ސަމޫހް އާއި ސަބާން އަށް "ވަގުތު އެހީ" އިން ފައިސާ ހަވާލުކުރަނީ – ވަގުތު އިމޭޖްސް : އަޝްހާދް އަބްދުﷲ (ޖެރީ)
ސަމޫހް އާއި ސަބާން އަށް "ވަގުތު އެހީ" އިން ފައިސާ ހަވާލުކުރަނީ – ވަގުތު އިމޭޖްސް : އަޝްހާދް އަބްދުﷲ (ޖެރީ)

ދުނިޔޭގައި ވެސް ވަރަށް މަދުން ނޫނީ ނުފެންނަ ހަމުގެ ނުރައްކާތެރި ބައްޔެއް ކަމަށްވާ "ޒީރޯޑާމާ ޕިގްމެންޓޯސަމް" ޖެހިފައިވާ އެއްބަނޑުއެއްބަފާ ދެކުއްޖަކަށް "ވަގުތު އެހީ" އިން މިރޭ 2000 (ދެހާސް) އެމެރިކާ ޑޮލަރަށްވާ ފައިސާ ކަމަށްވާ 30840 (ތިރީސް ހާސް އަށްސަތޭކަ ސާޅިސް ރުފިޔާ) ހަދިޔާކޮށްފިއެވެ.

ADS BY SHEESHA ADVERTISEMENT

މިފައިސާ ހަދިޔާ ކޮށްފައި ވަނީ އުމުރުން 21 އަހަރުގެ މުހައްމަދު ޝަމޫހް އަށާއި އުމުރުން 15 އަހަރުގެ ސަބާން އިބްރާހިމް އަށެވެ. މިދެކުދިން މިބައްޔަށް ފަރުވާ ކުރަމުން އަންނަނީ އުމުރުން ތިން މަހުން ފެށިގެންނެވެ.

މިބައްޔަކީ އަދި މިހައިތަނަށް ފަރުވާއެއް ހޯދިފައިވާ ބައްޔެއް ނޫނެވެ. ނަމަވެސް މިބަލީގެ ސަބަބުން ޖެހޭ އެހެން ބަލިތަކަށް ފަރުވާ ކުރެވެއެވެ. އޭގެތެރޭގައި ޓިއުމަރު އުފެދުމާއި، ލޮލުގެ ފެނުން ގެއްލުމާއި، އަޑު ނީވުމުގެ މައްސަލަ ދިމާވުމާއި ވަސް ބެލުމުގެ ހިއްސަށް ދިމާވާ މައްސަލަތައް ހިމެނެއެވެ. އަދި ހަންގަނޑު ހިކުން ފަދަ މައްސަލަތައް ވެސް ހިމެނެއެވެ.

ސަބާންގެ އެއްލޮލުގައި މީގެ ކުރިން ޓިއުމަރެއް އުފެދިގެން އެޓިއުމަރު ނަގަން އައިޖީއެމްއެޗް އިން މަސައްކަތް ކުރިއެވެ. ނަމަވެސް އައިޖީއެމްއެޗް އިން ޓިއުމަރު ނުނެގުމުން އިންޑިއާ އަށް ގޮސް ޓެސްޓް ކުރިއިރު މާލަސްވެފައި ހުރުމުން ޖެހުނީ އެއްލޯ ނަގާށެވެ.

ސަމޫހް އާއި ސަބާން އާއިލާ މެންބަރަކާއި އެކު – ވަގުތު އިމޭޖްސް : އަޝްހާދް އަބްދުﷲ (ޖެރީ)
ސަމޫހް އާއި ސަބާން އާއިލާ މެންބަރަކާއި އެކު – ވަގުތު އިމޭޖްސް : އަޝްހާދް އަބްދުﷲ (ޖެރީ)

މިދެކުދިންނަށް މިހާތަނަށް ފަރުވާ ކުރަމުން އައީ އާއިލާގެ ޚަރަދުގައެވެ. ކޮންމެ އަހަރަކު ވެސް ދެތިން ހަތަރު ފަހަރު މިކުދިން އިންޑިއާ އަށް ގޮސް ފަރުވާ ހޯދަމުން އައިސްފައިވެއެވެ.

