ޒުވާން އުމުރުގައި "ބިޓުން" ނެގުމުގެ ސަޤާފަތަކީ އަހަރެންވެސް ނިކަން ލޯބިކުރި ސަޤަފަތެކެވެ. އެގޮތުން ރައްޓެހިންނާއެކު ޖޯޑު ހަދާލައިގެން ދުއްވާލަން ދިއުމަކީ އަހަރެން ކޮންމެ ރެޔަކުވެސް ކުރަމުން އައި ކަމެކެވެ. އެހެނީ ވައިކަން ފިލުވުމަށް "ބިޓުން" ގެންގުޅުމަކީ އަހަރެން އިހްތިޔާރުކުރި ގޮތްވެސް މެއެވެ. ހިތުގައި ލޯތްބެއް ނުވަތަ ކުލުނެއް ވާތީއެއް ނޫނެވެ. އަދި ހަޔާތެއްގެ ފޮނި ހުވަފެން ދެކެމުންނެއް ވެސް ނޫނެވެ. ދުވަސްކޮޅެއްގެ ފޮނި މީރުކަމަށްޓަކައެވެ. ދުނިޔޭގެ އުފަލާ އަރާމަށްޓަކައެވެ.

މިއީ މީގެ އަހަރުތަކެއް ކުރިން އައްޑޫ އަތޮޅުގައި ހިނގާދިޔަ ބިރުވެރި ހާދިސާއެކެވެ. މި ވާހަކަ ގެނެސްދީފައި ވަނީ ހާދިސާ ދިމާވިފަރާތުން ދިން މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ނަމަވެސް، ވާހަކައިގައި އަސްލު ނަންތައް ބޭނުންކޮށްފައެއް ނުވާނެއެވެ.

އެރެއަކީވެސް އާދައިގެމަތިން އަހަންނާއި އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އަހުމަދާއި، ދެމީހުންގެ ލޯބިވެރިން ގޮވައިގެން ދުއްވާލަން ދާން ނިންމާފައި އޮތް ރެއެކެވެ. އެހެން ނަމަވެސް ކަން ދިމާކުރިގޮތުން އަހުމަދަކަށް އެރޭ އާދެވޭ ގޮތެއް ނުވިއެވެ. ގޭގެ ސައިކަލް "ބިޒީ" ވުމުން އޭނާއަށް ދުއްވާލަން ދެވޭކަށް ނެތެވެ.

އެހެންކަމުން އަހަރެން ނިންމީ އަހަރެންގެ ޝަޒޫ ގޮވައިގެން ދުއްވާލަން ގޮސް ދެމީހުން އެކަހެރި، އަދި "ރޮމޭންޓިކް" ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. ޝަޒޫއަކީ އަހަރެން އެންމެ ބޭނުންވާފަދަ ހުރިހާ ސިފައަކުން ޗާލުކަން ލިބިފައިވާ އަހަރެންގެ ލޯބީގެ ރާނީއެވެ. އޭނާގެ ރީތި ކަމަށް އަހަރެން ދިޔައީ ފިދާވަމުންނެވެ. އޭނާ ހެދިހުރި ރީތި އިސްކޮޅާއި އެކު ހަށިގަނޑުގެ ރީތި ބައްޓަމަށެވެ. ފޮޅިލާން ތައްޔާރުވެފައި އިން ވަސްމީރު ފިނިފެން މަލަކަސް ވާތީއެވެ. އޭނާ އާއި އަހަރެންގެ ގުޅުމަށް އަދި ވާނީ ހައެއްކަ މަހެވެ. އެހެން ނަމަވެސް މާބުރެއްގެ އުސޫލުން އެމަލުގެ ފޮނިކޮޅު ބޯލުމަށް ލިބޭ ފުރުސަތަކަށް އަހަރެން އަބަދުވެސް ހުރީ ބަލަބަލައެވެ.

