އުމަރު ނިޝާމް
އުމަރު ނިޝާމް

ލިވާ ފެއިލްވެ ލިވާ ބަދަލު ކުރަން ޖެހިފައިވާ އުމުރުން 35 އަހަރުގެ އުމަރު ނިޝާމްގެ އޮޕަރޭޝަން ކުރުމަށް ބޭނުންވާ ފަސްދޮޅަށް ހާސް އެމެރިކާ ޑޮލަރު (ނުވަލައްކަ ރުފިޔާ) ހޯދުމަށް އޭނާގެ އާއިލާ އިން ކުރަމުންދާ މަސައްކަތައް އަދި ލިބުނީ ފަންސާހަކަށް ހާސް ރުފިޔާ ކަމަށް އޭނާގެ އާއިލާ އިން ބުނެފިއެވެ.

"ވަގުތު" ގައި އިއްޔެ އުމަރު ނިޝާމްގެ ރިޕޯޓެއް ޝާޢިއު ކުރި ފަހުން މިވަގުތާއި ހަމައަށް އޭނާގެ އެކައުންޓަށް ފަންސާހަކަށް ހާސް ރުފިޔާ ޖަމާވެފައި ވާއިރު އާއިލާ އިން ވަނީ ހެޔޮ އެދޭ ފަރާތްތަކުން އެބޭފުޅަކަށް ދެވެން އޮތް އެހީއެއް އުމަރު އަށް ހަދިޔާ ކުރުމަށް އެދިފައެވެ.

އުމަރުގެ އޮޕަރޭޝަނަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން ދާއިރު އޭނާ އަށް އޮޕަރޭޝަން ކުރެވެން އޮތީ ލިވާ ހަދިޔާ ކުރާނެ މީހަކު ވެސް ލިބިގެންނެވެ.

ލިވާއެއް ޑޮނޭޓް ކުރަން ބޭނުންނަމަ ފުރިހަމަވާން ޖެހޭ މުހިންމު ޝަރުތުތަކެއް ވާ ކަމަށް ޑޮކްޓަރުން ބުނެއެެވެ. އޭގެ ތެރޭގައި ލިވާ ލިބޭ ފަރާތާއި ޑޮނޭޓް ކުރާ ފަރާތުގެ ލޭގެ ގްރޫޕް އެއް ގޮތް ވާންޖެހޭނެއެވެ. އަދި 18 އަހަރާއި 55 އަހަރާ ދެމެދުގެ ފުރިހަމަ ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހަކަށް ވާން ޖެހޭނެ އެވެ. ލޭމައްޗަށް ދިއުން، ހަކުރު ބަލި، ހިތުގެ ބަލި އަދި ލިވާގެ ބަލި ހުންނަ ފަރާތްތަކަށް ލިވާ ޑޮނޭޓެއް ނުކުރެވޭނެއެވެ. މީގެ އިތުރުން ލިބޭ ފަރާތާއި ޑޮނޭޓު ކުރާ ފަރާތުގެ އިސްކޮޅު ތަފާތު ބޮޑުވެގެން ނުވާނެއެވެ. ޓްރާންސްޕްލާންޓުގައި ލިވާ ޑޮނޭޓު ކުރާފަރާތުގެ ލިވާއިން ބައެއް ނެގުމަށް ފަހު ބަލިމީހާގެ ހަށިގަނޑާއި ގުޅުވާލެވޭނެއެވެ. ދުނިޔޭގައި މިހާތަނަށް ކޮށްފައިވާ ލިވާ ޓްރާންސްޕްލާންޓް ތަކުގެ ވަރަށް ގިނަ އިންސައްތަ ކާމިޔާބު ވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.

އުމަރަށް ދިމާވެފައިވާ ބަލި ހާލަތާއި ގުޅޭ އިތުރު މައުލޫމާތު ހޯދައި އެހީތެރިވާން ބޭނުންވާ ފަރާތްތަކުން އުމަރުގެ އަނބިމީހާ ފާތުމަތް މޫސާ 9186787 އަށް ނުވަތަ ފާތްމަތް މޫސާގެ ކޮއްކޮ އައިމިނަތު އަފާ 7754444 އަށް ގުޅުއްވައިގެން މައުލޫމާތު ހޯދެވުމަށް ދަންނަވަމެވެ. އެހީތެރިވެއްދެވަން ބޭނުންފުޅުވާ ފަރާތްތަކުން އުމަރު ނިޝާމްގެ ބީއެމްއެލް ރުފިޔާ އެކައުންޓް 7701167232102 އަދި ޑޮލަރު އެކައުންޓް 7730000007672 އަށް ފައިސާ ޖަމާކޮށްދިނުމަށް އާއިލާ އިން އެދެއެވެ.

ADS BY SHEESHA

މާތްﷲ އުމަރަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި، އުމަރުގެ އާއިލާއަށް ބާއްޖަވެރި މުސްތަޤުބަލެއް މިންވަރު ކުރައްވާށިއެވެ. އަދި އަޅަމެންނީ އެކަކު އަނެކަކަށް އެހީތެރިވެދޭ ބަޔަކުކަމުގައި ލައްވާށިއެވެ. އަދި އަޅަމެންގެ މި މުޖުތަމަޢަކީ ބަލިމަޑުކަމާއި ނުރައްކާތެރި ރޯގާތަކުން ރައްކާތެރި، ދުޅަހެޔޮ މުޖުތަމައެއްކަމުގައި ލައްވާށިއެވެ. އާމީން!

ADS BY ASTERS

4 ކޮމެންޓް

  1. މިހާރުވެސް އާސަންދަ އެހީގަ އެކުރަނީ

  2. މިހާރުވެސް އާސަންދައިން އެބޭސް ކުރަނީ

  3. އަަސަންދަ އަކުން ހަމަ އެކައްޗެއްވެސް ނުލީބޭ ތޯ..

  4. ހުސްނުވާ އާސަންދައިގެ ފޮނިމީރުކަން މިހިރަ ފެންނަނީ...