ފަރުނީޗަރު ވިއްކުމުގައި ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ޒަމާނީ އެއް ކުންފުނި ކަމަށްވާ ރެއިންބޯ އިން ބަދިގެ އާކުރަން ބޭނުންވެ، ނަމަވެސް އަދި އެކަން ކުރެވިފައި ތިބި ހުރިހާ ފަރަތްތަކަށް ފަސޭހަ ކަމާއި އެކު ބަދިގެ އާކޮށްލެވޭނެ ރަނުގެ ފުރުސަތެއް ހުޅުވާލައިފިއެވެ.

"ޗާލު ބަދިގެ" ނަމުގައި މިފުރުސަތު ހުޅުވާލާފައި ވަނީ މުޅި ރާއްޖެ އަށެވެ. ނަމަވެސް މިފުރުސަތުގައި ރެއިންބޯގެ މުވައްޒަފުންނާއި އަދި މުވައްޒަފުންގެ އާއިލާގެ މެންބަރުންނަށް ބައިވެރިއެއް ނުވެވޭނެއެވެ.

ރެއިންބޯ އިން ބުނީ މިފުރުސަތު ހުލުވާލާފައި ވަނީ 15 ސެޕްޓެމްބަރ އިން އޮކްޓޯބަރ 15 އަށް ކަމަށެވެ.

"މިފުރުސަތުގައި ހޮވޭ ނަސީބުވެރި ފަރާތައް ރެއިންބޯގެ ފަރާތުން ބަދިގެ ސެޓެއް ހަދިޔާ ކުރެވޭނެ. ބަދިގެ ސެޓްގެ ތެރޭގައި ފުލް ކެބިނެޓް އަދި ބަދިގެ އެޕްލަރެންސަސް ހިމެނޭނެ." ރެއިންބޯ އިން ބުންޏެވެ.

މިފުރުސަތުގައި ބައިވެރިވާން ހައްދަވަން ޖެހޭނެ ގޮތަކީ މިހާރު ބޭނުން ކުރާ ބަދިގޭގެ ފޮޓޯއެއް ރެއިންބޯގެ އޮފިޝަލް ފޭސްބުކް ޕޭޖަށް އިންބޮކްސް ކޮށްލުމެވެ.

https://www.facebook.com/rainbowenterprises.mv/photos/a.1064169703717122/1394451537355602/?type=3&theater

އިނާމުގެ ވެރިފަރާތް ކަނޑައަޅާނީ ރެއިންބޯ އިން ކަނޑައަޅާފައިވާ ހާއްސަ ޖަޖިން ޕެނަލްއަކުންނެވެ.

ނަސީބުވެރި ފަރާތަކަށް ބަދިެ ސެޓްގެ ބޭނުން ކުލަ، މެޓީރިއަލް އަދި ޑިޒައިން ހިޔާރުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ރެއިންބޯ އިން މައުލޫމާތު ދެއެވެ.

އިނާމުގެ ވެރިފަރާތް ކަނޑައަޅަން ނިންމާފައި ވަނީ ނޮވެމްބަރ 08 ވަނަ ދުވަހު އެވެ.

އިތުރު މައުލޫމާތު ރެއިންބޯގެ އޮފިޝަލް ފޭސްބުކް ޕޭޖް އިން ލިބިވަޑައިގަންނަވާނެއެވެ.