަބަބެއްކަަމަށް ވަނީ އަބަދުވެސް ސެމްސަންގ އާއި އެޕަލް އަކީ ވާދަވެރި ދެ ކުންފުނިކަމަށް ވާތީއެވެ.

ސެމްސަންގގެ ފޯނުގެ ކަންތައްކާއި ބެހޭ ރައީސް ކޮހް ޑޮންގ ޖިންގ ވިދާޅުވިގޮތުގައި، އަންނަ އަހަރު ނެރުމަށް ތައްޔާރުވަމުންދާ ސެމްސަންގ މި ފޯނަކީ އޮޅާލެވޭ ގޮތަށް ހަދާފައިވާ އޯލެޑް ޑިސްޕްލޭއެއް އިންނަ ފޯނެކެވެ.

އެ ކުންފުނިން މީގެ ކުރިންވެސް ފަތް ޖަހާލެވޭ ޑިސްޕްލޭއެއް އިންނަ ފޯނެއް އީޖާދު ކުރުމުގެ ވިސްނުން ގެންގުޅުނެވެ. ނަަމަވެސް އެއިރު އެކަން ކާމިޔާބުވާގޮތް ވަނީ ނުވެފައެވެ.

ސެމްސަންގްގެ އެންމެ ފަހުގެ ފޯނުތައް ކަމަށްވާ ގެލެކްސީ އެސް8 އާއި އެސް8 ޕްލަސް ލޯންޗް ކޮށްފައިވަނީ މިއަހަރުގެ މާރޗް މަހުއެވެ. އަދި ގެލެކްސީ ނޯޓް 8 ނެރުނީ މިދިޔަ މަސް ތެރޭގައެވެ. އެ ފޯނުތަކަށްވެސް ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ،

މިއީ އިއްޔެ އައިފޯން ނެރުމާއި ގުޅިގެން އައިފޯންގެ އަޑު ކަނޑުވާލަން ވެގެން ސެމްސަންގ އިން ޖައްސާލި ސްޓަންޓެއްކަމަށް ބެލެވެއެވެ.

 

ADS BY ASTERS

Comments are closed.