ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހދ. ކުޅުދުއްފުށީގައި ތަރައްގީ ކުރަމުންދާ އެއާޕޯޓްގެ ރަންވޭގެ ތާރު އެޅުމުގެ މަަސައްކަތް ނިންމައި, އަންނަ ބުދަ ދުވަހު ޓެސްޓް ފްލައިޓް ޖައްސާނެކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިއަތު ވިދާޅުވީ، ކުޅުދުއްފުށީ އެއާޕޯޓްގެ ރަންވޭގެ ތާރު އެޅުމުގެ މަސައްކަތް ނިންމާލާފައިވާ ކަމަށާއި، 19 ވަނަ ދުވަހު އެ އެއާޕޯޓްގައި ޓެސްޓް ފްލައިޓް ޖައްސާނެ ކަމަށެވެ. އަދި މިހާރު ކުރަމުން ދަނީ ޓެކްސީ ވޭ އާއި އޭޕްރޯންގެ މަސައްކަތްތައްކަމަށްވެސް ވިދާޅުވިއެވެ.

ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭ އެޅުމަށް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ ފެބްރުއަރީ މަހުގެ ތެރޭގައިއެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ރަންވޭ އެޅުމުގެ އިތުރުން ކުޅުދުއްފުށީ އެއާޕޯޓުގެ ޓެކްސީވޭ އާއި އޭޕްރަން ހެދުމުގެ މަސައްކަތް ވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

ކުޅުދުއްފުށި އެއާޕޯޓު އެޅުމުގެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ވަނީ ޖުމްލަ 15 ހެކްޓަރުގެ ބިން ހިއްކާފައެވެ. އެއާޕޯޓްގެ މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކުރީ 53.9 މިލިއަން ރުފިޔާ އަށް 160 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ކުޅުދުއްފުށީގައި އަޅާ ރަންވޭގެ ބޮޑު މިނުގައި 1.2 ކިލޯ މީޓަރު ހުންނާނެ ކަމަށް އެމްޓީސީސީއިން މައުލޫމާތުދެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެފައިވަނީ މި މަހުގެ 23 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ކުރިން، ކުޅުދުއްފުށީ އެއަރޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސޭނެކަމުގައެވެ. އަދި، އަމާޒަށް ވާސިލުވުމަށް، މަސައްކަތް ކުރަމުންދާ އެމްޓީސީސީ އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ދެން

    .މިކަމުގެ އުފަލުގަ ކުޅުދުއްފުށި ހުރިޙާ ސަރުކާރު އޮފީސްތައްވަނީ ބުދަދުވަހު ބަންދުކުރަން ނިންމާފައެ

  2. ޝަރީފް

    އަޅުގަނޑަށް އާދޭހައެކު ދަންނަވާލެވޭނީ މި އެޔަރޕޯޓަށް ފުރަތަމަ އަންނަ ފްލައިޓްގައި މި އެޔަރޕޯޓުގެ ބާނީ ރައީސް ޔާމީން ވަޑައިގެންދެއްވާށޭއެވެ. ރައީސް ޔާމީނަށް އިރާދަކުރެއްވިއްޔާ ވޯޓުން ހެޔޮ ބަދަލެއް ދޭނަމުއެވެ.

  3. ބޭބެ

    ސާބަހޭ ރައިސް ޔާމީން!! މިއިން ޒަމާނަކު އަޅުގަނޑުމެން ނުދެކޭހާ ތަރައްގީ މިފަސް އަހަރު ގެނަސްދީފި!!! އިތުރު ފަސް އަހަރުގެ ދައުރަކަށް ހޮވިއްޖިއްޔާ މިގައުމު މުޅިން އާ ހިސާބަކަށް ތަރައްގީގެ މަގުގައި ގެނަސްދޭނެކަމާ މެދު ޝައްކެތް ނެތް!!! 1 ✔️ 2 ❌

  4. ޓެސްޓް

    އޭ.. ޓެސްޓު ފުލައިޓުން ރަށަށް ދާން ބޭނުން.. ޓިކެޓު ނަގަން ގުޅާނެ ނަންބަރެއް ބުނެބަލަ ކޮންމެސް މީހަކު.

  5. ވާރޭ

    ދެން އަތްޖަހާ

  6. އައިމިނަ

    ރައީސް ޔާމީން ، މެމްބަރު ނަޝީދު ، މެމްބަރު ޣަފޫރު މި ޓެސްޓް ފްލައިޓްގައި ވަޑައިގެންދެއްވާ! ޕްލީޒް

  7. އައްޔު

    ރައީސް ނަޝީދު ވައުދުވީ އެވައުދު ފުއްދަވައިދެއްވީ ރައީސް ޔާމީން އެހެންވެ ރައީސް ޔާމީން ވަރެއްނެތޭ މިބުނަނީ

  8. ޢަލީ

    ސާބަހޭ ރައީސް ޔާމީން. އެންމެންގެވޯޓް ރައީސް ޔާމީނަށް ދެއްވާ، ތަރައްޤީ ޔަޤީން.

  9. ބެލް

    ސާބަސް ތިކުރާ ހިތްވަރަށް... އެއަރޕޯޓްގެ ޓަރމިނަލް އެއް ނެތި ފްލައިޓްޖައްސާ ފައިބާ އެންމެން ގޮސް ވަންނަންވީ ވަލަށް..ނޫނީ ގޮސް އެރެންވީ ކުޅިއަށް.. މޮޅު ވައުދެއް.. ޝުކުރިއްޔާ ޔާމީން... ތިގޮތަށް މިރަށަށް ތިކުރި މަލާމާތަށް ރައްދުދޭނީ ވޯޓުން

    • Anonymous

      ކީއްތަ ވާނި ލިބޭ މިންވަރަށް ޝުކުރު ކުރިއްޔާ؟
      ދުވަހަކު ނުފުދޭނެ މިއެއްޗެހީގެ ހިތް!

    • ހިރާސް

      އިންތިޙާބުގެކުރިން ޓެސްޓް ފްލައިޓް ޖައްސާވާހަކަ އެއޮތީ.. ރީނދޫކެވުނީމަ ވާގޮތްތި. ހަޖަމްކުރަން އުނދަގޫވާނެ. ދެންލަލަލަލ

  10. ޒަކީބެ

    ރަންވޭގެ މަސައްކަތް އެ ނިންމާލީ! ދެން އޮންނާނީ ތިޔަބުނާ މަސައްކަތްތައް! އެކަން އެހުރީ ބަޖެޓް ހަމަޖެހި ޕްލޭންތައް ނިމި މަސައްކަތްތައްވެސް ހަވާލުކޮށްފަ! އުފާކުރަންވީމަވެސް މަލާމާތް! މަދު ދިވެހިންގެ ފެންވަރު

  11. Mahsala

    sustainable development
    noun
    economic development that is conducted without depletion of natural resources.