މަދޫރީ ދިކްޝިތްއަކީ 2000 ގެ އަހަރުތަކުން ފެށިގެން މިހާ ހިސާބަށް އައިއިރު ދެ ވަނައެއް ނެތި ބޮލީވުޑް އިން ފެންނަ ފަންނާނެއް ކަމަށްވާ އިރު އޭނާ އަކީ ބޮލީވުޑްގެ އޭރުގެ ފަންނާނުންގެ ތެރެއިން އެންމެ ގިނަ ފޭނުން ތިބި އެއް ބަތަލާއެވެ. އޭނާ މިހާރު ފިލްމުތަކުން ނުފެނުނު ނަމަވެސް ރިއަލިޓީ ޝޯތަކުންނާއި އެކި ކަހަލަ ހަފްލާތަކުން އޭނާގެ ދައުރު ވަރަށް ފުޅާކޮށް ފެނިގެންދެއެވެ. މަދޫރީއަކި ގިނަ ބަޔަކު ވަރަށް ގަޔާވާ މީހަކަށް ވުމާއެކު އޭނާގެ ފޭނުންނަކީ އަބަދުވެސް އޭނާ ކުރާ ކަންކަން ވަރަށް ގާތުން ބަލާ ބައެކެވެ.

މިފަހަރު ފޭނުންގެ ސަމާލުކަން ހުއްޓުނީ އޭނާ ރާއްޖެ އައިސް ރާއްޖޭގައި ނަގާފައިވާ ބައެއް ފޮޓޯތަކަށެވެ. ބޮލީވުޑްގެ ގިނަ ފަންނާނުން ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަންނަމުންދާ މި ދުވަސްކޮޅު، މަދޫރީ ރާއްޖެ އައިސް ކުރި ކަންކަމުގެ ތެރެއިން އެންމެ އުފާވި ކަމަކީ ރާއްޖޭގެ ރީތި ވިލު ނޫކުލައިގެ މޫދު ފެންނަ ހިސާބުގައި ކޮފީއެއް ބޯލުމެވެ. މަދޫރީ ވަނީ އޭނާގެ އިންސްޓަގްރާމް ލައިވްގައި ރާއްޖެ އަކީ ދުނިޔެމަތީގެ ސުވަރުގެ ކަމަށް ސިފަކޮށްފައިވެއެވެ. އޭނާ ވަނީ ރާއްޖެ އައިސް މި މާހައުލުގައި ކޮފީއެއް ބޯލުމަކީ ތަފާތު އުފާވެރި ތަޖުރިބާއެއް ކަމަށް ސިފަކޮށްފައެވެ.

ނެށުމުގެ ދާއިރާ އާއި ފިލްމު ކުޅުމުގެ ދާއިރާގައި އެތައް އަހަރެއް ވަންދެން މަސައްކަތް ކުރި މަދޫރީ 2019 ވަނަ އަހަރު ނެރުނު "ކަލަންކް" އަށް ފަހު އޭނާ އިތުރު ފިލްމަކުން ފެނިގެނެއް ނުދެއެވެ. މީގެ އިތުރުން މަދޫރީ ވަނީ އިންޑިއާގެ ޑާންސް ޝޯއެއް ކަމުގައިވާ "ޑާންސް ދީވާނޭ" ގެ ފަނޑިޔާރެއްގެ ގޮތުގައިވެސް ފެނިގެން ގޮސްފައެވެ.

ބޮލީވުޑްގެ ފިލްމީ ދާއިރާގައި އެންމެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ މަދޫރީީ މިހާތަނަށް ފެނުނީ 70 ފިލްމު ކުޅެފައެވެ. މަދޫރީ އަށް ހަ ފިލްމު ފެއާ އެވޯޑް ލިބިފައިވާއިރު 90 ގެ އަހަރުތަކުގައި އޭނާ ހިމެނެނީ އެންމެ ބޮޑު މުސާރައެއް ލިބޭ އެއް ތަރީގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަދޫރާ

    ޕްލާސްޓިކް މަދޫރީ

    15
    7
    • ރާކީ

      މަދޫރީ ނޫނީ ނެތްކަން ނޭގެ ތިޔަ ބޮލީވުޑްގަ ރީތިވާން ވެގެންނާ ކުލަ އަލި ކުރަންވެގެން ސަރޖަރީ ތަކެ އް ނަހަދާ މީހަކު. އެންމެން ރީތިވެގެން އުޅޭ އެއ އޮށް ރޭކާ އެ އް ދެކިބަލަ . ކުރީގެ ފިލމްތަކާ ފަހުގެ ފިލްމް ތަކުގަ ައއ އިސްފަ ހުރި ބަދަލު. ކުރީ ދުވަހެ ްއގަވެސް ފަ އުންޑޭ ޝަން ނާޅާ އުޅެނިކޮށް ކެމެރާ އެއ އް ފެނުނީމަ މޫނާ ބޮލާ ެއ އްކޮށް ފޮރުވަ އިގެން ދުވެފަ ގޮސް ކާރަށް އަރާ ނިވާވީ. މީ ޕްލާސްޓިކް ނޫން މީހުންގެ ހާލަކީ.

  2. އެޗް އެން

    މަށާ އިންނަމަ ކޮންމެ ދުވަހަކު ވެސް މޫދު ފެންނަ ހިސާބު ކީންކުރަން މޫދު ތެރޭ ބަހަ އްޓާފަ ކޮފީ ދިނީމުސް.

    24
    1