ޝައިބާ އާއި ޝާހިދު
ޝައިބާ އާއި ޝާހިދު

އއ.ހިމަންދޫ، ހަވީރީ މަންޒިލް، ފާތިމަތް ޝައިބާ އިލްޔާސް އަކީ ތެލެސީމިއާގެ ބީޓާ މޭޖާ ކުއްޖެކެވެ. މި ކަމުގެ ސަބަބުން ޝައިބާއަށް ދާއިމީ ކޮށް ލޭއަޅަން ޖެހިފައިވާއިރު، ދިގުމުއްދަތަކަށް އާދައިގެ ދިރިއުޅުމެއް ޝައިބާއަށް އުޅެވެން އޮތީ، އެކަމަށް ހާއްސަ ފަރުވާއެއް ހޯދައިގެންނެވެ. މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން، ޝައިބާ ދަނީ ދިވެހި ރައްޔިތުންގެ ދީލަތި އެހީއަށް އެދެމުންނެވެ.

ޝައިބާއަށް އެހީ ހޯދުމަށް ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ޕޯސްޓުގައި ބުނެފައި ވަނީ ،އޭނާގެ ކޮއްކޮ، އަބްދުﷲ ޝަހީދު އަކީ ވެސް އޭނާ ތަހަންމަލު ކުރަމުންދާ ތެލެސީމިއާގެ ބާވަތާއެކު އުފަންވި ކުއްޖެއް ކަމަށެވެ. ޝައިބާއާއި އޭނާގެ ކޮއްކޮ ޝަހީދު އަކީ ވެސް މޯލްޑިވްސް ބްލަޑް ސާވިސެސްގައި ރެޖިސްޓްރީ އޮންނަ ދެކުދިންނެވެ.

"ވަގުތު އެހީ" އިން މި ހަފްތާގައި މި ގެނެސްދެނީ ޝައިބާއާއި އޭނާގެ ކޮއްކޮ ޝާހިދުގެ ބަލި ހާލަތާއި އެ ދެކުދިންނަށް ބޭނުންވާ ފަރުވާގެ ވާހަކަ އެވެ.

"އަޅުގަނޑުގެ މި ކުޑަ އާއިލާގައި މަންމައާއި ބައްޕަގެ އިތުރުން ހިމެނެނީ އަޅުގަނޑުގެ ކޮއްކޮ އެވެ. އެހެން ކަމުން އަޅުގަނޑުމެން ދެބެއިންގެ މި ބަލީގެ ހަރަދުތައް ކުރުމަށް ވަނީ ނުކުޅެދިފައެވެ." ޝައިބާގެ ޕޯސްޓުގައި ބުންޏެވެ.

އެ ޕޯސްޓުގައި އިތުރަށް ބުނެފައި ވަނީ، ރާއްޖެއިން ބޭރުން ނޫނީ ނުހެދޭ ވަރަށް ބޮޑު ޓެސްޓެއް ހަދައި، ދާއިމީކޮށް ގިނަ ދުވަހު ރަނގަޅު ސިއްހަތެއްގައި ދެމި ހުރެވޭނެ ފަރުވާއެއް ދެވެން އެބަ އޮތް ކަމަށް އިންޑިއާގެ ޔަޝޯޑާ ކްލިނިކުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އިންޑިއާގެ ޔަޝޮޑާ ކްލިނިކުން ދޭ ފަރުވާ އަކީ ދުވާލަކު 8 ގުޅަ ބޭސް ކާން ޖެހޭ ފަރުވާ އެކެވެ. އަދި އެ ބޭހުގެ ހަރަދުތައް ބަލާއިރު މަހަކު ކުއްޖަކަށް 10000ރ. ޖެހޭނެ ކަމަށް ވަނީ ލަފާ ކުރެވިފަ އެވެ.

ޝައިބާ އާއި އޭނާގެ ކޮއްކޮ ޝާހިދުގެ ފަރުވާއަށް އެހީ ހޯދުމަށް ހިމަންދޫގެ "ނިކަ ސްޕޯޓްސް ކްލަބް" އާއި ހިމަންދޫ ކައުންސިލާއި އެހެނިހެން ސަރުކާރުގެ އިދާރާތަކާއި ގުޅިގެން މިހާރު ވަނީ އިވެންޓުތަކެއް ބާއްވަން ހަމަޖެހިފައެވެ. އެގޮތުން މި މަހުގެ 6 ވަނަ ދުވަހު އއ. އަތޮޅުގެ އެކި ރަށްތަކުގައި ފަންޑު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އަދި މި މަހުގެ 7 ވަނަ ދުވަހު އެހީ ހޯދުމަށް ހިމަންދޫގެ ހުރިހާ ގޭބީސީތަކަށް ޒިޔާރަތް ކުރުމަށް ނިންމާފައިވާއިރު މި މަހުގެ 8 ވަނަ ދުވަހު ހިމަންދޫގައި އެކަމަށް ހާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.

