ބީއެމްއެލް އިންޓަރނެޓް ބޭންކިންގ ބޭނުންކުރާ ކަސްޓަމަރުންނަށް އިތުރު އެކައުންޓެއް ހުޅުވުމާއި، ކްރެޑިޓް ކާޑު، ޑެބިޓް ކާޑު އަދި ލުއި ލޯނަށް އެދި ހުށަހެޅޭނެ އިންތިޒާމް އެ ބޭންކުން ހަމަޖައްސައިފިއެވެ.

އެ ބޭންކުން ބުނީ، ދިވެހި މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން މިހާރު ކުރިޔަށްގެންދާ "އަހަރެންގެ ބޭންކް" ކެމްޕޭންގެ ދަށުން މުހިންމު ގިނަ ޚިދުމަތްތަކެއް އޮންލައިންކޮށް ބަދަލުކޮށްފައިވާކަމަށެވެ.

ބީއެމްއެލް އިން ބުނީ. ބޭންކަށް ދީފައިވާ އެޑްރެސް، އާމްދަނީގެ ތަފްސީލް ނުވަތަ އަމިއްލަ މައުލޫމާތެއް ބަދަލުކުރުމަށް ބޭނުންވާ ކަސްޓަމަރުންނަށް އޮންލައިންކޮށް ހުށަހެޅޭނެކަމަށެވެ. އަދި އެކަމަށް ހާއްސަ އާ ޕަރސަނަލް އިންފޮމޭޝަން ފޯމެއްވެސް ހިމަނާފައިވާނެކަމަށް އެ ބޭންކުން ބުނެއެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ ވިދާޅުވީ، މި އާ އޮންލައިން ޚިދުމަތްތަކަކީ ކަސްޓަމަރުންނަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ހިދުމަތެއް ކަމަށެވެ. އަދި ކަސްޓަމަރުން ބްރާންޗަށް ވަޑައިގަންނަވަން ނުޖެހި، ގޭ ގައި ތިއްބަވައިގެންވެސް މިހާރު މުހިންމު ބައެއް ޚިދުމަތްތަކަށް އެދި ހުށަހެޅޭނެކަމަށެވެ.

އެ ހިދުމަތްތަކާއި ގުޅޭ އިތުރު މަޢުލޫމާތު ބޭންކުގެ ވެބްސައިޓް https://www.bankofmaldives.com.mv އިން ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު