ވެލެންޓައިންސް ޑޭ ނުވަތަ ލޯބިވެރިންގެ ދުވަސް ކައިރިވަނީ އެވެ. އެއީ ފެބްރުއަރީ 14 ވަނަ ދުވަހެވެ. ވެލެންޓައިންސް ދުވަހާއި ގުޅުވައިގެން ވަކި ހާއްސަ ކަމެއް ކުރަން ބޭނުންވެފައި އެބަ އޮތް ހެއްޔެވެ؟. ނޫނީ ހާއްސަ ކަމެއް ބާއްވަން ބޭނުން ހެއްޔެވެ؟. އެ ފުރުސަތު މި ދެނީ މާލެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ އިކުއިކްސް ޕްރައިވެޓް ލިމިޓެޑުންނެވެ.

އެ ކުންފުނިން، ވެލެންޓައިންސް ޑޭއަށް ހާއްސަކޮށް،"އެކްސްޕްރެސް ޔުއަ ލަވް" ގެ ނަމުގައި ކުރިއަށްގެންދާ ހާއްސަ ކެމްޕޭނެއްގެ ދަށުން މާލޭގައި ހުންނަ ސެމިލިސް ރެސްޓޯރެންޓާއި ގުޅިގެން މި ދެނީ ދެ ލޯބިވެރިންނަށް ރޭގަނޑު ކެއުމެކެވެ.

އިކުއިކްސްއިން ސެމިލިސް ރެސްޓޯރެންޓާއި ގުޅިގެންް ދޭ މި ފުރުސަތުގެ ބޭނުން ހިފަން ޖެހޭނީ އިކުއިކްސް އިން މާލެ ސަރަހައްދުގައި ހިންގަމުން އަންނަ އިކުއިކްސް އާއި އިކުއިކްސް އެކްސްޕްރެސް އިން ވިޔަފާރިކޮށްލާށެވެ.

ވެލެންޓައިން ޑޭއަށް ހާއްސަކޮށް ފެބްރުއަރީގެ ނިޔަލަށް ކުރިއަށްގެންދާ ހާއްސަ ކެމްޕޭންގައި ބައިވެރިވެވޭނީ އިކުއިކްސް އާއި އިކުއިކްސް އެކްސްޕްރެސް އިން 200 އަށްވުރެ މަތިން ވިޔަފާރިކޮށްގެންނެވެ. މި ދެފިހާރައިން 200 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރި ކޫޕަނެއް ދޭނެއެވެ.

އިކުއިކްސް އެކްސްޕްރެސް ހުންނަނީ މާފަންނު މުރަނގަ މަގުގައި މުދާ ފޮށި ކުރިމަތީގައެވެ. އިކުއިކްސް ފިހާރަ ހުންނާނީ ޖަނަވަރީ ހިނގުމުގައެވެ.

އިކުއިކްސްއިން ރާއްޖެއަށް އެތެރެކޮށް ،ވިއްކަމުންދާ ބައެއް ޕުރޮދަކްޓްތަކަށް ބަލާއިރު، ލިމްޕިއާ ޓިޝޫ އާއި، ސްޓޫޓް ބްރޭންޑްގެ ޖޭމް އަދި ޖޫސް، މަންސާ ބްރޭންޑްގެ ބާސްމަތީ ރައިސް ހިމެނެއެވެ.