މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ނުކުތް ނަތީޖާ އާއެކުގައި 19 ވަނަ މަޖިލިހުގެ މެމްބަރުންނަށް ލިބިވަޑައިގަންނަވާނީ ބޮޑު ހައިރާން ކަމެކެވެ. އެއީ އެ މަޖިލިހުގައި ތިއްބެވި މެމްބަރުންގެ ތެރެއިން 20 ވަނަ މަޖިލިހަށް ހޮވިވަޑައިގެންނެވީ އިނގިލިން ގުނާލެވޭހާ މަދު މެމްބަރެކެވެ. ރައްޔިތުންގެ މަޖިލިހަށް އެންމެ ގިނަ އިން ވަޑައިގެންނެވި ގިނަ މެމްބަރުންނަށް ވެސް ކުރިމަތިވެވަޑައިގެންނެވީ ނާކާމިޔާބީއާއެވެ. އަޑުގަދަ ގިނަ މެމްބަރުންނަށް ވެސް ގޮނޑި ދިފާއު ކުރެއްވޭ ގޮތް ނުވިއެވެ. މަޖިލިހަށް ހުށަހަޅާ ކޮންމެ ބިލަކަށް ހެން، މަޖިލިހުގައި ވާހަކަ ދައްކަވާ ގިނަ މެމްބަރުންނަށް ވެސް އިންތިހާބުގައި ވީ ނާކާމިޔާބެވެ. މަޖިލިހުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ޕީއެންސީ ވަނީ 66 ގޮނޑި…