ޝައިބާއާއި އޭނާގެ ކޮއްކު ޝާހިދުގެ ބަލި ހާލަތާއި ގުޅޭ އިތުރު މައުލޫމާތު ހޯދައި އެހީތެރިވާން ބޭނުންވާ ފަރާތްތަކުން 7624981 އަށް ގުޅުއްވައިގެން މައުލޫމާތު ހޯދެވުމަށް ދަންނަވަމެވެ. އެހީތެރިވެއްދެވަން ބޭނުންފުޅުވާ ފަރާތްތަކުން އެ ދެކުދިންގެ ބައްޕަ އިލިޔާސް މުހަންމަދުގެ ބީއެމްއެލް ރުފިޔާ އެކައުންޓް 7715156832001 އަށް ފައިސާ ޖަމާކޮށްދިނުމަށް އާއިލާ އިން އެދެއެވެ.

މާތްﷲ ޝައިބާއާއި ޝާހިދުއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި، އާއިލާއަށް ހިތްވަރު ދެއްވައި ބާއްޖަވެރި މުސްތަޤުބަލެއް މިންވަރު ކުރައްވާށިއެވެ. އަދި އަޅަމެންނީ އެކަކު އަނެކަކަށް އެހީތެރިވެދޭ ބަޔަކުކަމުގައި ލައްވާށިއެވެ. އަދި އަޅަމެންގެ މި މުޖުތަމަޢަކީ ބަލިމަޑުކަމާއި ނުރައްކާތެރި ރޯގާތަކުން ރައްކާތެރި، ދުޅަހެޔޮ މުޖުތަމައެއްކަމުގައި ލައްވާށިއެވެ. އާމީން!

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް

1. މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

2. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

3. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

4. އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.

(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

ADS BY SHEESHA

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

ADS BY ASTERS

4 ކޮމެންޓް

 1. މިކަހަލަ ޚަބަރުތަކުން ދިވެހި މުޖުތަމަޢު އަށް ހޭލުންތެރިކަން އަންނަންވާ ވަގުތު ނުޖެހެނީބާ؟ޙަޔާތުގެ ބައިވެރިއެއް ހޯދުމުގެ ކުރިން ތެލްސީމިއާއަށް ޓެސްޓްކޮށް. ބައަވެރިއަކު ހޯދުމުގައި އެކަމަށް ރިޢާޔަތް ކުރަން އަދިވެސް ވަގުތު ނުޖެހެނީބާ؟

 2. މުހައްމަދު އަހްމަދު

  ޢެޙީވާނަން އަދި ލާރިވެސްފޮނުވާނަން އެކަމަކު އޮތީ އެންމެ މައްސަލަޔެއް. ކޮބާ ސަރުކާރު.

  • އެނގިގެންތިބެ ކައިވެނި ކުރިނަމަ ތި ލޯބި ލޯބި ދެކުދިންނަށް ދެވުނު ވރަށް ބޮޑު އަނިޔާއެއް<

  • ހެޔޮ އެދޭމިހާ 💋

   ކިހާދެރަ ކަމެއް މީހަކު މަރު ގެ ތުންފަތް މަތީ އޮށް އިރު ވެސް ސިޔާސީ ނުވެބަލަ ދޯ؟ މަ ނުދަނެހުރިން ސަރުކާރު ކިޔާ ތަނެއް ހުނަކަމެއް! ފަހަރެއް ގައި މެޑަމް ފާތުން އެހީ އެެއް ދީފާނެ ތޯއެއެޗެއް! ރައީސެއް ނުދޭނެ! މަށައް ޔަގީން! މަށައް އިގޭނެދޯ މަގޭ ދަރި ބަލިވެގެން އުޅުނި އިރު ކަންވީ ގޮތް... ހުން...... ނޫނޭވާ ރައީސެއް އެއީ! އިރާދަކުރެއްވެއްޖިއްޔާ ރަނގަޅު ވާނެ!