އެހެން ދުވަހެކޭވެސް އެއްގޮތަށް ޝަޒޫ ބަލާ އަހަރެން ދިޔައީ އޭނާގެ ކްލާސް ނިމެންވާ ގަޑިއަށް ކޮލެޖް ކައިރިއަށެވެ. އޭރު އޭނާހުރީ ނިކުމެ ދޮރުމަތީގައި އަހަރެންގެ އިންތިޒާރުގައެވެ. އަހަރެން ގޮސް ހަމަ މަޑުކޮށްލުމާއެކު ސައިކަލްގެ ފަހަތަށް އަރައި ބައްދާލިއެވެ. އެހޫނު ހަށިން އަހަންނަށް ލިބުނު ހިތްހަމަޖެހުމުން އާވާރާވެފައި އަހަރެން ހުރީ ހުއްޓުންވެފައެވެ.

އެހެން ނަމަވެސް ޝަޒޫގެ ޝަކުވާއަކަށްވީ އަހުމަދާއި ޖައިޝާ މިރޭ އަހަންނާއެކު ނެތުމުންނެވެ. އަދި އެމީހުން ކޮބައިތޯ ސުވާލުކޮށް ވަރަށް "ވައި" ވެގެން އުޅުނެވެ. އެހެން ނަމަވެސް ކަންތައް ދިމާވީގޮތް ކިޔައިދީ ސަމާސަކޮށްލަމުން އަހަރެން އޭނާ "އޯކޭ" ކޮށްލީމެވެ. ދެމީހުން އެކަނި ދުއްވާލަން އައި ހަމައެކަނި ރެއަކީ އެއީ ކަމަށް ވެފައި އަހަރެން ބެލީ އޭނާ ހިތްހަމަޖައްސައި ދީފައި ބެހެއްޓޭތޯއެވެ.

އައްޑޫ ކޮންވެންޝަން ސެންޓަރު ހުންނަ ސަރަހައްދަކީ އާންމުކޮށް ކުރީގައި ލޯބިވެރިން "މާފޮޅުވަން" ގޮސް އުޅޭ ސަރަހައްދެކެވެ. އެހެން ނަމަވެސް ފަހުން އައިސް ދެކެވެންފެށި ވާހަކަތަކުގެ ސަބަބުން އެތަނަށް މީހުން ދިއުން އޮތީ ހުއްޓިފައެވެ. "ބުޅާ ރޯ" އަޑު އަހާފައި އެއީ ޖިންނީންގެ ކަމެއް ކަމަށްބުނެ ބައެއް މީހުން ބިރުން ނުދަނީއެވެ. އެހެން ނަމަވެސް އަހަންނަކީ އެފަދަ ހިޔާލެއް އަދި ވިސްނުމެއް ހުރި މީހަކަށް ނުވާތީ އަހަރެން ބޭނުންވީވެސް މީހުން ނުދާ އެ ސަރަހައްދަށް ޝަޒޫ ގޮވައިގެން ދިއުމަށެވެ.

އެރެއަކީ ވިއްސާރަވުމުގެ ސަބަބުން ވަރަށްވެސް ފިނި ރެއެކެވެ. ސައިކަލު ދުއްވާއިރު އަދި މާބޮޑަށް ފިނީގެ އަސަރު އަހަންނަށް ކުރެއެވެ. ގައިން ހީބިހިނަގާފައިވާ ހާލުގައި ތުރުތުރުއަޅަމުންވެސް އަހަރެން ބެލީ ދުއްވޭތޯއެވެ. ޝަޒޫ އަހަރެންގެ ގައިގައި ބައްދާލައިގެން ހުރިއެއިރު އޭނާއަށްވެސް އަހަރެން ތުރުތުރުއަޅާކަން އެނގެއެވެ. އެހެންކަމުން މާބޮޑަށް ފިނިވެއްޖެ ކަމަށް ބުނެ އަހަރެން ގަސްތުކުރީ ކޮންވެންޝަން ސެންޓަރު ސަރަހައްދުގައި އަލަށް ހަދަން ފަށާފައިވާ މަގުގެ އެންމެ ކޮޅަށް ގޮސް މަޑުކޮށްލާށެވެ.

