އައްޑޫ ސިޓީގައި ކަނޑައަޅާފައިވާ ޓޫރިޒަމް ޒޯންތަކުން ބިޑު އުސޫލުން ބިން ދޫކުރުމުގެ ފުރުސަތު މޯލްޑިވްސް އިންޓަރގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން މިއަދު ހުޅުވާލައިފިއެވެ.

އެ ކޯޕަރޭޝަނުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައިވަނީ އައްޑޫ ސިޓީގެ ހިތަދޫ، ފޭދޫ، މަރަދޫ، ހުޅުދޫ، މީދޫ އަދި ހިކަހެރަ ކަނޑައަޅާފައިވާ ޓޫރިޒަމް ޒޯންތަކުން ޓޫރިޒަމްގެ ވިޔަފާރި ކުރުމަށް ބިން ބޭނުންވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

މި މަޝްރޫޢުއަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 17 އިން 27 ގެ ނިޔަލަށް އެ ކޯޕަރޭޝަނުންނާއި އައްޑޫ ސިޓީގެ ހިތަދޫ، ފޭދޫ އަދި ހުޅުމީދޫ "ލޭންޑް ބިލްޑިންގ އެންޑް މުނިސިޕަލް ޑިޕާޓްމަންޓް" އިން ބިޑްފޮތް ބައްލަވައިގަންނަށް ލިބިވަޑައިގަންނަވާނެ ކަމަށް އެ އިއުލާނުގައި ވިދާޅުވެފައިވެއެވެ.

އަދި ބިޑް ފޮތް ބައްލަވައިގަންނަ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 17 އިން 27 ވަނަ ދުވަހުގެ 13:00 އާހަމައަށް މަތީގައި ބަޔާންކޮށްފައިވާ ތަންތަނުގައި ހުޅުވާލެވިފައި އޮންނާނެ ކަމަށްވެސް އެ އިއުލާނުގައި ވިދާޅުވެފައިވެއެވެ.

ބިޑް ހުށަހަޅަންވާނީ ބަންދުކުރައްވާފައިވާ ސިޓީ އުރައެއްގައި ކަމަށާއި އަދި ހުށަހަޅާ ބިޑްތައް ހުޅުވުން އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ މެންދުރު 14:00 ގައި ވަޑައިގެން ތިއްބެވި ފަރާތްތަކުގެ ޙާޟިރުގައި ކަމަށް އެ ކޯޕަރޭޝަނުގެ އިއުލާނުގައި ވެއެވެ.

އަދި ބިޑްތައް ހުޅުވާނެ ތަން ބިޑް ބަލައިގަންނަ ފަރާތްތަކަށް އަންގާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެއްމެން

    އަޅިގަނޑަށް ފެންނަނީ އެއްވެސް ވިޔަފާރިއެއް އަދި ނުކުރާ ޒުވާނުންނަށް ތިޔަތަނުން ހިލޭ ބިން ދިނުމަށް. އެއީ ޒުވާން ވިޔަފާރިވެރީން އުފެއްދުމުގެ ޕްރޮގްރާމްގެ ދަށުން ކުރާކަމަކަށް އެކަން ހެދުމަށް.

  2. ޢާސިދާ

    ޚކީއްކުރަން ކުރާކަމެއް އައްޑު ވިޔަފާރިވެރިން މށލެ މީހުނާއިނދެގެން މާލޭގަ ގެވަޅުނަގައިގެން ދިރި އުޅެނީ އަމއްލަފައިދާއަށް ރަށުގައި ދިރި އުޅެން އުޅެ މިހާކު އަދ ރަށުގެ މއްސަންޖަކުވެސް އެތާކު ނުއުޅޭ ކިރިޔާ ފޯރޒަމީހެއްވިއަސް ގެދޮރު ކުއްޔައދީފަ ނުވަތަބިން ވިއްކާލާފަ މާލެ މީހުނާއި އިނދެގެން ދިރިއުޅެނީ މާލޭގަ