ޒަލްކޮ

މިދިޔަ އަހަރު "ވަގުތު އެހީ"އިން މައުލޫމާތު ގެނެސްދިން ލޭގެ ކެންސަރު ތަހަންމަލް ކުރަމުންދާ އުމުރުން 5 އަހަރުގެ އައިޝަތު ޒަލްޚާ ޒުހުރީ (ޒަލްކޮ) އަށް ފަންޑް ރެއިޒް ކުރުމަށް މިއަދު އިވެންޓުތަކެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި އެކި ޗެރިޓީ މަސައްކަތް ކުރަމުންދާ ޖަމުއިއްޔާއެއް ކަމަށްވާ "ހޯމް ފައުންޑޭޝަން" އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މި އިވެންޓައް މިއަދުގެ އިތުރުން މާދަމާ ވެސް އޮންނާނެއެވެ. މި އިވެންޓުތައް އޮންނާނީ ހަވީރު 16:00 އިން ރޭގަނޑު 22:00 އަށެވެ.

ހޯމް ފައުންޑޭޝަންގެ ސީއީއޯ އަބްދުﷲ ހުމެއިދު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދުގެ އިވެންޓުތަށް މާލޭގެ ގިނަ ސަރަހައްދުތަކެއް އޮންނާނެ ކަމަށެވެ. އެގޮތުން:

  • ކާނިވާ ސަރަހައްދު ކައިރީގައި ހުންނަ ޕެޓްރޯލް ޝެޑް
  • ފަތާ ޓްރެކް ކައިރީ ހުންނަ ޕެޓްރޯލް ޝެޑް
  • ރަސްފަންނު ބޭރުމަގު ޕެޓްރޯ ޝެޑް
  • އައިޖީއެމްއެޗް ކުރިމަތީ ހުންނަ ޕެޓްރޯލް ޝެޑް
  • ރަސްފަންނު ސަރަހައްދު
  • އާޓިފިޝަލް ބީޗް
  • ބްރިޖް ޕްލެޓްފޯމް ސަރަހައްދު
  • ކާނިވާ ސަރަހައްދު
  • އެމްޕީއެލް
  • ޖުމްހޫރީ މައިދާން

މި ސަރަހައްދުތަކުގައި ހޯމް ފައުންޑޭޝަންގެ ވޮލެންޓިއަރުން ފަންޑު ފޮށިތަކާއެކު ހަރަކާތްތެރިވާނެ އެވެ.

މިއަދުގެ އިވެންޓުގައި ހަރަކާތްތެރިވާ ހޯމްފައުންޑޭޝަންގެ ވޮލެންޓިއަރުން ތިބޭނީ ހޯމް ފައުންޑޭޝަންގެ ފަރާތްތަށް ކަން އަންގައިދޭ ކާޑު އަޅައިގެންނެވެ.

ADS BY SHEESHA

ޒަލްކޮއަށް ކީމޯތެރަޕީ މީގެ ކުރިން ވެސް ދީފައިވާ އިރު ކީމޯގެ ބާރުގަދަ ކަމުން ނޭދެވޭ އަސަރުތަކެއް ކޮށް އެއަށް ނުރަނގަޅު ރިއެކްޝަންތަކެއް ވެސް ވަނީ އައިސްފައެވެ. އެހެން ކަމުން މިހާރު ނިންމާފައި ވަނީ ބާރު ދެރަ ކީމޯގެ ބާވަތެއް ދިނުމަށެވެ. ނަމަވެސް ބާރު ދެރަ ކީމޯގެ ފަރުވާ ދިނުމަށް ގިނަ ދުވަސްތަކެއް ހޭދަވާއިރު އާއިލާއަށް އެހާވަރުގެ މާލީތަނަވަސް ކަމެއް ނެތުމުން ވަނީ އެހީއަށް ބޭނުން ވެފައެވެ.

3 ކޮމެންޓް

  1. މުޙައްދަދު.../........

    ރޮހިންޖާ ކުއްޖެއްނަމަ ނިކަން ފަންޑުހުޅުވަން ފޯރި ހުންނާނެ

  2. އެކައުންޓްނަންބަރ ކޮބާހޭ؟