"މިއީ ކޮންތަނެއް. ކީއްވެ މިތަނަށް މިއައީ. މީހުން ދައްކާ ވާހަކަ އަޑެއް ނާހަންތަ މިތަނާބެހޭ ގޮތުން" ސައިލަކު މަޑުކޮށްލުމާއެކު ޝަޒޫ ބިރުން އުޅެގަތެވެ.

"ބޭބީ. ހަމަ ބޭބީއެއް އުޅޭ ގޮތަށް ތިއުޅެނީ. ތިހެން އުޅެންޔާ ބޭބީއެއް ލިބޭއިރުވެސް، ތި ބޭބީ، އަސްލު ބޭބީއަށްވުރެ، ބޭބީވާނެ" އަހަރެން ބެލީ ޝަޒޫގެ ހިތަށް ވެރިވެފައިވާ ބިރުވެރިކަން ކަނޑުވާލެވޭތޯއެވެ. އޭނާ އެތަނުން ދިއުމަށް ބޭނުންވެދާނެ ކަމަށްޓަކައެވެ.

އަހަރެން ކޮށްލި ސަމާސާއަކުން އަހަރެންގެ މަގްސަދު ހާސިލްވެއްޖެއެވެ. އޭނާ ދިޔައީ "ހިނިގަނޑު ފަޅައިގެން"ނެވެ. ޝަޒޫ އިނީ ސައިކަލްގައި އިށީނދެގެންނެވެ. އަހަރެން އޭރުހުރީ އޭނާއާއި ނުހަނު ގާތުގައި ސައިކަލުގައި ލެނގިލައިގެންނެވެ. ޝަޒޫ އޭނާ ކްލާހުގައި ނަގާފައިހުރި "މަޖާ" ފޮޓޯތަކެއް އަހަންނަށް ދައްކައި ހީހީފައި ކްލާހުގެ ވާހަކަތައް ކިޔައިދެއެވެ. އެހެން ނަމަވެސް އަހަންނަށް އެ ފޮޓޯތަކަށާއި ވާހަކަތަކަށް ހަމަ އެއްގޮތަކަށްވެސް ސަމާލުކަން ދެވޭ ގޮތެއް ނުވެއެވެ. އޭނާގެ އެ ހިނިތުންވުމަށް އަހަރެން ހުރީ ގެއްލިފައެވެ.

އަހަރެން ޝަޒޫގެ މޫނަށް ބަލަންހުރިކަން އޭނާއަށް ފާހަގަވީ މާފަހުންނެވެ. އެއާއެކު ފޯނު ބޭއްވުމަށްފަހު އޭނާ އަހަންނާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އެ ރީތި ހަން އޮމާން ކޯތާފަތާއި މަޑުމަޑުން ތުންފަތުގައި ބޮސްދޭން އަހަރެންގެ ހިތްއެދޭއިރު އަހަރެން އޭނާ އާއި ގާތްވެލީމެވެ. އޭނާގެ ނޭވައިގެ ހޫނުކަން އަހަރެންމެ މޫނަށް އެޅޭހައި ގާތަށެވެ. އަހަންނަށް އިހުސާސް ކުރެވެމުން ދިޔައީ އާދަޔާއި ހިލާފު އުފާވެރިކަމެކެވެ.

ކުއްލިއަކަށް ހުރެފައި، ޝަޒޫ މަޑުމަޑުން އަހަރެންގެ ތުންފަތުގައި ދަތްއަޅައިލިއެވެ. މޫނުމަތިން އެއްވެސް ނުތަނަވަސްކަމެއް ފެންނާކަށް ނެތެވެ. ހީވަނީ އޭނާއަށް ބޮޑު ހަމަޖެހުމެއް ލިބެމުންދާހެންނެވެ. ރަކި ގޮތަކަށް ކުއްލިއަކަށް ދެއަތްތިލައިގެ ތެރޭގައި މޫނު ފޮރުވާލަމުން ދެފަރާތަށް ބޯ ހޫރާލިއެވެ. އަދި އެއަށްފަހު މޫނުމަތިން ދެއަތް ނަގާލާފައި އަހަރެންގެ ގައިގައި ބާރަށް ބައްދާލިއެވެ. އަހަރެންވެސް ޝަޒޫގެ ކޮނޑުގައި ބޯ އަޅާލައިގެން ލިބުނު އުފަލެއްގެ ބޮޑުކަމުން ދީވާނާ ވެފައި އޮތީއެވެ.

