ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު، އިއުލާނުކޮށްފައިވުމުން އޭގެ ސަބަބުން ފަތުރުވެރިކަމަށް ވަރަށް ބޮޑަށް އަސަރު ކުރާކަމަށް ބުނި ނަމަވެސް، ރާއްޖޭގެ ރިސީޓްތަކަށް އަންނަ ފަތުރުވެރިން މަދުނުވާކަން ކަށަވަރުވެއްޖެއެވެ.

ރިސޯޓްތަކަށް ބުކިންގ ހަދާ ވެބްސައިޓްތަކަށް ބަލާއިރު، މިދުވަސްކޮޅު ގިނަ ރިޒޯޓްތައް އޮތީ ފުލް ކޮށެވެ. އަދި މި ދުވަސްކޮޅަށް އެ ރިސޯޓްތަކަށް ބުކްވެސް ނުކުރެވޭނެއެވެ.

ބައެއް އިދިކޮޅު ފަރާތްތަކުން ބުނާގޮތުގައި، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުން ރާއްޖޭގެ ރިސޯޓްތަކަށާއި، ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިން މި ވަނީ މަދުވެފައެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ބައެއް ގައުމުތަކުން ޓްރެވެލް އެޑްވައިޒަރީ ނެރުމާއި ގުޅިގެން ރާއްޖެއަށް ކުރަން އޮތް ބައެއް ޗާޓަރު ފެލައިޓްތައް ވެސް ކެންސަލް ކުރި ކަމަ އަޑު ފެތުރިފައި ވެއެވެ. އެހެން ނަމަވެސް އެކަމުން ރާއްޖޭގެ ފަތުރުވެރިކަމަށް ކިލަންބުކަމެއް އަންނަހެން ހީނުވަނީ މިހާރުވެސް ރާއްޖޭގެ އެކި ހިސާބުތަކުން ގިނަ ރިސޯޓްތަކެއް އެއްކޮށް ބުކްކޮށްފައި ހުރުމެވެ.

ބްކިން ވެބްސައިޓްތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ނަން މަޝްހޫރު ރިސޯޓްތައް މިއަދުން ފެށިގެން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އޮތީ ފުލް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ފަތުރު

    މިއުޅޭ ޕްރޮޕެގެންޑާ މެޝިންތައް ވަރަށް ކަޑަވާނެ މިލިޔުން ކިޔާފަ..! ލޮލް

  2. އަލީ

    ކުއްލި ނުރަށްކާ އިއުލާން ކުރީ ރާއްޖޭގަ ހަމަޖެހުން ނެތީމައެއް ނޫނޭ. ކޯޓްއަމުރަކާ ނުލާ ހައްޔަރު ކުރަން ބޭނުންވާ މީހުން ހައްޔަރު ކުރަންވެގެން

  3. ހިޔަލަ

    ކީއްވެތޯ؟ ކޮމެންޓް ކޮބައިތޯ؟

  4. ދާދު

    ޖީންނީ ތައްދޯ މީހާރު ރީސޯޓުތައް ފުލް ކޮއްލައީގެން އުޅެނީ..

  5. އަލިބެ

    މޮޅެތި ސްޓޯރީ ނުފަޅާ... މިހާރުވެސް ލާރި ވަންނަ ވަރު މަދުވެގެން ބަޖެޓް ބަންދުކޮއްފި.

  6. ޙހ

    ޙުސޮ ދްގު

  7. ޖަލީލު

    މަށަކީ އއެެއްމެ އުތުރުގަ އޮންނަ ރިސޯޓެއްގަ އުޅޭމީހެއް. ހަމަގައިމުވެސް މި ރިސޯޓްގަ ކުއްލިހާލަތު އިއުލާނުކުރި ފެބްރުއަރީ މަސް ނިމުނުއިރުވެސް ރިސޯޓް އޯވާބޮކް ވެހެގެން ކައިރި ރިސޯޓަކަށް އެއްދުވަސް ސްޓޭކުރުވަން ގެސްޓުން ގެންދިޔަ. މިމަހުވެސް އަދި 80% އަށް ވިރެންދައްނުވޭ.

  8. ހފދ

    މިރިސޯޓުގެ މިހަާތަނަށް 385 ރޫމު ނަައިޓު ނައިޓު ކެންސަލްވެއްޖެ. 450 ޑޮލަރު ނައިޓަކަށް ބެލީމަ އެވަނީ 173250 ޑޮލަރު.

  9. ހަސަން

    ފަތުރުވެރިން ތި ހީހުރާ ވަރަށް ވުރެ ޝޯސަލް އޭ .. ދޭ ނޯ ނުރައްކާ އޮތީ ކެޕިޓަލް ސިޓީގަ ކަން .. އެން ދޭ ނޯ ދެޓް އެމީހުން ދަނީ ރިސޯޓަކައް ކަން .. ސޯ ވަޓްސް ދަ ބިގް ޑީލް