ދިރާގުން ކޮންމެ އަހަރަކު ބާއްވާ މުވަޒަފުންގެ "ފެމިލ ޑޭ" މިއަހަރު ރަސްރަނި ބަގީޗާގެ ވިންޓަރ ޕާރކުގައި ބާއްވައިފިއެވެ.

ދިރާގު ފެމިލީ ޑޭ އަކީ ކޮންމެ އަހަރަކު މުވަޒަފުންގެ އާއިލާތަކާއި އެއްކޮށް ވަގުތު ހޭދަކޮށްލަން ބާއްވާ ދުވަހެކެވެ. ކޮންމެ އަހަރަކުވެސް ދިރާގު ފެމިލީ ޑޭ އޮންނަނީ ތަފާތު ތަނެއްގައެވެ.

ދިރާގު ފެމިލީ ޑޭ ވިންޓަރ ޕާކުގައި ފާހަގަކުރުން - ފޮޓޯ: ދިރާގު

ދިރާގުން ބުނީ އެ ކުންފުނީގެ އެންމެ އަގުހުރި ރައުސްމާލަކީ ކުންފުޏީގެ މުވައްޒަފުން ކަމަށާއި އެގޮތުން މުވައްޒަފުންގެ މަންފާއާއި ކުރިއެރުމަކީ ކުންފުނިން ނުހަނު އިސްކަމެއްދޭ ކަމެއް ކަމަށެވެ.

އަދި މުވަޒަފުންގެ ދުޅަހެޔޮކަމާއި ސިއްހަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަޝަގެންނެވުމަށް ދިރާގުން ގިނަ މަސައްކަތްތަކެއް ކުރެއެވެ.ދިރާގު ފެމިލީ ޑޭ އަކީ ދިރާގުން ހިންގާ ގިނަހަރަކާތްތަކުގެ ތެރެއިން އެއް ކަމެވެ.

ދިރާގު ފެމިލީ ޑޭ ވިންޓަރ ޕާކުގައި ފާހަގަކުރުން - ފޮޓޯ: ދިރާގު

ދިރާގަކީ ރާއްޖޭގައި ޑިޖިޓަލް އަދި މުވާސަލާތީ ހިދުމަތް ވޭތުވެދިޔަ 29 އަހަރު އެންމެ ފުޅާކޮށް ފޯރުކޮށްދެމެންގެންދާ ކުންފުންޏެވެ. 600 އަށް ވުރެ ގިނަ މުވައްޒަފުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި މަސައްކަތްކުރަމުން ދާއިރު، މުވައްޒަފުންގެ ހުނަރާއި ގާބިލިއްޔަތު، މީހުން ބިނާކުރުމާއި މުވައްޒަފުންނަށް ފޯރުކޮށްދޭ އެކި މަންފާތަކާއި އިނާޔަތްތަކުގެ ސަބަބުން ދިރާގަކީ ރާއްޖޭގެ ކުންފުނިތަކުގެ ތެރެއިން މަސައްކަތްކުރުމުގެ މާހައުލު އެންމެ ފުރިހަމަ އެއް ކުންފުންޏަށް ވަނީ ވެގެން ގޮސްފައެވެ.

ދިރާގު މުވައްޒަފުންގެ ޖަމިއްޔާ "އީ ކްލަބް" ގެ ފަރާތުން ވިދާޅުވީ މި ފަދަ ހަރަކާތްތަށް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ މުވައްޒަފުންނާއި އާއިލާގެ މެމްބަރުން އޮފީހުގެ މާހައުލާއި ދުރުން މަޖާ ކޮށް އަދި އުފާ ކޮށްލުމުގެ ފުރުސަތު ހުޅުވައިދީ މުވައްޒަފުންގެ ހިތްހަމަޖެހުން އިތުރު ކުރުވުން ކަމަށެވެ.

ދިރާގު ފެމިލީ ޑޭ ވިންޓަރ ޕާކުގައި ފާހަގަކުރުން - ފޮޓޯ: ދިރާގު

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމު ކުރެވިފައިވާ ދިރާގު ރީޖަނަލް އޮޕަރޭޝަނަލް ސެންޓަރުތަކުގައި ވެސް މިފަދަ ހަރަކާތްތަށް ދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން ކޮންމެ އަހަރަކު ކޮންމެ ރީޖަނަލް އޮފަރޭޝަނަލް ސެންޓަރުތަކުން ދަތުރު ދިޔުމާއި ސްޓާފް ނައިޓް ފަދަ އިވެންޓްތައް ދަނީ ބާއްވަމުންނެވެ.