މިގޮތަށް އިރުކޮޅެއްވަންދެން އޮވެފައި މަޑުމަޑުން އޭނާ އަހަރެންގެ ގައިން އަތްދޫކޮށްލިއެވެ. އައި ގައިގެ މައްޗަށް ވެއްޓިގަންނަން އުޅެގަތެވެ. އޭނާގެ މުޅި ހަށިގަނޑުގެ ބާރު އަހަރެންގެ ގައިމައްޗަށް ދޫކޮށްލި ފަދައިންނެވެ. އަހަރެން އެންމެ ފުރަތަމަ ހީކުރީ އޭނާ މަޖަލަކަށް ގައިގެ ބާރު ދޫކޮށްލައިގެން ހަމަ އޮތީ ކަމަށެވެ. އެހެން ނަމަވެސް މާގިނައިރުވާތީ މޫނު އަނބުރާލާފައި ބަލާލީމެވެ. އޭރު އޭނާގެ ދެލޯ އޮތީ ބޮޑުވެފައެވެ. އެހެން ނަމަވެސް އޭނާގެ ގައިގައި ކޮޅަށް ހުންނާނެހާ ވަރެއްނެތްތާ ހަރަކާތެއްވެސް ނެތެވެ. ވީގޮތެއް އެހުމުން އަނގައިންވެސް ނުބުނެއެވެ. އަހަރެން އޭނާގެ މޫނަށް ބަލަންހުރީ ހައިރާން ކަމާއެކު އެހާމެ ބިރުންނެވެ.

ކޮންމެވެސް ކަމެއް ވެއްޖެކަން އެނގުމުން ޝަޒޫ ބިންމަތީގައި ބޭއްވުމަށްފަހު އަހުމަދުއަށް ގުޅައި އެހީއެއް ހޯދުމަށް އަހަރެން އަވަސްވެގަތީމެވެ. އޭނާ ފޯނު ނުނަގާތީ އަހަންނަށް އެމްބިއުލާންސަށް ގުޅަން މަޖުބޫރުވިއެވެ. އެހާލުގައި ދޫކޮށްލާފައިދާން ބޭނުން ނުވާތީއެވެ. އަހަރެންގެ ބޮލުގައި އިލްޒާމެއް އެޅިދާނެކަމުގެ ބިރު އޭރު އޮތުމުންވެސް މެއެވެ.

އެންބިއުލާންސަށް ގުޅިތާ މާގިނައިރެއް ނުވެ އެތަނަށް އައެވެ. އޭރު އަހަރެން މަޑުކޮށްލައިގެން ހުރީ ޝަޒޫގޮވައިގެން ގޮސް މަގުގެ ތަންކޮޅެއް ހާމަ ދިމާލެއްގައި އިށީނދެ އޭނާގެ ބޯ އަހަރެންގެ އުނގުމަތީ ބާއްވައިގެންނެވެ. އެންބިއުލާންސުން ފައިބައިގެން އައި މީހަކު އަހަރެންގެ ގާތުގައި ވީގޮތެއް އެއްސެވެ. އެހެން ނަމަވެސް އަހަރެން ދޭނީ ވަކި ކޮން ޖަވާބެއްހެއްޔެވެ. ވީގޮތެއް އަހަންނަކަށްވެސް ނޭގެއެވެ.

