ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް މުހައްމަދު ލަމާން އައްޔަންކޮށްފިއެވެ.

ލަމްއާން މި މަގާމަށް އައްޔަން ކުރައްވާފައިވާކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ލަމްއާން މީގެކުރިން ހުންނެވީ ފެނަކައިގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައެވެ. އަދި މީގެކުރިން އޭނާ ވަނީ ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުައްވާފައެވެ.

ފެނަކައިގެ އެމްޑީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ. ޝަރީފް އަކީ އިލެކްޝަންސް ކޮމިޝަންގެ މިހާރުގެ ރައީސްއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަޖްވާ

    ތެއްލި ފަތް ފިސާރި ރަނގަޅަށް ކައި އުޅޭ މީހެއް ކަމަށް ޤަބޫލު ކުރެވޭ!

  2. އާދަމްބެ

    ފެނަކަ މވައްޒަފުންގެ މުސާރަ ބޮޑުކުރަން ކިޔާތާ 4 އަހަރު ވީ. ލައްމާނު ފެނަކަޔާ ތި ހަވާލުވީ 2 ވަނަ ފަހަރަށް. ތިމަރަ ށަރީފްވެސްބުނި މުސާރަ ބޮޑުކޮށްދޭނަމޭ. އެަކމު އޭނާ ބޮޑު މުސާރަޔާއެކު އިލެކްށަން ކޮމިސަނަރު ކަމަށް ބަދަލުވީ. މީގެ ހިތި މި އިންތިހާބުގައި ފެންނާނެ.

    ސްޓެލްކޯ، އެމްދަބްލިޔުއެސްސި އާ ބަލާއިރު ފެނަކައިގެ މުސާރަ ހާދަ ކުޑައޭ. ގިނަ މުވައްޒަފުްނަށް 6000 ރުފިޔާ ލިބެނީ. 24 ގަޑި އިރު ޑިޔުޓީ މަރައިގެން.

  3. ޝަކޫރު

    ރައީސް ޔާމީންގެ ދެވަނ ދައުރުގައި ތިކަންވެސް ރަގަޅުކޮށްލާނެ1! ފުރަތަމ ދައުރުގައި ރާއްޖެއަށް އާމުދަނީ ލިބޭނޭ މަގުތައް އެ ކޮށީ! ދެން ނުކުންނާނީ ފައިދާ އިންޝާއަﷲ!

  4. ޙައްވަ

    ތިހަމަ ޗޮކުންދާނީ. ✌️ ޔަޤީން މިހާރު މާބޮޑަށްވެސް.