ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލާއި އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އެކަކު އަނެކަކަށް ޓްވިޓާގައި ރައްދު ދެއްވަން ފަށްޓަވައިފިއެވެ.

މަޖިލީހަށް އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމާ ގުޅިގެން މިނިސްޓަރު މަލީހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާގެ މައްޗަށް އެ މައްސަލާގައި ކުރާ ތުހުމަތަކީ އަސާސެއް ނެތް ކަމެއްގެ މައްޗަށް ކުރާ ތުހުމަތެއް ކަމަށެވެ. އަދި އެއީ ދުސްތޫރާ ޚިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ހަދަން ޖެހޭ ގަވާއިދުތައް ނިންމާފައިވާ ކަމަށާއި އެކަމަށްޓަކައި، މިނިވަން މުއައްސަސާއެއް ކަމުގައިވާ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކެމް) އަށާއި އެ އޮތޯރިޓީގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަަދާ ކުރައްވާ ކަމަށް މަލީހް ލިޔުއްވާފައިވެއެވެ.

މަލީހްގެ އެ ޓްވީޓް ރީޓްވީޓް ކުރައްވަމުން އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ކަމުގައި ވެސް މަލީހް އިތުރުފުޅު ހައްދަވާ ކަމަށެވެ. ހަދަން ޖެހޭ ގަވާއިދުތައް "އަވަސް އަރުވާލައިގެން" ނިންމާފައި އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވީ މިނިސްޓަރުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްއިން ފާސްކުރުމުން ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމްގެ އެ ޓްވީޓަށް މަލީހް ވެސް ރައްދު ދެއްވިއެވެ. އޭނާ ވިދާޅުވީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅުއްވައިގެން އުޅުއްވަނީ ކުރައްވަން ޖެހޭ ކަމެއް ނުކުރައްވައިގެން ނޫން ކަމަށެވެ. އެއީ ޓީވީ ޕްރޮގްރާމެއްގައި ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކައަކާ ގުޅިގެން "ހަޖަމް" ނުވެގެން ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި މިނިސްޓަރު މަލީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ އެމްޑީޕީގެ 14 މެންބަރުންގެ ސޮޔާއެކުގައެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަދުވެގެން 10 މެންބަރުންގެ ސޮޔާއެކު ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދޭނެއެވެ.

މަލީހްގެ އިތުބާރު ނެތް މައްސަލަ ވައްދާފައި މިވަނީ، އޭނާއަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އިތުބާރު ނެތް ކަމަށް އެ ގްރޫޕްއިން ފާސްކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަމާލު ކަމަށް އެކަން ގެނެސްފައިވާތާ ދެ މަސް ފާއިތުވެދިޔަ ފަހުންނެވެ. މިހާތަނަށް މި މައްސަލާގައި ރައީސް ސޯލިހް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

އެމްޑީޕީގެ މެންބަރުންތަކެއް މަލީހް ކުށްވެރިކުރައްވަނީ އިންޓަނެޓް އަގު ހެޔޮ ނުކުރެވޭ މައްސަލައާއި ހައްދަވަން ޖެހޭ ބައެއް ގާނޫނުތައް ނުހެއްދެވި އޮތުމާއި ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވި ފަހުން ގައުމުގެ ޓެކްނޮލޮޖީ ސިނާއަތް ކުރިއަަރުވަން މިނިސްޓަރަށް އެއްވެސް މަސައްކަތެއް ނުކުރެވޭ ކަމަށް ވިދާޅުވެއެވެ.

އިންޓަނެޓް އަގު ތިރި ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. މިނިސްޓަރު މަލީހް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އިންޓަނެޓް އަގު ހެޔޮ ކުރުމަށްޓަކައި މިނިސްޓްރީގެ ތެރެއިން ކުރަން ޖެހޭ ހުރިހާ ކަމެއް ނިމިފައިވާ ކަމަށެވެ. އެކަމަކު އެ ކަރުދާހަށް ރައީސް އޮފީހުގެ ހުއްދަ އަދި ނުލިބޭ ކަމަށްވެއެވެ.

އިންޓަނެޓް އަގު ހެޔޮ ނުކުރެވޭ މައްސަލާގައި އެމްޑީޕީގެ މެންބަރުން ކުށްވެރި ކުރައްވަނީ މިނިސްޓަރު މަލީހްއާއި ޓެލެކޮމް އޮތޯރިޓީއެވެ. މި ގޮތުން ގާނޫނުގައި އޮންނަ ޓެލެކޮމް އޮތޯރިޓީގެ ޒިންމާތަކާއި އެ އޮތޯރިޓީ ހިންގުމާއި މުއާސަލާތީ ޚިދުމަތްތައް ރެގިއުލޭޓް ކުރުމުގައި އެ އޮތޯރިޓީ އޮންނަ މިނިސްޓްރީ ހިންގަވާ މިނިސްޓަރުގެ ޒިންމާ އެ މެންބަރުން ފާހަގަކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަދީހާ ޖަމާލް - ފޯކްލޭންޑާ އިޒްލެންޑް

    ކޮބާ މަލީހް.ކަރުތެރޭގަ ހިތި ރަހަ ލާތަ؟/

    19
  2. ރައްޔިތު މީހާ

    ވަޒީފާ ދީފަ ވަޒީރު ކަމުގަ ބަހައްޓާފައި ހުންނަނީ އެންމެ ކަމެއް ފުރިހަމަ ކުރުމަށް. އިންޓަނެޓުގެ ޙިދުމަތް ރަނގަޅު ކޮށް، ރައްޔިތުން އަތްފޯރާ ފަށަށް ގެނައުމަށް. އެކަން ކޮށް ނުދެވެންޏާ ޖެހޭނީ އިސްތިއުފާ ދޭން!! އެއްވެސް އިތުރު ވާހަކައެއް، ބަހަނާއެއް މި އަކު ނެތް!! ބަރާބަރަށް ދަނޑު ހެއްދޭ. ރައްޔިތުން ގުނބޯ ހެއްދޭ. މިކަހަލަ ކަނޑުކޮސް މީހުންނާ ހެދި މި ސަރުކާރުގެ އަގު ވެއްޓެނީ.