"ނޭގޭ. މިތަނުގައި ހުއްޓައި ކުއްލިއަކަށް ވެއްޓުނީ" އަހަރެން އޭނާގެ އެހީތެރިކަމާއެކު ޝަޒޫ އެންބިއުލާންސަށް އަރުވަމުން ބުނީމެވެ.

އެންބިއުލާންސް ނައްޓާލުމާއެކު އޭގެ ފަހަތުން އަހަރެން ސައިކަލުގައި ދުއްވައިލީމެވެ. ހޮސްޕިޓަލަށް ގެންގޮސް އޭނާއަށް ފަރުވާދޭން ފެށުމުން ކުއްލިއަކަށް ގައިގައި އިތުރު ބާރެއް ޖެހުނު ކަހަލައެވެ. ތެޅި ފޮޅިގަތެވެ. އަނގައިން ވާހަކައެއް ނުދައްކަ އެވެ. އަނގައިން ފައިބަމުން ދިޔައީ ދަވަ އެވެ. ހަތަރު މީހުނަށް ކިރިޔާ އޭނާ ހިފެހެއްޓެނީއެވެ. އެއީ ހަމަ ގައިމުވެސް އަހަރެންގެ ޝަޒޫއެއް ނޫނެވެ. އޭނާގެ މޫނު ހުރީ ރުޅިގަދަވެގެންގޮސް ރަތްވެފައެވެ. އެއީ ރޫހާނީ ކަމެއްކަން އަހަންނަށް ޔަޤީން ކުރެވެއެވެ.

އަހަރެން އިތުރަށް ބަލާން ހުންނާން ބޭނުން ނުވުމުން ހޮސްޕިޓަލުން ނިކުމެގެން އައީއެވެ. އެއަށްފަހު އެފަދަ ކަންތައްތައް ދަންނަ އަހަރެންގެ އާއިލީ ރަހުމަތްތެރިއެއްގެ ގެޔަށްގޮސް ހިގައިދިޔަ ކަންތައްތައް ކިޔައިދިނީމެވެ. އެވާހަކަތަށް އަޑުއަހާފައި ވަގުތުން އޭނާއަށް ވެގެން އުޅޭގޮތް ސާފުވި ކަހަލައެވެ.

"ނުބައި ވަގުތެއްގައި ނުބައި ތަނެއްގައި ވިޔާނުދާ އަމަލެއްގެ ތެރޭގައި އުޅުމުން ޖިންނީންގެ އުނދަގޫ ޖެހިފައި ތިވަނީ" އޭނާ ބުންޏެވެ.

އަހަރެންގެ އެދުމުގެ މަތިން، ހޮސްޕިޓަލުން ޝަޒޫ ފޮލުވާލުމުން އޭނާ ޝަޒޫއާއި ބައްދަލުކުރިއެވެ. އަދި ބެލިބެލުމުން ޖިންނީންގެ ކަމެއް ދިމާވެފައިވާކަން ޔަޤީންކުރެވި އެކަމަށް ފަރުވާ ފެށިއެވެ. ޝަޒޫއަށް ދިމާވަމުންދިޔަ އާދަޔާއި ހިލާފު އެތައް ކަމަކުން ސަލާމަތްވެ އޭނާ ހަމައަކަށް އެޅުނީ ފަރުވާ ކުރާތާ ދެމަސްވާންވެސް ކައިރިވިފަހުންނެވެ.

އޭގެ ފަހުން އަހަންނާއި ޝަޒޫ ބައްދަލުކުރާކަށް ބޭނުމެއް ނުވެއެވެ. އަދި ދެމީހުންގެ ގުޅުން އިތުރަށް ކުރިޔަށްގެންދާން ބެނުން ނުވާ ވާހަކަ އަހަންނަށް މެސެޖްކޮށް އޭނާ ވަނީ ހާމަކޮށްފައެވެ. އެ ހާދިސާގައި އަހަރެންގެ ލޯބިވެރިޔާވެސް އަހަންނަށް ގެއްލުނީއެވެ. އަހަރެންގެ ވިޔާނުދާ އުޅުން ބަދަލުކުރަން އަހަރެން އަޒުމް ކަނޑައެޅީ އެ ހާދިސާއިން އިބްރަތް ހާސިލްކުރަމުންނެވެ.