މިހާރު ވެސް ދެކުދިން ދަނީ ފަރުވާ އަށް އިންޑިއާ އަށް ފުރުމަށް ތައްޔާރުވަމުންނެވެ. ދެކުދިންނަށް އިންޑިއާ އިން ފަރުވާ ކުރުމަށް އާސަންދަ ވަނީ ލިބިފައެވެ. އަދި އެންސްޕާއިން ވަނީ އެއްކުއްޖަކަށް 4000 (ހަތަރު ހާސް) ރުފިޔާ ދީފައެވެ.

"ވަގުތު އެހީ" އިން މިރޭ ހަދިޔާ ކުރި ފައިސާ އަކީ އާސަންދަ އިން ކަވަރު ނުކުރާ ޚަރަދުތައް ހަމަޖެއްސުމަށް ދެކުދިންނަށް ހަދިޔާ ކުރި ފައިސާއެވެ.

މިކުދިންނަށް ފައިސާ ހަދިޔާ ކުރުމުގެ އިތުރުން "ވަގުތު އެހީ" އިން އަމިއްލައަށް އިސްނަގައިގެން މިހާރު ގެންދަނީ މިކުދިންނަށް އިތުރު ފަރުވާއެއް ކުރެވޭނެ އެއްވެސް ހޮސްޕިޓަލެއް ދުނިޔޭގެ އެއްވެސް ގައުމެއްގައި ހުރިތޯ ބެލުމުގެ މަސައްކަތް ކުރަމުންނެވެ.

"ވަގުތު އެހީ" ފަންޑުން މިހާތަނަށް ވަނީ 9 ބަލިމީހަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. ޒާހިލްގެ ބޭސްފަރުވާ އަށް 433744.79 (ހަތަރުލައްކަ ތިރީސް ތިން ހާސް ހަތްސަތޭކަ ސާޅީސް ހަތަރު ރުފިޔާ ހަތްދިހަ ނުވަ ލާރި) އާއި އެހެން ފަރާތްތަކަށް 83184 (އަށްޑިހަ ތިންހާސް ރުފިޔާ އަށްޑިހަ ހަތަރު ރުފިޔާ) މިފަންޑުން ވަނީ މީގެ ކުރިން ހަދިޔާކޮށްފައެވެ.

މީގެ އިތުރުން މިހާރު ވެސް ދާއިމީ ގޮތެއްގައި ދެކުއްޖަކަށް މިފަންޑުން ދަނީ ފައިސާ ހަދިޔާ ކުރަމުންނެވެ. އޭގެ ތެރެއިން އެއްކުއްޖަކީ ލޭގެ ކެންސަރަށް ފަރުވާ ކުރަމުން އަންނަ އައިޝަތު ޒަލްޚާ އެވެ. އޭނާ އަށް ދެއަހަރު ވަންދެން ކޮންމެ މަހަކު 700 އެމެރިކާ ޑޮލަރު ހަދިޔާ ކުރާނެއެވެ. އަދި ކަށީގެ ކެންސަރު ޖެހިފައިވާ އައިމިނަތު ސަލީނާ އަށް ކޮންމެ މަހަކު 1000 އެމެރިކާ ޑޮލަރު އެއްއަހަރު ދުވަސް ވަންދެން މިފަންޑުން ހަދިޔާ ކުރާނެއެވެ.

މިރޭ ދެކުއްޖަކަށް ފައިސާ ހަދިޔާ ކުރުމުން "ވަގުތު އެހީ" ފަންޑުގައި ބާކީ ހުރީ 256094.32 (ދެލައްކަ ފަންސާސް ހަހާސް ނުވަދިހަ ހަތަރު ރުފިޔާ ތިރީސް ދެލާރި) އެވެ.

18 ކޮމެންޓް

  1. ސާބަސް. ވަޤުތު ނޫހައް.

  2. ވަޤުތު ނޫހުގެ ހުރިހާ މުއައްޒަފުންނަށް އިންސާނިއްޔަތައް ތިޔަ ކޮއްދެެއްވާ ބުރަ މަސައްކަތށް އައްސރިބަހާ ސާބަސް ދެން.

