އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމާއި ބެހޭ ގޮތުން ހަދާފައިވާ ޤަވާއިދާއި ހިލާފުވެފައިވާ ފަރާތްތައް ބަލައި ފިޔަވަޅު އަޅަމުންދާނެކަމުގެ އިންޒާރު ޓްރެފިކް ފުލުހުން ދިނުމާއެކު ގިނަ އަދަދެއްގެ ބަޔަކު މާލެ އާއި ހުޅުމާލޭގައި ހުންނަ އޮޓޯ ޕާޓްސް ފިހާރަތަކަށް ދާން ފަށައިފިއެވެ.

ބުރިޖު ހުޅުވުމާއެކު ފުލުހުން ފެށި ހާއްސަ ޓްރެފިކް އޮޕަރޭޝަންގެ ދަށުން ގިނަ އަދަދެެއްގެ ބަޔަކު ހުއްޓުވާ ބުރިޖަށް އަރާއިރު، ހެލްމެޓް އެޅުމަށާއި، ސައިކަލުގެ ދެ ފަޅީގައި ލޯގަނޑު ހަރުކުރުމަށް ދަނީ ނަސޭހަތް ދެމުންނެވެ.

މިކަން މިގޮތަށް ކުރަން ފެށުމާއެކު، ގިނަ އަދަދެއްގެ ބަޔަކު ރެއިން ފެށިގެން ލޯގަނޑު ފަޅި އަދި ހެލްމެޓް ގަތުމަށް ފިހާރަތަށް ދަނީ ޖަމާވަމުންނެވެ.

ބައެއް އޮޓޯޕާޓްސް ފިހާރަތަކުން މި ތަކެތި މިހާރު ވަނީ ހުސް ވެފައެވެ. އޭގެ ތެރޭގައި ހުޅުމާލޭގެ ބައެއް ފިހާރަތައް ހިމެނެއެވެ. އަދި މިހާރު މާލޭގައި އޮަޓޯޕާޓްސް ވިއްކާ ގިނަ ފިހާރަތައް ކިއު ޖައްސާލާފައިވާކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ. މީގެ އިތުރުން ބައެއް ފިހާރަކުން މީގެ ކުރިން 100 އިން ދަށުގައި ވިއްކަމުން ދިޔަ ސައިކަލުގެ ލޯގަނޑު ޖޯޑުތައް މިހާރު 200 އާއި ގާތް ކުރާ އަގަކަށް ވިއްކަމުންދާކަމަށް މައުލޫމާތު ލިބެއެވެ.

ޓްރެފިކް ފުލުހުން މީސްމީޑިއާ މެދުވެރިކޮށް ޢާންމުކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ، އެއްގަމު އުޅަނދު ދުއްވުމާއި ބެހޭ ގޮތުން ހަދާފައިވާ ޤަވާއިދާއި އުސޫލުތަކާއި ޚިލާފަށް ހުންނަ އުޅަނދުތަކުގަ ދަތުރުކުރަމުންދާނަމަ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށާއި، އެގޮތުން ލޯގަނޑު ނެތި ދުއްވުމާއި ޓެއިލް ލައިޓު ނުދިއްލޭ ލައިޓް ހުންނަ އުޅަނދުތައް ބޭނުންކުރާފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ލޯގަނޑު ނެތި ދުއްވުމަކީ އެއްގަމު އުޅަނދު ދުއްވުމާއި ބެހޭ ޤަވާއިދުން މަނާކުރާ ކަމަކަށްވާއިރު، މީގެ ކުރިންވެސް ލޯގަނޑު ނެތި ދުއްވާ ސައިކަލްތައް ހުއްޓުވައި ފިޔަވަޅު އަޅާފައިވެއެވެ. އެހެން ނަމަވެސް ފަހުން އެ ޤަވާއިދަށް ޢަމަލުކުރުން ހުއްޓި ފިޔަވަޅު އެޅުންވެސް އޮތީ ހުއްޓާލާފައެވެ. އެހެން ނަމަވެސް ދޭތެރެއިން ދޭތެރެއިން އެފަދަ ކަންކަމުގައި ފުލުހުން ނަސޭހަތްތެރި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޢާމިލާދޫ

    ތިއަށްވުރެ ބޮޑަށް ދިވެހިންގެ ދުއްވުމުގެ ޑިސިޕްލިން އެބަ ރަނގަޅު ވާންޖެހޭ ގިނަ މީހުން އެއްވެސް ހަމައެއްލަމައެއް ނުހުރޭ

  2. ދދދދދދ

    25 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވޭ ސަރަހައްދުގަ ހެލްމެޓް ނާޅާ ދުއްވުންވެސް މަނާ ކުރަންވީ. އައްޑޫގަވެސް އޮންނަނީ މިގޮތަށް.

  3. ޒާހިރު އަލީ

    ތިއަށްވުރެ ބޮޑަށް ދިވެހިންގެ ދުއްވުމުގެ ޑިސިޕްލިން އެބަ ރަނގަޅު ވާންޖެހޭ ގިނަ މީހުން އެއްވެސް ހަމައެއްލަމައެއް ނުހުރޭ

  4. ޙަރު

    ދެން އަހަރުންގެ ސައިކަލުތަކުގެ ލޯގަނޑުތައް ކަޓުވަން ފަށާނީ

  5. ާަަައަލި

    ބަސްދަތުރު ކުރަނީ ބަސްދަތުރު ކުރަން ގަވާޢިދުގަ ބުނެފަވާ ލައިނުންތޯ 1 ފަހަރުވެސް ބަލާލިންތޯ؟

  6. ?

    ??????????

  7. ނުރަބޯ

    ގަވައިދު ހަރުކަށި ކުރަނީކީނޫން ގަވައިދު ހިންގަން ފެށީ....!!!

  8. ޒާ

    ބުރިޖްމަތީގައި ދުއްވަން ޖެހެނީ ތަންކޮޅެއް ބާރު ސްޕީޑްގައި. އެކަމަކު ވަރަށް ނުފަރިތަ މީހުން (ޚާއްސަކޮށް އަންހެނުން) އެބަ ތިބޭ ބަހަށްދާނެ ޖާގަވެސް ނުދީ ކިރިޔާ ހިރިލާވަރަށް ދުއްވާލަ ދުއްވާލަ. އަނެއްބަޔަކު ދަނީ ބައިހަދާފައި ވާހަކަ ދައްކަމުން. މިއީ ހައިވޭއެއްގައި ދުއްވުމުގެ އަދަބާއި ޚިލާފް ކަމެއް. މިކަންކަމަށް ހޭލުން ތެރި ކުރުވުމާއި، ނަސޭހަތް ދިނުން ނުވަތަ އެފަދަ މީހުން ހައިވޭގައި ދުއްވުން ހުއްޓުވަންވީ. ސައިކަލްތަކުގެ އުނދަގޫ ވަރަށް ބޮޑު ބަސްތައް ދުއްވާއިރު. ހިތަށް އަރާ ސައިކަލް ލޭން ޗެންޗޭނު ޖަހައިގެން ވަކިކޮށްލާނެ ނަމައޭވެސް. ހެލްމެޓް އެޅުން މަޖުބޫރު ކުރުންވެސް މުހިއްމު.