ލޯބިވާ ޝަޒޫއެވެ. އެދުވަހުގައި ދިމާވި ކަންކަމަކީ ވިސްނާނުލެވުމުގެ ސަބަބުން ހިނގައިދިޔަ ކަންކަމެވެ. އެކަމުގައި އޮތީ އަހަރެންގެ ކުށްކަން ޤަބޫލުކުރަމެވެ. އަދި ކުރިޔަތް އޮތަތަނުގައި އެފަދަކަމަކާއި ތިބާ އާއި ކުރިމަތިވާކަށްވެސް އަހަރެން ނޭދެމެވެ. އަހަންނަށް މާފުކުރައްޗެވެ.

ADS BY ASTERS

15 ކޮމެންޓް

  1. ޭވ.ސަލަަަަަަަމް

    ތިވަަަަހަކަ ހަމައެއް ނުޖެހެެެ ގަބުުުުލެއް ނުކުރެވެެެެެ

  2. ސީދީބެ ބުނީ ތިކަމަށް އޮތް ހަމަ އެކަނި ހައްލަކީ ތި މަންޖެ މުޅި ގައިގަ ފަންޑިތަޔެއް ލިޔުމޯ. ހާއްސަކޮށް މޭމަތީގަޔާ ފޫޅުން ތިރީގަ. ފަންޑިތަ ލިޔާ އިރު މަންޖެއާ ފަންޑިތަ ލިޔާ ސީދީބެއާ ތަޅުލީ ކޮޓަރިއެއްގައި އެކެހެރިވާން ޖެހޭނެ މަންޖެ ކަަނުބަނދެފަ އެހެންނޫނީ ޖިންނި ރުޅި އައިސްދާނެ އިތުރު މީހަކު ހުރިއްޔާ.

    • ކޮއްކޮ އަދި އެކޮޓަރީގައި އަރާމު ގޮދަޑިއެއްވެސް ހުންނަން ޖެހޭނެ. ފަންޑިތަ ލިޔާނީ ސަހާދަ އިނގިލިން ފެން ނުވަތަ މަސާޖު އޮއިލް ބޭނުން ކޮއްގެން.

  3. ބޮލަ ބީތާ

    ބުރޯ ތީ ޖިންނިއެއްނޫން ތިޔައް ކިޔަނީ ފިތު ޖެހުން. ބޯ ހަލާކު.

  4. މިފަދަ އެތައް ޙާދިސާއް ހިނގައިފަ އެބަހުރި

  5. ކޮބާ. ޓްވިޓަރޭ. ތަމެންނަށް ފެނޭތޭ. ދެންވެސް ގައިގެ ވަނާ ތައް ނުފެންނަ ހެދުން ލައިގެން ތަމެން މީހުންގެ ތެރެއަށް ނިކުންނން ދަސްކުރަންވީ އެއް ނޫން ދޯ. ތަމެން ތީޔާ އުޅޭ ކާޅު ގޮތްގަނޑު ދޫކޮށްލާ ސިޔާސީ ކަންކަމުގެ ތެރެއަށް ނުވަދެ އިރުއޮއްސި 6 އިން ފެށިގެން ހެދުނު 7 ޖަހަންދެން ގޭގައި ހުންނަންވީ އެއް ނޫންތޭ. ތަމެންނަށް ކީއް ކެނެރީގެ ބުއްޅަބެ އަށް ވެރިކަން ނުލިބުނަސް. ތަމެން ހިނގާ ބަލަ މަމެންނާއި ގުޅިގެން އޮންލައިން ކޮށް ރިސޯރޓްސް ތައް އިޝްތިހާރު ކުރާ ޓްވިޓަރ އެއް ހަދައިގެން ދުނިޔެ ބިނާ ކުރަން ފައިސާ ކޮޅެއް ހޯދަން. ތަމެންގެ އުމުރު ކާޅުގޮތުގައި ދުއްވާ ނުލާބަލަ. ހިނގާ ބަލަ ދެން މިކާމާއި އުޅެމާ. ތިޔާ ރަންރީނދުލޭ ދޫކޮށްލާ ބަލަ ދެން.