  3. ވަގުތުނިއުސްއިން ތިކުރާމަސައްކަތައް އައްސަރިބަހާސާބަސްދެން... އަބަދުވެސް ތިގޮތުގަ ތިއަޒުމުގަ ތިބޭނެކަމަށް އުއްމީދުކުރަން

  4. މި ފަދަ މަދުން ނޫނީ ނުފެންނަ ހަމުގެ ބަލިިޖެހިފައިވާ ކުދިންގެ ބޭސްފަރުވާގެ ހުރިހާ ޚަަރަދެއް ސަރުކާރުންބެލެހެއްޓުން ކީއްތޯ؟

  5. މާޝާﷲ..އިންސާނިއްޔަތަށް ތިޔަކޮއްދެއްވާ މަސައްކަތަށް މާތްﷲ ރަޙްމަތް ލައްވާށި..އާމީން

  6. ސާބަސް ވަގުތުނޫހައް

  7. މި ފަދަ ބަލި ކުދިންގެ ހުރިހާ ޚަަރަދެއް އާސަންދައިން ޚަރަދު ކުރުން ކީއްތޯ ވާނީ؟ ހެޔޮ ނުވާނެ ސަރުކާރު. މި ކުދިންވެސް ތި ސަރުކާރުގެ ބޮޑުންނަށް ޓެކްސް ދައްކާ.

  8. ޥަގުތުން ތި ކޮއްދެއްވާ ހެޔޮ މަސައްކަތަށް ސާބަސް ދެން....

  9. ވަގުތުއެހީ ގެ ފަރާތުން ތިޔަކުރައްވާ އިންސާނީ މަތިވެރި ޚިދުމަތަށްޓަކައި ޝުކުރުވެރިވަން.

    ސާބަސް.

    ތިޔައީ ހަގީގީ ނޫސްވެރިންނަކީ

  10. ސާބަހޭ ވަގުތުގެ ހެއުލަފާ ކުދިންކޮޅަށް!!! ﷲ ހެއު ރަުމަތް ލައްވާށީ!!!ތިކަންތަކައިގެން އުޅުން މިގައުމުގަ ސިޔާސީ އޭ ކިަޔައިގެން މިއުޅޭ ގުނބޯލިފަތީގެ ހަބަރު ހޯދާ ލިއުމަށް ވުރެ ދެދުނިޔޭގަވެސް މާބާއްޖަވެރި!!!ﷲ މިރާއްޖޭގެ އެންމެން ދުޅަ ހެއުކަމުގަ ލައްވށީ !!އާމީން

  11. ވަގުތު ނޫހަކީ އެހެންނޫސްތަކަށް ނަމޫނާ ނޫހެއް ރާއްޖޭގައި ދެންތިބި ނޫސްމަޖައްލާވެސް ވަގުތު ނޫސް އަކީ ނަމޫނާ ނޫހެއްކަމަށް ބަލައިގެން މަސައްކަތް ކުރުމަށް ދެންތިބި ހުރިހާ ނޫސްތަކަށް ގޮވާލަން

  12. ސަރުކާރަށް ވުރެން ދީލަތި..ހަބޭސް

  13. ވަގުތުއެހީ ގެ ފަރާތުން ތިޔަކުރައްވާ އިންސާނީ މަތިވެރި ޚިދުމަތަށްޓަކައި ޝުކުރުވެރިވަން. އަޅުގަނޑަށް ވެވުނު މިންވަރަކުން އެހީގައި ބައިވެރިވަމުން ގެންދާނަން. ޝުކުރިއްޔާ

  14. ވަގުތުގެ ހީވާގި ޒުވާން ޓީމަށް ފަށްފަަށުން ޝުކުރު ދަންނަވަން..އިންސާނިއްޔަތަށްޓަކައި ތިޔަ ކޮށްދެއްވާ މަސައްކަތަށް..

  15. "ވަގުތު އެހީ" ގެ ނަމުގައި އެހީތެރިކަން ބޭނުންވެފައިވާ ފަރާތްތަކަށް ތިޔަ ފޯރު ކޮއްދެއްވަމުން ގެންދަވާ އެހީތެރިކަމަކީ ވަރަށްވެސް އަގުހުރި ޚިދުމަތެއް. މާތްﷲ ތިޔަ މަސައްކަތުގައި ބަރަކާތް ލައްވާ އެހީތެރިކަން ބޭނުންވެފައިވާ ވީހާވެސް ގިނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދެވޭނެ ގޮތް މިންވަރު ކުރައްވާށި. އަދި މި ފަދަ ބަލިތައް ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް އަވަސް ޝިފާ ދެއްވާށި. އާމީން.

  16. ވަގުތު މީހުން ތިޔަކުރައްވާ ހީވާގި ބުރަ މަސައްކަތަށް އައްސަރިބަހާ ސާބަސް...

  17. މާޝާﷲ