    18
    16
  3. ކިޔުންތެރިޔާ

    "މިހާތަނަށް މިކަމުގައި ރައިސް ސޯލިހު އެއްޗެއް ވިދާޅެއްނުވެއެވެ." މި ދިވެހި ބިމުގައި މިހާރު ހިނަގަމުންދާ އެއްވެސް ކަމަކަށް ރައީސް ސޯލިހު އެއްޗެއް ވިދާޅުވޭތޯއެވެ؟
    - މުޖުރިމުން ބަހާނާތައް ދެއްކުމަށްފަހު ގައުމު ދޫކޮށް ފިލަނީ.
    - ގެދޮރުވެރިކަމުގެ ޕްރޮގްރާމުގެ ތެރެއިން ހައްގުވެރިން މަހުރޫމްކޮށް ރަށްރަށުގައި ތިބި އެކްޓިވިސްޓުންނަށް ހިބަކޮށް ފުލެޓު ދެނީ!
    - މާތްވެގެންވާ އިސްލާމްދީނުގެ ހުކުމްތަކަށް ގޮންޖަހައި، މަޖިލީހޭ ކިޔާތަނުގަ ތިބި ބަޔަކު މުރުތައްދުވަމުން ދާއިރުވެސް ތަށަށް ކިޔަނީ މަރިޔަނބުހޭވެސް އެބޭފުޅާ އެއްސެވިތޯ؟
    - ގައުމުގައި ބޮޑެތި ރޭޕްތައްކޮށްފަ ތިބި މީހުން މިނިވަންކަމާއިއެކު!
    - އިސްލާމް ދީނަށް ފާޅުގަ ގޮންޖަހާ ގަދަބަސް ބުނާ މުރުތައްދީން މިނިވަންކަންމަތީ!
    މިނޫނަސް އެތައް ކަމެއް ހިނގަމުންދާއިރުވެސް ތި ވިދާޅުވާ ރައީސް އެއްވެސް އެއްޗެއް ވިދާޅުވާތަނެއް އެބަ ފެނޭތޯ؟

    މިއީތޯ މިގައުމުގަ އިލްމުވެރީންނޭ ކިޔާ ބަޔަކު ދެއިރު ދެދަޅަޔަށް ގައުމު މިދަނީ ހަމަމަގުންނޭ، ރަސޫލާ ދުޢާ ދެންނެވިފަދަ ވެރިޔެކޭ ބުނަންޖެހޭ ވަރުގެ ކަންކަން؟

    ކޮބާތޯ ޝޭޚު އިމްރާން؟ ދުވަހަކުވެސް ގައުމުގައި އިސްލާމްދީނުގެ މަތިވެރި ދަރަޖަ ނުވެއްޓޭހާ ދަށަށް ވެއްޓޭއިރުވެސް އެބޭފުޅާގެ މަގާމުގެ ދިފާއުގައި އެއްޗެކޭ ނުބުނެ ހުރުން ލާޒިމްތޯ؟

    ބަޔަކު ގަބޫލުކުރިޔަސް ނުކުރިޔަސް މިވަރުގެ ވެރިކަމެއް މި ގައުމުގެ ހަޔާތަކު ބަޔަކު ދެކިފައެއްނެތް. މިތަނަށް ﷲގެ ކޯފާއެއް ނުފޮނުއްވަނީ އެކަލާންގެ ރަހުމަތްފުޅުން.

    31
  4. ާސަރީ

    * ރައްޔިތުމީހާ ކަލޯ އަގެއްއޮތް ބަޔަކަށްވާނަމަ ދޯ އަގުވެއްޓޭނީ!!މިހާރު އޮންނާނެތާ ބުނެވެން ސަރުކާރު ދެބައިވީ އިރުވެސް ނުވީމަ މަލީހު ގޯސްކޮއްފަ އެފަކީރު ބޮލަށް ޖަހާފަ ވަކިކޮއްލީމަ ގުންބޯހެދިފަ ތިބޭ ރީނދޫ ކުދިން ބުނާނެ އޯ ގަދަ ދެންވާނެ!!އެ އޯކޭ ފަހުނޭވާގަވިޔަސް!!ރާއްޖެ އިންވެގެންވާ ހުރިހާ ބާރެއް ސަރުކާރަށް ރައްޔިތުން ދީގެންވެސް ކަމެއްނުވި!!ބޭނުންވާ ކަންކަން ދުވަހުން ދުވަހަށް އެޖެންޑާ ކޮއްލާފަ ނިންމާލާ!!އަޅެ ދިވެހިން މިތިބެނީ އެއްޗެއް ބުވިފަތަ!!

    13
    1
  5. ެއިސްމާލު

    ފޮރިވަހީދުގެ ވަކަރުގޭގޮލާދޯމީ މީދެން އަޅެކާކުތަ މީނާ ފަ އިސާޔާ ހެދީ ހޭބަލިވަނީ....މީނަގެ މަ އިން ބަފަ އިންވެސް ލަދެ އްނުގަނޭބާ..މީ ދެވަނަ ޖާބިރިތަ....ނޫން އިރެ އް ނުދާނެ އަބަދު ބައްލަވައިގެންނޯ..
    ޗީ..