  6. ތުންފަތުގަ އަނގަޖެހީމަ ހޭނެތޭ އަންހެންކުދިން ތިބެ އެސޮރަށް ވެސް އެމަންޖެޔަށްވެސް އެކަން ނޭންގުނީހެން ހީވަނީ

  7. މަޢާފް ކޮށްފީމެވެ. އެކަމަކު ތިޔައީ އަހަރެންދެކެ ލޯބިން އުޅުނު މީހެއް ނޫންކަމާ ބޭނުންވީ ޤުދްރަތުން އަހަންނަށް ދެއްވި ޖަވާހިރެއް ކަމުގައިވީ އަމާނާތް ފޭރިގަނެ އަބުރެއް ޢިއްޒަތެއް ޢިއްފަތެއް ނެތް މީހަކު ކަމުގައި ހަދާ އަހަރެން ދެދުނިޔެއިން ނަގާލުންކަން އެނގުމުން ތިބާ ދެކެ ވެވުނު ލޯބި ވަނީ ނަފްރަތަށް ބަދަލު ވެފައެވެ. އެރޭގެ ޙާދިސާ އެގޮތަށް ދިމާނުވިނަމަ ތިބާގެ މަޤްޞަދު ޙާޞިލް ކުރެވުނީހެވެ. އެފާފައިން އަހަރެން ސަލާމަތް ކުރެއްވީ ޖިންނިއެއް މެދުވެރި ކުރައްވައެވެ. ޖިންނީގެ ނުރައްކަލުން އަހަރެން ސަލާމަތް ކުރުމަށް އަހަރެންގެ މައިން ބަފައިން ކުރި މަސައްކަތުގައި ބައިވެރިވެ ތިބާ ވަރަށް އިސްދައުރެއް އަދާކޮށްދީފައިވާތީ އަހަރެންގެ ޢިއްފަތް ނަގާލަންކުރި ނާކާމިޔާބު މަސައްކަތަށް މަޢާފް ކޮށްފައިވާ ވާހަކަ އަދިވެސް އެއްފަހަރު ބުނެލަމެވެ. އެކަމަކު ދެން ތިބާ ދެކެ ލޯތްބެެއް ނުވެވޭނެއެވެ.

  8. އަދި ކަމެއް ކުރިނަމަ ކިހާވަރެއް ވާނެބާ .

  9. ހުސްހޮޅިވާހަކަ،

  10. ފާހިޝް ވާހަކަތައް ނުހިމަނައި މި ވާހަކަ ފުޔރިހަމަ ކޮށްލިނަމަ ވަރަށް ރަނގަޅުވީސް...

  11. ވަރަށްރީތި ވާހަކައެއް ވާހަކައިގެ ހަގީގަތް ދެނެވޮޑިގެންވާނީ މާތްﷲ

  12. ފިޓު ޖެހުނީ ކަމަށްވެސް ވެދާނެ އެއްނު.

  13. سبحان الله...
    ކުދިންނޭ، އިބުރަތް ހާސިލް ކުރާށެވެ...
    ޢަޚާ އެވެ.. ދުޢާ ކުރާށެވެ.. ތިބާގެ ހުރިހާ ފާފަ އެއް ފުއްސަވާށި.. ޢާމީން

  14. ޖަމީލު(ނިއްކުރިބެ)

    ތިތަނަށް ޖިންނިމޮޔަވެފަހުރި މީހެއް ވައްދައިގެންތަ ތިއުޅެނީ ހާދަ ފަހަތުގައޭ ދޯ މި ކިޔާފަ ހީހީ ހަލާކު. ޑޯންޓް ވޭސްޓް ޔޯ ލައިފް